• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ސިންދްބާދް – 29

ސިންދްބާދް – 29


150339

ކުރީގެ ޢަދަދުތައް ▼

ސިންދްބާދް – 1

ސިންދްބާދް – 2

ސިންދްބާދް – 3

ސިންދްބާދް – 4

ސިންދްބާދް – 5

ސިންދްބާދް – 6

ސިންދްބާދް – 7

ސިންދްބާދް – 8

ސިންދްބާދް – 9

ސިންދްބާދް – 10

ސިންދްބާދް – 11

ސިންދްބާދް – 12

ސިންދްބާދް – 13

ސިންދްބާދް – 14

ސިންދްބާދް – 15

ސިންދްބާދް – 16

ސިންދްބާދް – 17

ސިންދްބާދް – 18

ސިންދްބާދް – 19

ސިންދްބާދް – 20

ސިންދްބާދް – 21

ސިންދްބާދް – 22

ސިންދްބާދް – 23

ސިންދްބާދް – 24

ސިންދްބާދް – 25

ސިންދްބާދް – 26

ސިންދްބާދް – 27

ސިންދްބާދް – 28

ސިންދްބާދް – 29

ސިންދްބާދް – 30

ސިންދްބާދް – 31

ސިންދްބާދް – 32

ސިންދްބާދް – 33

ސިންދްބާދް – 34

ސިންދްބާދް – 35

ސިންދްބާދް – 36

ސިންދްބާދް – 37

ސިންދްބާދް – 38

ސިންދްބާދް – 39

ސިންދްބާދް – 40

ސިންދްބާދް – 41

ސިންދްބާދް – 42

ސިންދްބާދް – 43

ސިންދްބާދް – 44

ސިންދްބާދް – 45

ސިންދްބާދް – 46

ސިންދްބާދް – 47

ސިންދްބާދް – 48

ސިންދްބާދް – 49

ސިންދްބާދް – 50

އަސްގާޑިޔަލުގައި ފެށި ދަތުރުން ރޫމޭނިޔާގެ ރީތިކަން ފެނިގެންދިޔައެވެ. ފެހިކަންގަދަ ރީތި ފަރުބަދަތަކާ ވާދީތަކެވެ. ހިތްގައިމު އެތައް ފެންކޯރުތަކަކާ ފެންއާރުތަކެވެ. ހުރިހާ އެންމެންވެސް ތިބީ ފޫހިކަމެއްނެތި ދަތުރުގެ ހިތްގައިމުކަމުގައެވެ. މެންދުރުފަހާ ޖެހެންދެން ދަތުރުކުރުމަށްފަހު ސިންދްބާދްގެ އަމުރަށް މެންދުރު ކެއުން ތައްޔާރުކުރަން ފަޅުވެރިން އުޅުނެވެ. އަރާމުކޮށްލުމަށް ސިންދްބާދްއާ ދެން ތިބި މީހުން ޖައްސާލައިގެން ތިއްބާ ސޭމް އެތާ ކައިރިން ގަސްކޮށާ އަލިފާންގަނޑު ރޯކުރުމަށް އުޅުނެވެ.
ސިންދްބާދް : ސޭމް. ތިހާ ބުރަކޮށް ނޫޅެ އައިސް މިތާ އިށީންދެބަލަ. ކަލޭގެ ސިކުނޑި އަހަރުންނަށް ވަރަށް މުހިންމުވާނެ
އަލީޖޯ : އެއީ ތެދެއް ތިޔަ ސިކުނޑި މިއަދު ފިހެލައިން ކާލެވޭނެ ތިވަރަށް ދަރު އެއްކުރަންޏާ
ރޯމަން : ހޫމް ހަމަ އެކަނި ސިކުނޑިއެއްނޫން މަސްވެސް ގިނައިން ކެވޭނެ
