• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ސުވަރުގެ ދިޔުމަށްޓަކައި

ސުވަރުގެ ދިޔުމަށްޓަކައި


200370

ސުވަރުގެ ދާން ބޭނުންނުވާނީ ފަހެ ކާކުހެއްޔެވެ. އެތަނުގެ ފުރިހަމަކަން ހިތަށްވެސް އަދި ހިޔާލަށްވެސް ގެނެވުމަކީ އިންސާނަކަށް ކުޅަދާނަވެގެންވާވަރުކަމެއްނޫނެވެ. އެތަނަކީ ހަމައެކަނި ﷲ سُبْحَانَهُ وَ تَعَالَى އަށް ފުރިހަމައަށް ކިޔަމަންވި އިންސާނުންނަށް ވަދެވޭނެތަނެކެވެ.
މުއީންއަކީ މަންމަގެ ހުރި ހަމައެކަނި ދަރިޔެވެ. ބީރު ކަންފަތެއްގެ ވެރިއެވެ. ބުނާ އެއްގޮތެއްވެސް ނަހަދައެވެ. ސްކޫލްއަށް ފޮނުވުމުން ސްކޫލްއަށް ނުގޮސް އަބަދު އުޅެނީ ބޭރުގައެވެ. މަންމަ އަބަދުވެސް ޖެހެނީ މުއީންއަށް ނަސޭހަތްތެރިވާށެވެ. ކިތަންމެ ގޯސްކޮށް އުޅުނަސް އެ މަންމަ މުއީންއާ ވާހަކަދައްކަނީ ވަރަށް މަޑުމައިތެރިކަމާ ހިތްތިރިކަމާއެކުއެވެ. ނަމަވެސް މުއީން ތަފާތެވެ. މަންމަ ކުރިމަތީ ޒުވާބުވެސްކުރެއެވެ. ޖެއްސުންވެސް ކުރެއެވެ. އަދި ވައްކަންވެސްކުރެއެވެ. ނަމަވެސް އެ މަންމަ އަބަދުވެސް މުއީންއަށް އަޅާލާ ނަސޭހަތްތެރިވުން ހުއްޓައެއްނުލައެވެ.
މުއީންގެ އުމުރުން އަށާރަ އަހަރު ފުރުމުން އޭނާ މަސްތުވާތަކެތީގެ ވިޔަފާރިއަށްވަނެވެ. އަދި ހަރާމް ފައިސާ ގެއަށް ވައްދަންފެށިއެވެ. މުއީން އުޅެމުން އައި ކޮޓަރީގައި މުޅިންވެސް ފަހުގެ އެންމެ އަގުބޮޑެތި ސާމާނު ގެނެސް ވައްދާފައިހުރެއެވެ. މުއީންއަށް ކުއްލިއަކަށް ލިބުނު މުއްސަނދިކަމާމެދު އޭނާގެ މަންމަގެ ހިތުގައި ޝައްކު އުފެދޭންފެށިއެވެ. އެއާއެކު މުއީންއާ ކުރިމަތިލާން އެއްދުވަހު މަންމަ ތައްޔާރުވިއެވެ.
މަންމަ : (މުއީން ގެއަށް އައިސް ވަނުމުން) ދަރިފުޅާ އާދެބަލަ މިތާ އިށީންނަން ވާހަކައެއް ދައްކާލަން
މުއީން : (ޗޮކެއް ކަނޑާލާފައި) ކަންތަކާ ޖެހުނީއްޔޭ
މަންމަ : (މުއީން އިށީނުމުން) ދަރިފުޅާ. ދުނިޔޭގައި ހަލާލް އާމްދަނީއާ ހަރާމް އާމްދަނީ ހޯދައިގެން އުޅޭމީހުން އުޅޭނެ. ހަރާމް އާމްދަނީއަކީ ވަގުތީ އުފަލެއް އަދި އަރާމެއް އެ އާންދަނީންއިން މުޅިންވެސް ތިބާގެ ބަނޑަށް ލެވޭނީ އަލިފާނެވެ. ހަލާލް އާމްދަނީއަކީ ހިތްހަމަޖެހުމެއް އަދި ބަރަކާތެއް.
މުއީން : ނިމުނީތަ؟
މަންމަ : ނޫނޭ. އަހަރެން އަހާލަން ބޭނުން ދަރިފުޅު ކޮންގޮތަކަށް ކޮންތާކުން ހޯދާ ލާރިއެއްތޯތީ
މުއީން : (ރުޅިއައިސްގެން ފުންމައިގެން ތެދުވެ) ކިހާ ބޮޑު ބަލާއެއް ކަލެޔާހެދި މަ ލާރި ހޯދައިގެން އަރާމްގަ އުޅޭތަން ފެނުނީމަ ކަލެޔަށް ކެތްނުވީދޯ.
މަންމަ : (ލޮލުން ކަރުނަ ފައިބާހާލު) މުއީން އަހަރެންމީ ކަލޭ މައިމީހާކަން ހަނދާންކޮށްބަލަ ތިފާޑަށް ވާހަކަ ދައްކަން ހެޔޮވެސްނުވާނެ
