• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ތޮށަލި ދުޅަ

ތޮށަލި ދުޅަ


3007113

ދުނިޔެ ދުވަނީ ތޮށަލި ދުޅައަށޭ ބުނާ އަޑު އެހީމު ހެއްޔެވެ؟
އެއް ފަހަރު އުފާވެރިކަމެއް ރޯދި ކުރެއްވިއްޔާ، ޖެހިގެން އަންނަ ސިކުންތުކޮޅުގައި ބުނެދޭން ދަތި ހިތާމައަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ދުނިޔެއަކީ ބޮޑު އިމްތިހާނެކޭ ބުނަނީ އެހެންވެއެވެ. ހިތާމައެއް ދިމާވުމުން ކެތްތެރިވާން އެނގޭތޯ ބަލަނީ އެހެންވެއެވެ. އުފާވެރިކަމެއް ލިބުމުން ޝުކުރު އަދާކުރަން ޖެހެނީ އެހެންވެއެވެ. ނަމަވެސް ގިނަފަހަރު ހަވާ ނަފްސުގެ އެދުންތަކަށް ހިތް ލެނބިގެން ގޮސް މިއިން އެއްވެސް ކަމެއް ހަނދާނުގައި ނުހުންނަ ކަހަލައެވެ. ވަގުތު ފާއިތުވުމުން ޝަކުވާގެ ބަސްތާ އޮއްސާލާނެއެވެ. ޒިންމާ އެކި ފަރާތް ފަރާތަށް އުކަމުން ގޮސް ނަތީޖާ ލިބޭ އިރު އޮންނާނީ ހަމަ ތިމާގެ އަމިއްލަ ކުށަށް އެކަން ވެފައެވެ. ދެންވެސް ތައުބާ ވާކަށް ހިތަކަށް ނާރާނެއެވެ. ދެން ވެސް ހަމަ ހިނގޭނީ އެ މަގުންނެވެ. ކިތަންމެ ބޮނޑިއެއް ބުޔަސް، ކިތަންމެ އިމްތިހާންތަކެއް ކުރިމަތިކުރުވިޔަސް، އެމީހެއްގެ ކިބައިގައި އެފަދަ އިޚްލާސްތެރިކަމެއް ނެތީސް ކާމިޔާބުވާނީ ކިހިނެތް ހެއްޔެވެ؟
މިއީ ދުނިޔޭގެ އާދަ ކަމުގައި ވިޔަސް، މިކަން އަހަރެންނަށް ދަސްކުރީ ދުނިޔޭގެ އުނގުގައި އޮވެގެންނެތް ނޫނެވެ. އަހަރެންނަށް މި ފިލާވަޅު ނަގާދިނީ، އަހަރެންގެ އަމިއްލަ ދިރިއުޅުމެވެ. މިކަމާ އެންމެ ހިތާމަކުރެވެނީވެސް އެ ސަބަބާ ހުރެއެވެ.
އުމުރުން ސަތާރަ އަހަރުގައި އަހަރެންނާ ދިމާވީ ވަރަށް ބުއްދިވެރި ރަހުމަތްތެރިޔަކާއެވެ. އޭނާ އަކީ މާ ބޮޑު ކަމެއް ނުކޮށް ރުފިޔާ ހޯދަން ކުޅަދާނަ މީހެކެެވެ. ފަގީރު އާއިލާއަކުން ނިރުފަޅާފައިވުމާއެކު ފެނުނު މި ރޯއްޖަށް އަހަރެންގެ އިންސައްތަ ސަމާލުކަން ދެވިއްޖެއެވެ. ސަތާރަ އަހަރުގައި ރަނގަޅު ނުބައެއް ވިސްނޭ ވަރަށް ވުރެ ދުނިޔޭގެ އެދުން ބޮޑެވެ. ފައިސާއަށް އޮތް ދަހިވެތިކަން ބޮލަށް ސަވާރުވީ ވިސްނާވެސް ނުލާ ހުއްޓައެވެ. އަހަރެން އޭނާގެ މި މަސައްކަތާއި އެއްބައިވާން ގަސްތުކުރީމެވެ. މަޤާމަކީ ޑީލަރެއްގެ މަޤާމެވެ. މަސްތުވާތަކެތި އެކި މީސްމީހުންނަށް ފޯރުކޮށްދޭންވީއެވެ. ބޯކަށް ނުޖެހެއެވެ. ތަޖުރިބާކުރުން މަޖުބޫރެއް ނޫނެވެ. ލިބެންވީ ފަރާތަށް އެ ލިބުމުން އަހަރެންގެ ޒިންމާ އަދާކުރެވުނީއެވެ. އެހާވެސް ފަސޭހަ ކަމެކެވެ.