ސޭމް : މިހާރު ކަލޭމެން ތި ނިންމަނީ މަ ފިހެލާން ކާލަންތަ؟
އަލީޖޯ : އެހެން ކަމަށް. މަ ވަރަށް ބަނޑުހައި
ސިންދްބާދް : ހަމަ ގައިމުވެސް ސޭމްގެ މަހުން މިތާ ތިބި އެންމެންގެ ބަނޑު ފުރޭނެ
ސިންދްބާދް އެހެން ބުނުމުން އެންމެން އެއްފަހަރާ ހޭންފެށިއެވެ. ސޭމްވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ. މެންދުރުފަހުގެ ކެއުމަށް ކަނޑުމަހާ ކުކުޅު ފިހެލުމަށްފަހު އެންމެން ކައިބޮއެ ނިންމާލިއެވެ. އަދި ހަވީރުވުމުން އަނެއްކާވެސް ދަތުރުފެށިއެވެ. އިރުއޮއްސި އަނދިރިވުމުން ފުޅިބައްތީގެ އަލީގައި ދަތުރު ކުރިޔަށް ގެންދިޔައެވެ. މެންދަން އަތަށް އެޅުނުއިރު ފެންކޯރަކާ ހަމައަށް އާދެވުނެވެ. އެތަނުގައި އެރޭ ރޭކުރުމަށް އެންމެން ނިންމިއެވެ. އެރޭ ދަންފަޅި ބަހައިގެން އެންމެ ފުރުތަމަ ހޭލާތިބީ ސިންދްބާދްއާ ރޯމަންއެވެ. ބާކީ ތިބި މީހުން ތިބީ ގަދަނިދީގައެވެ. އުޑުމަތި ސާފު ތަރިގިނަ އެރޭގެ ރީތިކަމަށް ބަލަހައްޓައިގެން އިން ސިންދްބާދެގެ ކަންފަތުގައި ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ. ރޯމަންއަށް އިޝާރާތްކޮށްލާފައި ދެމީހުން ކަނޑި ދަމައިގަނެ ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. އެވަގުތު ފެނިގެން ދިޔައީ ކަޅު އަހެއް ހިފަހައްޓައިގެންހުރި ދުވަހަކުވެސް ނުދެކޭހާ ރީތި އަންހެނެކެވެ. ލޮލުގެ ކަޅި ފެހި ދޮންހަމަކާ ރަތް އިސްތަށިގަނޑެއް ލިބިފައިވާ އަންހެންމީހާ ސިންދްބާދްމެނަށް ހިނިތުންވެލިއެވެ.
އަންހެންމީހާ : ދަތުރުވެރިންދޯ؟
ސިންދްބާދް : ނޫނޭ މިނިކާމީހުން
އަންހެންމީހާ : (ހީލާފައި) ކޮންދިމާލަކަށް ތިޔަހުރީ ބަހައްޓާފައި
ސިންދްބާދް : އެއީ ސިއްރެއް. މިހާ ދަންވަރު ކޮންތާކަށް ތިޔަދަނީ
އަންހެންމީހާ : އަހަރެންގެ އަވަށަށް
ސިންދްބާދް : އެއީ ކޮން ހިސާބެއް؟
އަންހެންމީހާ : މާކަށް ދުރެއްނުވާނެ މިތަނަކާ
ސިންދްބާދް : ކޮން ނަމެއް އެ އަވަށަށް ކިޔަނީ
އަންހެންމީހާ : އީޑެން ވެއިލް
ސިންދްބާދް : (ކަނޑި އަންހެންމީހާއަށް ދިއްކޮށްފައި) ކަލޭ ކައިރީ ބުނަން ވާހަކައެއް. އީޑެން ވެއިލް ކިޔާ އަވަށެއް ޓްރާންސްލްވެނިޔާއަށްދާ މަގުމަތީއެއް ނޯންނާނެ ކަލޭ ތި ހަދަނީ ދޮގު ކަލޭތީ ކާކު؟
އަންހެންމީހާ : (ބިރުވެރި އަޑަކުން ހޭންފަށާފައި) ކަލޭ ވަރަށް ވިސްނުން ތޫނު. އެސްޓާއަށް އަހަރެން ކަލޭގެ ޙަބަރުދޭނަން
އަންހެންމީހާ ހެމުން ހެމުން ގޮސް އޭނާގެ އަސްލު ސޫރައަށް ބަދަލްވިއެވެ. މިހާރު އޭނާގެ ހަމުގެ ކުލައަކީ އަނދިރި ފެހިކުލައެވެ. މޫނުމަތީ ރޫވެސް ގިނައެވެ. ކަޅިވަނީ ރީނދޫވެފައެވެ. އިސްތަށިގަނޑުވަނީ ނުރައަށް ބަދަލްވެފައެވެ. އޭނާ ހިފަހައްޓައިގެން ހުރި އަސްވަނީ ފިހިގަނޑަކަށް ބަދަލްވެފައެވެ. ސިންދްބާދްއާ ރޯމަން އަންހެންމީހާއާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު އަންހެންމީހާ އަތުން އަލިފާން ބޯޅައެއް ފޮނުވާލިއެވެ. އަދި އަވަސް އަވަހަށް އަތުގައި އޮތް ފިހިގަނޑަށް އަރައި ނައްޓާލަން އުޅެނިކޮށް ރޯމަން ހޫރުވާލި ކަނޑި އައިސް އަންހެންމީހާގެ މެޔަށްވަނެވެ. އެވަގުތު އޭނާ ބިންމައްޗަށް ވެއްޓި ދެކޮޅަށް ތެޅެން ފަށާ ބިރުވެރި އަޑަކުން ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ނިދާފައި ތިބި އެންމެން ހޭލައި ހަތިޔާރުތައް ނަގައި ތައްޔާރުކުރިއެވެ. ސިންދްބާދްއާ ރޯމަން އަންހެންމީހާ ކައިރިއަށް ދިޔައެވެ. އަދި ސިންދްބާދްގެ ކަނޑި އަންހެންމީހާ ކަރުގައި ޖައްސާލިއެވެ.
ސިންދްބާދް : ބުނޭ. ކީއްކުރަން އެސްޓާ ކަލޭ ފޮނުވީ
އަންހެންމީހާ : (އަގައިން ލޭތައްފައިބާހާލު ކެއްސަމުން) ކަލޭމެން އެހިސާބަށް އަޔަނުދޭން
ސިންދްބާދް : ކީއްވެ؟
އަންހެންމީހާ : (ސިންދްބާދްއަށް އިނގިލި ދިއްކޮށްފައި) ކަލޭތީ މިދުނިޔެ ހަލާކުކުރާނެ މީހަކަށްވާނެތީ. ކަލޭގެ ހިތްވަނީ ދަހިވެތިކަމުން ފުރިފައި. ކަލޭގެ އެއްވެސް ރަހުމެއްވެސް ނުހުންނާނެ
ސިންދްބާދް : (އަންހެންމީހާ ކަރުތެރެޔަށް ކަނޑި ގަނބާލަމުން) ކަލޭ ކަހަލަ މީހުނަށް އަހަރެން އެއްވެސް ރަހުމެއް ނުބަހައްޓާނަން