މުއީން : މަގޭ ކަންތަކާ ނުބެހިހުރެބަލަ އެއިރުން ނީވެނު މިގޮތަށް ވާހަކަ ދައްކާ އަޑު
މަންމަގެ ރުއިމަށް ބީރު ކަންފަތްދިނުމަށްފަހު މުއީން ބަދިގެއަށް ގޮސްވަދެ ކާން އިށީނެވެ. ފަހަތުން މަންމަ އައިސް މުއީންއަށް ރޮމުން ކާންހަދާދިނެވެ. ނަމަވެސް މަންމަ އަތުންޖެހި މުއީންގެ ގަޔަށް ފެންތަށި ބަނޑުން ދިޔުމުން ރުޅި އައިސްގެން ތެދުވެ ތަށިތައް ތަޅާލިއެވެ. އަދި އަޑުގެ ނެތްކޮޅަށް ހަޅޭއްލަވަމުން މަންމަ އަވަހަށް މަރުވާށޭކިޔަމުންދިޔައެވެ. ހިތްފުރޭވަރަށް އެއްޗެހި ކިޔުމަށްފަހު މުއީން އެގެއިން ނުކުމެގެން ދިޔުމުން މަންމަ ރޮމުން މުޅި ބަދިގެ ސާފުކުރިއެވެ. އަދި އެއަށްފަހު އިޝާނަމާދު ނުކޮށް ހުރުމުން ގެއަށް ނަމާދަށް އެރިއެވެ.
މުއީން އޭނާގެ ރައްޓެހިންނާއެކު ބޭރުގައި ހިތުހުރިގޮތަކަށް ތެޅުމަށްފަހު ގެއަށް އައިސްވަނެވެ. ކޮޓަރިއަށް ވަންނަން ހިނގާގަތްތަނުން މަންމަގެ ކޮޓަރި ދޮރު ހުޅުވިފައި ހުރިތަން ފެނުމުން ގޮސް ދޮރުލައްޕަން ހިފާލިބޮނޑީ މަންމަ ސަޖިދަކުރާ ހާލުގައި އޮތްތަންފެނިގެންދިޔައެވެ. ދޮރު ލެއްޕުމަށްފަހު މުއީން ގޮސް ނިދާފައި އަނެއްދުވަހު ހޭލައި ބަނޑުހައި ހޫނުކަމާއެކު މަންމަގެ އިންތިޒާރުގައި ސައި ހަދަން އަންނަންދެންއިނެވެ. ވަގުތުތައް ދިގުދެމި މަންމަގެ ޙަބަރެއް ނުވުމުން ގޮސް މަންމަގެ ކޮޓަރި ހުޅުވާލިއިރު މަންމަ ނަމާދުގައި ސަޖިދައަށް އޮތްގޮތަށް ގުޑާވެސްނުލާއޮތެވެ. ދެތިންފަހަރަކު މަންމައަށް ގޮވާލުމަށްފަހު މުއީން މަންމަ ކޮޓަރިއަށްވަދެ މަންމަ ގައިގަ އަތްލިތަނުން މަންމަ ބިންމައްޗަށް ވެއްޓިއްޖެއެވެ. އެއާއެކު މުއީން ދިޔައީ ސިއްސައިގެންނެވެ. މަންމަވަނީ މިދުނިޔެއާ ވަކިވެފައިކަން މުއީންއަށް އެނގިއްޖެއެވެ. ވީ އެންމެ އަވަހަކަށް އަންގަންވާ ފަރާތްތަކަށް އެނގިއެވެ.
މަންމަގެ ކަށުކަމާކެމީގެ ކަންތައް ކުރިޔަށް ގެންދެވުނުއިރު އެތަނުގައި ދުވަމުން ދިޔައީ މީރުވަހެެވެ. އެންމެންވެސް ދައްކަމުންދިޔައީ މަންމަގެ ހެޔޮވާހަކައެވެ. މުއީންއަށް ފަހަރަކު މީހަކު ދިޔައީ ހިތްވަރުދެމުންނެވެ. އަދި ކަމެއް ބޭނުންވެއްޖެނަމަ އަންގާލުމަށް އެދެމުންނެވެ. ކޮންމެއަކަސް މަންމަގެ މައްޗަށް ކަށުނަމާދުކުރެވި ވަޅުލެވިއްޖެއެވެ. މުއީން ގެއަށް އައިސް ވަދެވުމުން އިހުސާސްވާންފެށީ އެކަނިވެރިކަމެވެ. މަންމައާ ދިމާލަށް ކިޔުނު އެއްޗިއްސާމެދެ ހިތާމަކުރަންފެށިއެވެ. ފުރުތަމަ ފަހަރަށް މުއީންގެ ހަރުކަށި ހިތް ހިތާމައިން ފޯވިއެވެ. ރޮއެ ރޮއެ އޮތް މުއީންއަށް ނިދިއްޖެއެވެ. ނިދީގައި މުއީންއަށް ހުވަފެނެއްފެނުނެވެ. މުއީންގެ މަންމަ އާ މުއީންއެވެ. މުއީންގެ މަންމަހުރީ ފެހިކަންގަދަ ރީތި ކޯރުތަކެއްވާ ބިމެއްގައި ފުރަގަހަށް އެނބުރިގެންނެވެ. މުއީން މަންމައަށް އެތައް