މި ވިޔަފާރީގައި މަސްދުވަސް ހޭޭދަކުރެވުނު އިރު ކުރިން އުޅުނު ނިކަމެތި ހާލުން މިންޖުވެއްޖައީމެވެ. އަތުގައި އެއްވެފައި ހުރި ފައިސާކޮޅުން އާ ދިރިއުޅުމެއް ފަށަން ސިކުނޑި ނަސޭހަތް ދެމުން ދިޔައެވެ. ނަމަވެސް އިންސާނުންގެ ހިތަކީ ފުރޭ އެއްޗެއް ނޫނެވެ. މިއަދަ ފަސް ރުފިޔާ ލިބިއްޖެއްޔާ މާދަން ދިހަ ރުފިޔާ ބޭނުންވާނެއެވެ. އަހަރެންނަށް ވެސް ވީ އެހެންނެވެ. ނުބައި ކަމަކުން ލިބުނު ފައިސާ ރަނގަޅު ކަމަކަށް ބޭނުން ކުރެވެން އޮތެވެ. ނަމަވެސް އެއްފަހަރު ވެސް ރަނގަޅު މަގުން ކައްސާލައިފި މީހަކަށް، ދެވަނަ ފަހަރަށް އެމަގަށް އެރުމީ ކިހާ އުނދަގޫ ކަމެއްކަން އިނގޭނެއެވެ. މިހާރު މި ހަގީގަތް ހިތުން ގަބޫލުކޮށް، އެންމެ ފުން މިނުން ދަސްކޮށްގެން ހުއްޓަސް، އޭރު ރޭކާވެސް ނުލައެވެ.
ހަމަ ވިސްނުން ރޯދި ކުރެވުނު އިރު އަހަރެން އިނީ ދަގަނޑު ތޭރި ތަކުގެ ފުރަގަހުގައި ބަންދުކުރެވިފައެވެ. ތިމާ ކަނޑާ ކަނޑުލެއްގެ ހިތި ފިލުވަން ޖެހޭނީ ތިމާއެވެ. އަހަރެންގެ އެކުވެރިޔާ މި މައްސަލާގައި ހައްޔަރުވި މީހުން ތެރޭގައެއް ނުހިމެނެއެވެ. ނަމަވެސް އަހަރެން މި މަގަށް އަޅުވާލަދިން މޭސްތިރިއަކީ އެ އީއެވެ. މިކަމުގެ ހުރިހާ އުކުޅެއް އުނގަންނައިދިން އެދުރަކީ އެއީއެވެ. އެހެނަސް ބޮނޑި ލިބުނު ދުވަހު ފަސް އެނބުރި ބަލާވެސް ނުލާ އެކުވެރިޔާ ބެޗީއެވެ. މިވަރުންވެސް ރަނގަޅު ފިލާވަޅެއް ދަސްވިނަމަ ރަނގަޅެވެ.
އަނދިރި ދުވަސްތަކަކަށްފަހު އަހަރެން އިންނަން ޖެހުނު ކުޑަ ގޮޅިކޮޅަށް އަލިކަމެއް ލިބުނީ މިނިވަން ކުރަން ހުޅުވާލި ދޮރުންނެވެ. އިންތިޚާބުގައި އިދިކޮޅު ފަރާތް ކާމިޔާބުވުމުން ކުރި ވަޢުދެއް ފުއްދުމަށްޓަކައި ދޫކުރެވުނު މުޖްރިމުންގެ ތެރޭ އަހަރެންވެސް ހިމެނުނީއެވެ. ޖަލުގެ ދޮރުމަތިން ގިރާކޮށްލަން އެޅި ފިޔަވަޅުމަތީ ހުރެ ދިރިއުޅުން ސަހަލު ކުރަން އެތައް ހުވާތަކެއް އަމިއްލަ ނަފްސާއި ކުރީމެވެ. ފަރުޟު ފަސްނަމާދު ޖަލުގައި ހުރެ ކުރި ގޮތަށް މިނިވަން ހާލުވެސް ކުރާނަމޭ ބުނީމެވެ. ގޯސް އަމަލުތަކަށް ނަމަ ނަމަ މަ ވާ ސަލާމޭ ކިޔާ ތައުބާވީމެވެ. ނަމަވެސް އޭރު ތައުބާގެ މާނަ ވެސް ރަނގަޅަށް އެނގޭ ހެން ހިޔެއްް ނުވެއެވެ. އިނގޭ ނަމަ ދެވަނަ ފަހަރަށް އެ ތޭރި ތަކުގެ ތެރެއަށް ވަންނަން ޖެހޭވަރުގެ ކަމެއް ނުކުރީހެވެ.