އަންހެންމީހާ މަރާލުމަށްފަހު އޭނާގެ ބޯ ބުރިކޮށްލިއެވެ. އަދި އަސްގާޑިޔަލުގައި ބާއްވާފައި އޮތް ލޮންސިއަކަށް އެ ބޯ އަމުނާލުމަށްފަހު ބިންމަތީގައި ހަރުކުރިއެވެ. އެއަށްފަހު އަންހެންމީހާގެ ހަށިގަނޑު އަންދާލިއެވެ. އެއަށްފަހު އަންހެންމީހާގެ ފިހިގަނޑު ނަގަން ސޭމް ފޮނުވިއެވެ. ސޭމް ގޮސް އެ ފިހިގަނޑުގައި އަތްލުމުގެ ކުރިން އެ ފިހިގަނޑު އުޑުމައްޗަށް އެރިއެވެ. ސޭމް އުޑުމައްޗަށް ބަލާލި ހިނދު އެވަގުތު ސޭމްއަށް ފެނިގެންދިޔައީ ފިހިގަނޑުތަކެއް މަތީގައި އިށީންދެގެންތި އަންހެނުންތަކެކެވެ. ކޮންމެ އަންހެނަކުވެސް އިނީ ބޮޑު ކަޅު ކޯޓެއްލާފައި ކަޅު ބޮޑު ތޮތްޕެއް އަޅާފައެވެ. މައްޗަށްއެރި ފިހިގަނޑު ގޮސް އެމީހުންނާ އަރާ ހަމަވުމުން އެމީހުން އެ ފިހިގަނޑާއެކު ބާރު ދުވެލީގައި ގޮސް ގެއްލުނެވެ. ސޭމް އަވަސް އަވަހަށް ދުވަމުން އައިސް އެވާހަކަ ސިންދްބާދް ކައިރީ ބުނުމުން ސިންދްބާދް އެންމެން ހުށިޔާރުވެތިބުމަށް އެނގިއެވެ.
ދުވަހުގެ އިރުއެރުމާއެކު ހެނދުނު ނާސްތާކޮށްގެން ސިންދްބާދްމެންގެ ދަތުރު ކުރިޔަށް ގެންދިޔައެވެ. އެދުވަހު ހަވީރުވާންވާއިރަށް އަވަށަކަށް އާދެވުނެވެ. އެއީ މަދު މީސްކޮޅެއް ދިރިއުޅެމުން އަންނަ އަވަށެކެވެ. ސިންދްބާދްމެން އަވަށަށް ވަނުމާއެކު އެ އަވަށުގެ މީހުން ދުވަމުންއައެވެ. އެތަނުން އަވަށުގެ އިސްވެރިޔަކަށްހުރި ގޯމޭޒް އަމިއްލައަށް ސިންދްބާދްމެނަށް ތައާރަފްވިއެވެ.
ގޯމޭޒް : މަރުހަބާ. އަވަހަށް ދުރުވޭ ތިބޭފުޅުން ދުރުން ފެނިގެން ހުންނާނެ ގެޔަކާ އަސް ވައްދަން ގުދަނެއް ހަމަޖައްސާފައި.
ސިންދްބާދް : މީ ކޮން އަވަށެއް؟
ގޯމޭޒް : ރޯޒާ. އަވަހަށް އެތެރެޔަށް ދުރުވެ އިރުއޮއްސެނީ އަވަސްކުރޭ
ސިންދްބާދް : (އަވަށު މީހުންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަންފެނިފައި) ކިހިނެއްވީ އަނެއްކާ؟
ގޯމޭޒް : ވަގުތެއް ނެތް އިރުއޮއްސެނީ. ބުނާގޮތްހަދާ މިއީ ކަލޭމެންގެ ސަލާމަތަށް
ސިންދްބާދް : އިރުއޮއްސުމުން ކިހިނެއްވަނީތަ
ގޯމޭޒް : އެމީހުން އަންނާނެ. އެމީހުން ނުހުއްޓުވޭނެ. އެމީހުންގެ ކާނާއާ ބުއިމަކީ އިންސާނުންގެ ލޭ. އަވަސްކުރޭ އަހަރުމެން ކަލޭމެން ގެއަށް ވައްދާފައި ގެތަކަށްވަދެ ތަޅުލެވޭނީ
ގޯމޭޒް ބުނިގޮތްހެދުމަށްފަހު ސިންދްބާދްއާ އޭނާގެ މީހުން ގޮސް ހަމަޖެހިފައިވާ ގެޔަށްވަނެވެ. އަދި ގޯމޭޒްގެ އެންގުމަށް އެތެރެއިން ތަޅު އެޅުވިއެވެ. އެއަށްފަހު އަވަށުމީހުންވެސް ގެތަކަށްވަދެ ތަޅުލާ ހިމޭންވެއްޖެއެވެ. އަަވަށުގައި މި އުޅެނީ ކޮންކަމެއްތޯ ބަލަން ސިންދްބާދް ޝައުގުވެރިވިއެވެ. އެގޮތުން އެންމެން ތިބި ގޭގެ ކުޑަދޮރުގައި ކުޑަ ލޯވަޅެއް އަޅައިގެން ބޭރު ބަލަންއިނެވެ. އިރުގަނޑެއްވީއިރުވެސް ކަމެއް ނުފެންނާތީ ސިންދްބާދްވެސް ވެފައި ހުރި ވަރުބަލިން ނިދާލަން ބޭނުންވިއެވެ. ނަމަވެސް ފަސްގަނޑުގައި ކޭތެމުން އަންނަ ފިޔަވަޅުތަކެއްގެ އަޑު ސިންދްބާދްގެ ކަންފަތުގައި ޖެހުމާއެކު އަނެއްކާވެސް ބޭރު ބަލާލުމަށް އަޅާފައި އިން ލޯވަޅުގައި ސިންދްބާދް ލޯ ޖަހާލިއެވެ. އެއާއެކު ފަނޑު އަލިކަމުގެ ތެރެއިން މަޑު ހިނގުމެއްގައި އަންނަ ބަޔަކު ފެނުނެވެ. ބައެއް މީހުން ހިނގަނީ އެއް އަރިއަކަށް ތިބެގެންނެވެ. އަނެއްބައި މީހުން ހަތަރެސްފައި ބިންމަތީގައި ޖައްސައިގެންނެވެ. ސީދަލަށް ތިބެގެން ހިނގަނީ ވަރަށް މަދުބަޔެކެވެ. ފަނޑު އަލިގަނޑުތެރެއިން އެމީހުން އަލިކަމެއްގެ ތެރެޔަށް ފާޅުވިތަން ފެނުމާއެކު ސިންދްބާދްގެ ގައިން ހީބިހި ނަގައިގަނެގެންދިޔައެވެ. އެމީހުން ތިބި ގޮތް ފެނިފައެވެ. ހަމުގެ ކުލަ އަޅިއެވެ. ދެލޯ ރަތެވެ. ހުޅުވިފައިވާ އަނގަތަކުގައި ފޭރާދަތްތަށް ދިގުވެފައި ތޫނެވެ. އަތުގެ ނިޔަފަތިތައްވެސް ދިގުވެފައި ތޫނެވެ. އެމީހުން އެ މަޑު ހިނގުމުގައި އައިސް އަވަށުމެދަށް ހުއްޓި ވަސް ބަލަންފެށިއެވެ. އަޑެއް ބަޑެއް ނީވުމުން އެމީހުން އަލުން އަނބުރާ އައިކޮޅަށް ގޮސް ލޯމައްޗަށް ގެއްލިގެންދިޔައެވެ.
ޖެހިގެން އައި ދުވަހު އިރުއެރުމުން ސިންދްބާދްމެން ތިބި ގެއިން ނުކުތެވެ. އަދި ގޯމޭޒް ހޯދުމަށްފަހު ސިންދްބާދް އޭނާއާ ވަކިން ވާހަކަ ދައްކާލަން ބޭނުންވާ ވަހަކަ ބުނެލިއެވެ. ސިންދްބާދްއާ ގޯމޭޒް އަވަށުގައި ހުރި ގޯމޭޒްގެ ގެޔަށް ދިޔައެވެ.
ގޯމޭޒް : ކިހިނެއްވީ؟
ސިންދްބާދް : ރޭގައި ފެނުނު ބަޔެއްގެ ވާހަކަ އަހާލަން
ގޯމޭޒް : އެންމެ ފަހަށް އަހަރެންބުނި މީހުން ފެނިއްޖެދޯ
ސިންދްބާދް : އެއީ ކިހިނެއް ވެގެން މި އަވަށަށް އަންނަ ބަޔެއް؟
ގޯމޭޒް : ޓްރާންސްލްވެނިޔާ ކައިރީ އޮންނަ އަވަށަކަށް ޖެހުނު ކަންތައްގަނޑަކަށްފަހު މި ބަޔަކު ފެންނަންފެށީ. ބުނެވޭ ގޮތުގައި މި މީހުން ދުވާލަކު ނުނިކުންނާނެ ސަބަބަކީ އިރުގެ އައްޔަށް އެބައިމީހުން ބަލިވީމައި. ރޭގަނޑުވެއްޖެނަމަ މި ބައިމީހުން މުޅި ރޭގަނޑު ހިސާރުކޮށް. ފެނުނު މީހެއްގެ ދުވަސް ދުއްވާލާ އެގޮތުން އަތުވާ މީހެއްގެ ލޭ ބޮއެ ހުސްކޮށްލާކަމަށްވަނި ބައެއްފަހަރު އެމީހުންގެ ކާނާއަށްވެސްހަދާ. އެމީހުން ޖެހިލުންވަނީ އެންމެ ގަބީލާއެއްދެކެ. އެއީ ބެލްމޮންޓް ގަބީލާ. އެ ގަބީލާގެ ވަކި އަވަށެއްވެސް އޮންނާނެ ޓްރާންސްލްވެނިޔާއާ ފިސާރެގާތުން. ބެލްމޮންޓް ގަބީލާއިން މިބުނާ ލޭބޯމީހުންނަށް ދެވިފައިވާ ނަމަކީ ވެންޕަޔާސް. ބެލްމޮންޓްމީހުން ބުނާ ގޮތުގައި ވެންޕަޔާއެއް ދަތް އަޅައިފިނަމަ އެމީހަކު ދުވަސްގަނޑަކަށްފަހު ވެންޕަޔާއަކަށް ބަދަލްވޭ. އަމަލުންވެސް އެކަން އެނގެންފަށާނެ. އެގޮތުން ދުވާލަކު ނުނިކުންނާނެ އަދި އިންސާނީ ކާނާއާ ބުއިމާ ދެކޮޅުވާނެ.
ސިންދްބާދް : އަހަރެން ބޭނުން މި މި އަވަށް ސަލާމަތްކުރަން
ގޯމޭޒް : ކަލޭ އެކަމާ ނޫޅޭ އަހަރުމެންނަށް މިހެން ދިރިއުޅެން އާދަވެއްޖެ ކަލޭމެންގެ ދަތުރައިގެން ކުރިޔަށް ދެވޭތޯބަލާ ކަލޭމެންގެ މަގްސަދް ކަލޭމެން ހާސިލްކުރޭ.
ސިންދްބާދް : އަހަރެންގެ ދަތުރުގައި ބެލްމޮންޓް ގަބީލާގެ އަވަށަށް ދެވިއްޖެއްޔާ އެމީހުންގެ މީހުންނަށް މި އަވަށުގެ ޙަބަރު ދޭނަން
ގޯމޭޒް : ޝުކުރިއްޔާ
ގޯމޭޒްއާ ވާހަކަ ދައްކާ ނިންމާލުމަށްފަހު ހުރިހާ އެންމެން އެއްކޮށް އަވަށުންދިން ހަދިޔާތައް ބަރުކޮށްގެން ސިންދްބާދްމެންގެ ދަތުރު އަލުން ފަށައިގަތެވެ. ކޮންމެ މީހަކުވެސް ހުރީ ކުރިމަތިވެދާނެ ނުރައްކަލަކަށް ދުރާލާ ތައްޔާރުވެގެންނެވެ.
– ނުނިމޭ –
ކެޓެގަރީ: ކުރުވާހަކަ

1503

Vlad

0.0

30 days of night in idea nagaafa

6 months ago

އިބުރޭ

0.0

ވާހަކަ ވ ރީތި

7 months ago

Haappe

0.0

Nasheedh brw thankolheh vaahaka dhigu kohla bala varah salhi mihaaru ves

7 months ago

Haappe

0.0

Nasheedh brw thankolheh vaahaka dhogu kohla bala varah salhi mihaaru ves

7 months ago

ibbe

0.0

varah salhi. Ekamu maa kurukoh liyanee keevvetho?

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles