• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޔޫއޭއީއިން 771 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދީފި!

ޔޫއޭއީއިން 771 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދީފި!


ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.ޔޫ.އޭ.އީގެ ވެރިރަށް އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އެންގެވީ 2019 ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ އެކަން އިއުލާންކުރައްވާފައެވެ.

މިއަދު އިރުއޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ.
~ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ ޔޫ.އޭ.އީއަށް ރަސްމީ 2 ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ޔޫ.އޭ.އީއަށް ވަޑައިގެންފައިވަނީ 2019 ނޮވެމްބަރު 29 ގައެވެ.މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެޤައުމުން ބޮޑެތި އެހީތަކެއް ވެދެމުން އަންނައިރު، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޤާމާ ހަވާލުވެވަޑައިގެން ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެޤައުމަށް ދެވޭ ގޮތް ހަމަޖެހިގެން ދިޔައެވެ.Source link

Leave a Reply

Related Articles