ފަހަރަކު ގޮވިއެވެ. ނަމަވެސް މަންމައަކަށް އަޑެއް ނީވެއެވެ. އިރުކޮޅަކުން އަޑަކުން ބުނާއަޑު އިވުނެވެ. ” ތިބާ ސުވަރުގެ ވަންނާށެވެ ” އެއާއެކު މުއީންގެ މަންމަ ކުރިޔަށް ހިނގަމުންގޮސް މުއީން ލޯމައްޗަށް ގެއްލުނެވެ. މުއީން މަންމަ ފަހަތުން ދުއްވައި ގަންނަން އުޅެއުޅެ ދެފައި ނުގުޑިއެވެ. ކުއްލިއަކަށް ފަހަތުން އިވެންފެށީ ވަރުގަދަ އަލިފާންގަނޑެއް އަނދަމުންދާއަޑެވެ. އަދި މީހުންގެ ވޭނީ ހަޅޭކުގެއަޑެވެ. ދެން އަޑަކުން ބުނާއަޑު އިވުނެވެ. ” ކަލެޔަށް ހައްގީ ހަމަ ސީދާ ނަރަކަ ”
ކުއްލިއަކަށް މުއީންއަށް ހޭލެވުނެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. އަވަސް އަވަހަށް ތެދުވެގެން މިސްކިތައް ދިޔައެވެ. އެއިރުވެސް ހިތްދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. މިސްކިތައް ގޮސް އިމާމްއާ ބައްދަލްކޮށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެއާއެކު އިމާމްގެ ނަސޭހަތް ފަށައިގަތެވެ. ” އޭ އަހަރެންގެ އަޙާއެވެ. މައިންބަފައިންނަކީ ރަނެކެވެ. މަންމަގެ ފައިދަށުގައި ސުވަރުގެވާނެއެވެ. އެއީ މަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ. ތިބާ މަންމައާ ދޭތެރޭ އިހާނެތިކޮށް ހިތާ މިއަދު އެ މަންމަ ދުނިޔެ ދޫކުރުމުން ހިތާމަ ކުރާކަން އެއީ މަންމައަށްޓަކައި ތިބާގެ ހިތުގައި ލޯބި އޮތް ކަމުގެ ރަމްޒެކެވެ. މަންމައާ ސުވަރުގެއިން ބައްދަލްވާން އެދޭނަމަ ފަރުޝު 5 ނަމާދަށް ރައްކާތެރިވާށެވެ. ގުރުއާން ކިޔާވާށެވެ. އަދި އިސްލާމީ އިލްމް ލިބި ގިނަ މީހުންނަށް މަގުދައްކާދޭށެވެ. ސަދަގާތް ކިނަކުރާށެވެ. އަދި ގިނަ ގިނައި ދުއާކޮށް ތައުބާވުންވެސް ގިނަ ކުރާށެވެ. އަހަރެން މި ދައްކާދިނީ ސުވަރުގެ ދިޔުމަށްޓަކައި ތިބާ ކުރަންޖެހޭ މަސައްކަތްތަކެވެ. ”
އިމާމްގެ ފަރާތުން މުއީން އުނގެނެންފެށިއެވެ. އެގޮތުން ތައުބާވެ ނަމާދުކުރަންފެށިއެވެ. ރީތިކޮށް ގުރުއާން ކިޔަވަން ދަސްކުރިއެވެ. އަދި ޖަނާޒާ ތަކުގައި ގިނައިން ބައިވެރިވެ ސަދަގާތްގިނަކޮށް ހެޔޮ އަމަލް ގިނަކުރަންފެށިއެވެ. މިއަދު މުއީން ގަދައަޅާ އެ މަސައްކަތްކުރަނީ މަންމައާ ބައްދަލްކުރުމަށް ސުވަރުގެ ދިޔުމަށްޓަކައެވެ.
– ނިމުނީ –
ކެޓެގަރީ: ކުރުވާހަކަ

2003

ފާތިމަތު

0.0

ވަރަށް ރީތި އަދި ވަރަށް ޢިބުރަތްތެރި ފިލާވަޅެއް ލިބިގެންދިޔަ ވާހަކައެއް

1

5 months ago

Nash

0.0

Hmm… Varah reethi

2

6 months ago

KAAKU HEN HEEVANII

0.0

Mi vaahaka kiyaafa Hama rovijje??

2

7 months ago

Lai..

0.0

Vvvv .reethi . Maashaa Allah…..

5

7 months ago

Lai..

0.0

Reethi..

1

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles