• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ލޮނުމެދު – ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

ލޮނުމެދު – ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިންލޮނުމެދަކީ ކެންސަރާއި، ހިތުގެ ބައްޔާއި ހަކުރު ބަލި ޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ސައިންސްވެރިން ލޮނުމެދާ ބެހޭ ގޮތުން މި ނިންމުން ނިންމާފައިވަނީ ލޮނުމެދުގެ ސިއްހީ ފައިދާތަކާ ބެހޭ ގޮތުން މިހާތަނަށް ލިޔެވިފައިވާ ލިޔުންތަކާއި ކުރެވިފައިވާ ދިރާސާތައް ތަފްސީލީ ގޮތެއްގައި މުރާޖައާ ކުރުމަށް ސައިންސްވެރިންގެ ޓީމަކުން ކުރި މަސައްކަތައް ފަހުގައެވެ.
ލޮނުމެދަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިންވެސް ތަފާތު ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އައި އެއްޗެއް ކަން ތާރީޚީ ލިޔުންތަކުން ހެކި ދެއެވެ.
ސަގާފީ ބޭސްވެރިކަމުގައި ލޮނުމެދު ބޭނުން ކުރަމުން އައި ނަމަވެސް، މިދިރާސާ ކުރިއަށް ގެންދިޔަ ނޮޓިންހަމް ޔުނިވަރސިޓީގެ ސައިންސްވެރިން ބުނެފައިވަނީ ލޮނުމެދުގެ ފައިދާތައް ހަށިގަނޑަށް ސިއްހީ ގޮތުން ލިބުން ބިނާވާނީ ކެއުމަށް ލޮނުމެދު ތައްޔާރު ކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް މިދިރާސާ ކުރި ޓީމުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ޑރ.ޕީޓަރ ރޯސް ބުނެފައިވަނީ ލޮނުމެދުގެ ފައިދާ ހަށިގަނޑަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރާނީ ކޮން ގޮތަކަށް ތައްޔާރު ކޮށްގެން ކަން އަދި އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އޭގެ މާނައަކީ ލޮނުމެދުގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ ރޮލަށް ލޮނުމެދު ކައިގެން ކަމެއް ނުވަތަ ގާލިކް ބްރެޑް ފަދަ ތަކެތީގައި ބޭނުން ކުރާ ގޮތައް ލޮނުމެދު ބޭނުން ކޮށްގެން ކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
ދިރާސާތަކުން ސާފުވާ ގޮތުގައި ލޮނުމެދުގެ ސަބަބުން އިންސާނުންގެ ލޭގެ ޕްރެޝަރ ދައްކޮށްދެއެވެ. އަދި ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރާ މާއްދާތައް ލޮނުމެދުގައި އެކުލެވެއެވެ. މި ގޮތުން ލޮނުމެދުގައި އެކުލެވޭ ސަލްފަރ މާއްދާތައް ފާހަގަ ކުރެވެއެވެ.
ލޮނުމެދުގެ ފައިދާތަކާ ބެހޭ ގޮތުން ޑރ. ޑރ. ރޯސް، “ޓްރެންޑްސް އިން ފާމަކޮލޮޖިކަލް ސައިންސަސް” ގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ، ލޮނުމެދުން ގިނަ ސިއްހީ ފައިދާތަކެއް އިންސާނުންނަށް ލިބޭ ކަމަށް ބެލެވުނު ނަމަވެސް، އެއީ ހުރިހާ ބައްޔަކަށް އޮތް ފަރުވާ އެއް ކަމަށް ދެކިގެން ނުވާނެ ކަމުގައެވެ.
ލޮނުމެދު އެންމެ ފުރަތަމަ ފެނިފައިވަނީ އޭޝިޔާގެ މެދުތެރޭ ސަރަހައްދަކުންނެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި މީގެ އަށް ހާސް އަހަރު ކުރިންވެސް އިންސާނުންނަށް ޖެހޭ ތަފާތު ބަލިތަކުގެ ފަރުވާ އެއްގެ ގޮތުގައި ލޮނުމެދު ބޭނުން ކޮށްފައިވެއެވެ.
އިހުޒަމާނުގެ މިސްރާއި، ގްރީކް އާއި ރޯމަނުންގެ ތެރޭގައިވެސް އެކި އެކި ބަލިބަލީގެ ފަރުވާ އަށް ލޮނުމެދު ބޭނުން ކޮށްފައިވެއެވެ.
އިންސާނުންގެ ބަލިތަކަށް ފަރުވާ ކުރުމުގެ އިތުރުން ބައެއް ޖަނަވާރުންނަށް ޖެހޭ ބަލިތަކަށްވެސް ލޮނުމެދު ބޭނުން ކޮށްފައިވެއެވެ.Source link

Leave a Reply

Related Articles