• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ސައޫދީން ޝާހީ އާއިލާގެ އިތުރު 20 މެންބަރުން އަނެއްކާވެސް ހައްޔަރުކޮށްފި

ސައޫދީން ޝާހީ އާއިލާގެ އިތުރު 20 މެންބަރުން އަނެއްކާވެސް ހައްޔަރުކޮށްފިރިޔާޒް (8 މާޗް 2020) : ސަޢޫދީ ސަލާމަތީ ބާރުތަކުން އެގައުމުގެ ޝާހީ ޢާއިލާގެ އިތުރު 20 މެންބަރުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ސައޫދީ އާއި ގަލްފުގެ ގިނަ ޚަބަރުތަކެއް ގެނަސްދޭ މަޝްހޫރު ސައިޓެއް ކަމަށްވާ “މިޑްލް އީސްޓް އައި” ބުނާގޮތުން މި 20 ބޭފުޅުން ހައްޔަރުކުރީ މިދިޔަ ހުކުރުދުވހު ހައްޔަރުކުރި ޝާހީ ޢާއިލާގެ އިސް ތިންމެންބަރުންގެ އިތުރުންނެވެ. މި 20 ބޭފުޅުން ހައްޔަރުކުރިކަން ސައޫދީ ސަލާމަތީ ބާރުތަކުގެ އިސް ވެރިއެއްކަމަށްވާ ނާޔިފް ބިން އަހްމަދު ބިން އަބްދުލްޢަޒީޒު ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް”މިޑްލް އީސްޓް އައި” ބުނެއެވެ. މިދިޔަ ހުކުރުދުވަހު ސަޢޫދީ ސަލާމަތީ ބާރުތަކުން ހައްޔަރުކުރީ ޝާހީ އާއިލާގެ އިސް ތިން ބޭފުޅުންނަކީ ސަލްމާން ރަސްގެފާނުގެ އެއްބަފާކޮއްކޯފުޅު އަޙްމަދު ބިން އަބްދުލްޢަޒީޒް އާއި ކުރީގެ ވަލީއުލްޢަހްދު އަދި ކުރީގެ ދާޚިލީ ވަޒީރު މުޙައްމަދު ބިން ނާޔިފް އާއި ނާޔިފްގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު ކަމަށް އެމެރިކާގެ މަޝްހޫރު ދެ ނޫސްކަމަށްވާ ނިއުޔޯކް ޓައިމްސްއާއި ވޯލްސްޓްރީޓް ޖާނަލް އިން ކަށަވަރުކޮށްދީފައިވެއެވެ. މި ހައްޔަރުކުރުންތަކާބެހޭގޮތުން ސަޢޫދީ ސަރުކާރުން އެއްޗެއް ބުނެފައިނުވާތީ އެކި ފަރާތްތަކުން ގެންދަނީ މިކަން އެކިގޮތްގޮތަށް ސިފަކުރަމުންނެވެ. މި ހުރިހާ ބޭފުޅުންވެސް ހައްޔަރުކުރީ ސައޫދީގެ ހަގިގީ ވެރިޔާ ގެ ގޮތުގައި ސިފަކުރެވޭ ނުފޫޒުގަދަ ވަލީއުލްޢަހްދު މުޙައްމަދު ބިން ސަލްމާންގެ ބާރާއި ނުފޫޒާ ދެކޮޅަށް ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ޝާހީ ޢާއިލާގެ ތެރެއިން އިންޤިލާބެއް ގެންނަން މަސައްކަތްކުރުމާއެކު ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަނީ މުޙައްމަދު ބިން ސަލްމާނުގެ ބާރާއި ނުފޫޒު ކަނޑުވާލުމުގެ އިންޤިލާބެއް ޝާހީ ޢާއިލާގެ ތެރެއިން އައުމަކީ މިވަގުތަށް ބަލާއިރު ވަރަށް ދުރުކަމެއް ކަމުގައެވެ. ޝާހީ އާއިލާގެ އިސް ބޭފުޅުން ހައްޔަރުކުރުމުގައި މުޙައްމަދު ބިން ސަލްމާނުގެ ބޭނުމަކީ އޭނާގެ މައްޗަށް ބަސްކިޔުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމާއި ބައްޕާފުޅު ސަލްމާން ރަސްގެފާނަށްފަހު ރަސްކަމަށް އިސްވެވަޑައިގަންނަވާނީ އޭނާކަން ޝާހީ އާއިލާގެ އިސް ބޭފުޅުންނާއި އެއަށްވުރެ ދަށުގެ ބޭފުޅުންނަށް ހަނދާންކޮށްދިނުން ކަމުގައެވެ. ސައޫދީ ޝާހީ އާއިލާގެ އިސް ބައެއް އަމީރުން ހުކުރުދުވަހު ހައްޔަރުކުރި ކުރީގެ ވަލީއުލްޢަހްދު މުޙައްމަދު ބިން ނާޔިފް އާއި އޭނާގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު ބއިތިއްބާފައިވަނީ ސަޢޫދީ ހަނަފަސް ސަހަރާ ބިމުގައިވާ ފޭލިގެއެއްގައި ކަމުގެ މަޢުލޫމާތު ވެސްވަނީ ފެތުރިފައެވެ. މިއީ ހަގީގަތެއްނަމަ މިކަންވެގެންދާނީ އެބޭފުޅުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނާތެއް ކަމުގައެވެ. ސަޢޫދީ ރަސްކަމުގެ ހުރިހާ ބާރުތަކެއް ވަލީއުލްޢަހްދު މުޙައްމަދު ބިން ސަލްމާންގެ އަތްޕުޅުގެ މައްޗަށް ޖަމާކުރަން އޭނާ ކުރައްވާ މަސައްކަތްތަކާ ގުޅިގެން ޝާހީ ޢާއިލާގެ އިސް ބައެއް އަމީރުންގެ ހިތް ހަމަޖެހިވަޑައިނުގަތުމާއި ނުރުން ވަރަށް ބޮޑަށް އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން ސަޢޫދީ ރަސްކަން ލީޑުކުރުމުގެ ޤާބިލްކަން މުޙައްމަދު ބިން ސަލްމާނުގެ ކިބާގައި…Source link

Leave a Reply

Related Articles