• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ ލޭޑީ ގާގާގެ އާ އަލްބަމް އަންނަ މަހުގެ 10 ގައި

ލޭޑީ ގާގާގެ އާ އަލްބަމް އަންނަ މަހުގެ 10 ގައި


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ އާ އަލްބަމް “ކްރޮމޭޓިކާ” އަންނަ މަހުގެ 10 ގައި ރިލީޒްކުރަން ނިންމައި، އޭގެ ލަވައެއް ވީޑިއޯއާ އެކު ދައްކާލައިފި އެވެ.

އޭނާގެ ހަ ވަނަ އަލްބަމްގެ ލަވަތަކުގެ ތެރެއިން ނެރުނު ފުރަތަމަ ލަވަ އަކީ “ސްޓްޕިޑް ލަވް” އެވެ. ނަމަވެސް “ކްރޮމޭޓިކާ” ކިތައް ލަވަ ހިމެނޭނެ ކަމެއް އަދި ނޭނގެ އެވެ. މި އަލްބަމް ނެރެނީ ސްޓްރީމްލައިނާއި އިންޓަސްކޯޕް ރިކޯޑްސްއާ ގުޅިގެންނެވެ.

އަލްބަމް ނެރުމުގެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، އޭގެ ޕްރޮމޯޝަނަށް ކްރޮމޭޓިކާ ބޯލް ޓުއާގެ ނަމުގައި ހަ ކޮންސަޓެއް ހިމެނޭ ޓުއާއެއް ވެސް ޖުލައި މަހު ފަށަން ވަނީ ނިންމައިފަ އެވެ. ޖުލައި 24 ގައި ފްރާންސުން ފަށާ ޓުއާ ނިންމައިލާނީ އޮގަސްޓް 19 ގައި އެމެރިކާ އިންނެވެ.

“STUPID LOVE”THE NEW SINGLE & MUSIC VIDEOOUT NOW: https://t.co/hLtxNCiuJw#StupidLove #ShotOniPhone pic.twitter.com/QLF3Cx1mcw— Lady Gaga (@ladygaga) February 28, 2020

މީގެ ދެ އަހަރު ކުރިން ކުރި ކާމިޔާބު ފިލްމު “އަ ސްޓާ އިޒް ބޯން” ގެ ބަތަލާގެ ރޯލް ކުޅެގެން އެންމެ މޮޅު ބަތަލާގެ އޮސްކާ އަށް ވެސް ނޮމިނޭޓްވި 33 އަހަރުގެ ލަވަކިޔުންތެރިޔާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ “ޖޮއާން” އެވެ.

LADY GAGA THE #CHROMATICA BALLhttps://t.co/cnEmbkpU7j pic.twitter.com/2GkMRHWfni— Lady Gaga (@ladygaga) March 5, 2020

މިހާތަނަށް 11 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ގާގާ އެންމެ ފުރަތަމަ އަލްބަމެއް ނެރުނީ 2008 ގަ އެވެ. އެއީ “ދަ ފޭމް” އެވެ.





Source link

Leave a Reply

Related Articles