ދެހާސް އަށާރަވަނަ އަހަރުގެ އިރު އުދަރެހަށް އަލިކޮށްލި އިރު އަހަރެންނަކީ މީހެއްގެ ފިރިއެކެވެ. ލޯބިވާ ދެކުދިންގެ ބައްޕައެވެ. ދިރިއުޅުން ދެން އެކަހަލަ ގޮތެކެވެ. ބައެއް ދުވަސް ދުވަހު ސުފުރާ މަތި އެހާމެ ތިޔާއްގެވެ. އަނެއްބައި ދުވސް ދުވަހު އަނގަޔާއި އަތާ ދިމާނުވެއެވެ. ވަކި ހިސާބަކަށް ޝުކުރުވެރިވުން މަތީ ދެމިހުރީމެވެ. ނަމަވެސް އެގޮތުގައި މާ ގިނަ ދުވަހު ހުރެވޭ ގޮތް ނުވީއެވެ.
މިކަމުގައި ކުށްވެރި ކުރަންވީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެންމެ ބުއްދިވެރީ އަމިއްލަ ނަފްސު ކުށުގެ ޒިންމާ އުފުލާ މިކަމަށް އެއްބަސް ވުމެވެ. ނަމަވެސް މުޖުތަމައު މިކަމުގައި ކުޅޭ ރޯލު ވަކި ކުޑަހެއްޔެވެ؟ ދަރިންނަށް ކިޔަވައިދޭން ބޭނުންވެއެވެ. އެހެނަސް އެކަމަށް ދާ ޚާރަދުތައް ކުރެވޭހާ ހިތްވަރެއް ނުހުރެއެވެ. ރެއާ ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅު އެއް ދުވަސްތެރޭ ޚަލާސްވާ ދުވަސްތައްވެސް އާދެއެވެ. ކުއްޔާއި، ޒަރޫރީ ބޭނުންތަކުގައި ޖަހާފައިވާ އަގު ބޯޑު މާ މަތީއެވެ. އަހަރެމެން ކަހަލަ ނިކަމެތިންގެ ވިސްނުންވެސް އެހާ ހިސާބަށް ނުދާނެކަން ޔަގީނެވެ. އެހެންކަމުން، ދިރިއުޅުން ރަނގަޅު ކުރުމަށް ހެޔޮ ގޮތުގައި މަސައްކަތް ކޮށްގެން ގޮތެއް ނުފެނުމުން ދެން ނީމީ ވާއަތު މަގު އިޚްތިޔާރުކުރާށެވެ. މި ކޮނެވެނީ އަމިއްލަ ކަށްވަޅު ކަމެއް އޭރު އަހަރެންނަކަށް ނޭނގެއެވެ.
advertisment
މިފަހަރު ހުރިހާ ރޭވުމެއް ރޭވީ އަހަރެންނެވެ. އަހަރެންކަހަލަ ގަމާރު ދެތިން އެކުވެރިންނާއެކުއެވެ. ޕްލޭނަކީ މާލޭގެ ނަން ހިނގާ މުއްސަންޖެއްގެ ކުޑަ ކުޑަ ދަރިފުޅު ރަހީނުކުރުމެވެ. ސުކޫލުން ނިކުންނަ ވަގުތު ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގެނެސް އެއްވެސް އަނިޔާއެއް ނުދީ ބައިންދާނީއެވެ. ރުފިޔާގެ ގޮތުފައި ލިބޭ ފައިސާ އެންމެންނަށް ހަމަހަމައަށް ބަހާލާނީއެވެ. ރާވަމުން ދިޔައިރު މީގައި ފޫ ނުބެދޭ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކުޑަކުއްޖާއަށް ގެއްލުމެއްް ނުދެވެއެވެ. ރުފިޔާ މި ނަގަނީ އެތައް ބަޔެއްގެ ރުފިޔާ ކައިފައި ހުރި މީހެއްގެ އަތުންނެވެ. އެހެންކަމުން އެކަމުގެ ސަބަބުން ހިތަށް އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ވެރިވާ ގޮތެއް ނުވެއެވެ.
ފާޑު ފާޑުގެ ހިންދީ ފިލްމުތައް ބަލައިގެން އަންނަ މިފަދަ މޮޅެތި ޚިޔާލުތައް ބޭނުން ކުރެވެން ނޯންނަނީ، އެ ބަލާ ފިލްމުތަކުންވެސް ކޮންމެވެސް ހީރޯ އެއް އައިސް ހާލަތު ބަދަލުކޮށްލާތަން ފެންނާތީއެވެ. އަހަރެންގެ ވާހަކައިގައި ހަތުރަކީ އަހަރެންނެވެ. ފުލުހުންވީ އަހަރެންގެ މި ޕްލޭން ރޫޅާލި މީހުންނަށެވެ.
ބާރުގަދަ މީހަކާއި ކުޅެލަން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ހިއްޗެވެ. ވިހި އަހަރު ދުވަހަށް އަހަރެން ޖަލަށް ލެވުނީއެވެ. ލޯބިވާ ދެ ދަރިންނާއި އަނބިމީހާ އާއި ދުރަށެވެ. އޭނާގެ ލޮލުގައި މިހާރު އަހަރެންނަށް ލޯބީގެ ކަންފުޅެއްވެސް ހުރެފިއްޔާ ރަނގަޅެވެ. ނަމަވެސް އެއީ ވަރަށް ނާދިރުކަމެކެވެ. ކައިވެނީގެ ކުރިން ލައްކަ އަނދުނެއް އެޅުވީމެވެ. ލައްކަ ތަރިއެެއްް އެ އުނގަށް ބާލަދިނީމެވެ. އަޅަިއިދިން ގަނޑުވަރުގެ ބަދަލުގައި އުޅެން ޖެހުނީ ދެ ފޫޓު ހަމަ ނުވާ އަލިފާން ފޮއްޓެއްގައެވެ. ހޯދަ ދޭނަމޭ ބުނި އަދަދު ނުކުރެވޭހާ އުފަލުގެ ބަދަލުގައި ހަދިޔާ މި ކުރެވުނީ އުމުރު ދުވަހުގެ ހިތާމައާއި އުނދަގުލެވެ. ދެ ދަރިން އެކަނިމާއެކަނި ބަލަން އެ ފަކީރު ދޫކޮށްލަން ޖެހުނީއެވެ. އެ ކުޑަކުދިންގެ ހިތުގައި އަހަރެންނާ މެދު އަށަގަންނާނީ ކޮންފަދަ ނުބައި އިހުސާސުތަކެއް ބާވައެވެ؟ އެމީހުން އަހަރެންގެ މޫނުވެސް ހަނދާން ހުރިއްޔާ ރަނގަޅެވެ. އަހަރެންނަކީ ހަނދާން އާ ކުރަން މާ ރަނގަޅު މީހެއް ނޫނިއްޔާއެވެ.
އަހަރެންނަށް ހެޔޮ މަގަށް އަޅަން އެތަކެއް ފުރުސަތެއް ލިބުނެވެ. ތައުބާވާނެ އެތަކެއް ދޮރުތަކެއް ހުޅުވާލަދިނެވެ. ޝުކުރު އަދާކުރާނެ އެތަކެއް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އަހަރެން ގަސްތުކުރީ މި ފަނާކުރަނިވި ދުނިޔޭގެ ފަނާވަނިވި މަގެވެ. ދެން ޖެހޭނީ އެކަނިވެރިޔެއްގެ ހާލު، މި މަގުގައި އޮވެ ނިމިދާށެވެ.
ދިރިއުޅުމަށް އަހަރެން ދުށް ހުވަފެނަކީ މިއީ ހެއްޔެވެ؟ ނަމަވެސް މީހުން ބުނާތީ އަޑުއަހަމު ނޫންހެއްޔެވެ؟ ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށެވެ.
*** ނިމުނީ ***
ކެޓެގަރީ: ކުރުވާހަކަ އިބުރަތްތެރި ވާހަކަ

3007

Mee hageegaiy

0.0

Mi vaahaka varah reethi. Ehaame iburaiytheri vaahakaeh. Ekamaku vahushy kanthah gan’deh nuhiganyaa mihaaru miulhey kudhinnakah vaahaka reechcheh nuvaane.

2 days ago

???

0.0

Not interesting at all

2 weeks ago

?

0.0

Its not nice ???

4 months ago

ށާޔޫ

0.0

ވަރަހަ ރިވެތި

5 months ago

Anonymous

0.0

Kada

2

7 months ago

Azu

0.0

V iburaiytheri reethi vaahakaeh

4

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles