• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ޝަކުވާ

ޝަކުވާ


187440

މާ ފުން ކަނޑުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްތައް އުފެދިގެން އައި އިރު، އަހަރެން އޮތީ އެއިން ރަށެއްގެ މެދުގައެވެ. ހައިރާން ކުރުވަނިވި ކަންތައްތަކުން ފުރިގެންވާ މިދުނިޔެއަށް ލޯހުޅުވާލެވުނުއިރު އަހަރެންނަކީ މިހާރާއި އަޅާބަލާއިރު ވަރަށް ތަފާތު ތަނެކެވެ. އަހަރެންގެ ގައިގައި ވަށައިގެން، ހިތް އުފާކޮށްދޭނެ ދިރުމެއް އެއިރަކު ނުވެއެވެ. އަހަރެންގެ އަނގައިގެ ފެންގަނޑުގައި ފުމެއުޅޭނެ މަހެއް ނެތެވެ. ލަވަކިޔައިދޭނެ ރީތި ދޫނިތަކެއް، އަދި އެސޮރުމެން ހާލި ހަދާލާނެ ގަހެއްނެތެވެ. އަހަރެންނަށް ލިބިފައި ވީހާވެސް ނިއުމަތަކީ ޗަކަވެލި ބިމާއި، ގަނޑުފެންފޮދެއްހާ ފިނި ފެންގަނޑެވެ.
އަހަރެން އެގޮތުގައި މާގިނަ ޒަމާންތަކެއް ހޭދަކުރާކަށް ނުޖެހުނެވެ. އޮށުން ނިރުފަޅާ ގަސްތައް ހެދެންފެށްޓެވެ. ފެނާއި ދިމާއަށް ދަތުރުކުރާ އެކިއެކި މަޚުލޫޤުން އަހަރެންނަށް ޒިޔާރާތް ކުރަން ފެށްޓެވެ. އިރުވާހުދާއި މާކަނައެވެ. ކަކުންޏާއި ބަރަވެއްޔެވެ. މުނިފޫހި ފިލުވައިދޭނެ އެތައް ދިރުމެކެވެ.
އޭގެފަހުން އެއްދުވަހެއްގެ އިރު، އަހަރެންގެ ބޯމަތިން ދިއްލާލިއިރު، އަނދިރިކަމުގެ ތެރެއަށް ވެރިވެގަތް އަލިކަމުގެ ތެރެއިން، އައިނައިތަނެއް ނޭނގި މަހެއްފެނުނެވެ. އެންމެ މަހެއް ނޫނެވެ. ދެތިންމަހެވެ. މަސްތައް ބިސްއަޅާ މަސްތައް ގިނަވާން ފެށްޓެވެ. ސަތާރަވަނަ ޤަރުނާއި އަހަރެން ކުރިމަތިލީ އިރު އަހަރެންނަކީ ދިރުންތަކުން ފުރިގެންވާ ދިރުމަކީމެވެ.
ދެން އަހަރެންނާއި ދިމާވީ ވަރަށް ތަފާތު މަޚުލޫޤެކެވެ. މަންމަލި ޖަނަވާރެކެވެ. އެހެނަސް އުޅެނީ ހަތަރެސްފައި ޖަހައިގެނެއް ނޫނެވެ. އަހަރެން ފުރަތަމަ ހީކުރީ އެ މަޚުލޫޤެއްވެސް އެއައީ އެހެން ޖަނަވާރުންނެކޭވެސް އެއްފަދައިން އަހަރެންގެ މިރީތި ފެންގަނޑުގައި މަޖާކޮށްލާ، ގަސްގަހަށް އަރާ މުނިފުހި ފިލުވާލުމަށްކަމަށެވެ. ނަމަވެސް ކަންހިނގީ މުޅިއަކުން އެހެނެއް ނޫނެވެ. އަަހަރެންގެ ރީތިކަން ފެނިފައި ޚުދު އެމަޚުލޫޤުވެސް އާޝޯޚުވިއެވެ. ނަމަވެސް އެ ނިކަމެތި މަޚުލޫޤު އަހަރެންގެ ގައިމަތިން ނުކުމެގެން ދިޔައީ އެތައް ބައިވަރު ގަސްތަކެއް ހަލާކުކޮށް އަދި ނުވިތާކަށް އަހަރެންގެ އަނގައިގެ ފެންގަނޑަށް ގާވެސް އުކާފައެވެ.
އިންސާނެކޭ މިކިޔާ މަޚުލޫޤު ދިޔުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ދެން ދިމާވާން ފެށީ ހީކުރި ވަރަށްވުރެ މާ ބަނަ ދުވަސްތަކަކާއިއެވެ.
އެ އިންސާނާ ޖެހިގެން އައިދުވަހު އައީ އިތުރު މީހުންތަކެއް ގޮވައިގެންނެވެ. އަހަރެން ހީކުރީ މަޢާފަށް އެދެންކަމަށެވެ. ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް އެމީހުން އަހަރެންގެ ގައިގައިވި އެތައް ގަހެއް ހަލާކުކޮށް ހެއްޖެވެ.
އަހަރެންވެސް ގަބޫލުކުރަމެވެ. އިންސާނުންގެ ބޭނުންތަކަށް ގަސްގަހުން ލަކުޑި ކެނޑުމަކީ ގޯހެއް ނޫނެވެ. އެހެނަސް އެކަނޑަނީ ހާދަހާވާ ބައިވަރެކެވެ. ގައިމު އެއުޅެނީ ދިވެހިރާއްޖޭން އެމެރިކާއަށް ބްރިޖު އަޅާކަށްނޫނިއްޔާއެވެ. ކުރާހާވެސް ކަމަކީ އިސްރާފު ކުރުމެވެ.
އޭގެ ފަހުން ވަރަށް އާންމުކޮށް އިންސާނުން އަހަރެންނަށް ޒިޔާރަތް ކުރެއެވެ. ހީވެސް ނުކުރާހާ ބާރުމިނެއްގައި އެމީހުންގެ އާބާދި ބޮޑުވަމުން އަހަރެންގެ ގުނަވަންތައް ނެތެމުން ދިޔައެވެ. އަޖައިބެކެވެ. އެތިބަ ނިކަމެތި އާރެއް ބާރެއް ނެތް އިންސާނުން އެ ދަނީ އަހަރެންގެ ބުރަކަށި މަތީގައި ހެދުނުހާ ގަހެއް ކަނޑާ ސާފުކުރަމުންނެވެ. އަހަރެންނަށްއަޅާނުލާ ތާނގާ އެހެން ދިރޭ ތަކެއްޗަށް ރަޙުމް ކުރަން ދަންނަބައެއް ވެސް ނޫނެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ؟
ޒަމާންތައް ފާއިތު ވަމުން ދިޔައިރު އަހަރެންނަށް އުފުލަންޖެހޭ ވޭންވެސް ދިޔައީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ނަވާރަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅު އަޑުފޮށްޓަކުން ގޮވާލި ޚަބަރު ތަކެއް އިވުނެވެ. ދިވެހި ރާއްޖޭގައި ފަތުރުވެރިކަން ފެށިއްޖެޔޯލައެވެ! ސަހަރޯއެވެ. ދެނަކާއި ދެނެއްނެތެވެ. އެ ގެންނަން ފެށި އުޅަނދުތަކެކެވެ. ގެނައިނުގެނައި ތަނެސް ނޭނގެއެވެ.
ދެއްވާފައިވާ ބުއްދީގެ ބޭނުން ކޮށްގެން އެއުފެއްދި އުޅަނދުތައް އަހަރެން މަރައިފިއެވެ. އަހަރެންގެ އަނގަޔަށް ފަސްއަޅާ ހިއްކަނީއެވެ. ގޯތި ދޫކުރުމަށެވެ. ނޫނީ ގެސްޓުހައުސް ހަދާށެވެ. އަހަރެންގެ ބުރަކަށި މަތީ ހެދުނުހާ ގަހެއް ކަނޑާ ބިމާއި ހަމަކުރަނީއެވެ. ރިޒޯޓު ހަދާށެވެ. އޮޑިދޯނިފަހަރު ބަންނާށެވެ. އެވަރުންވެސް ނުވެގެން، އަހަރެންނަށް ދެވޭ އަނިޔާާ ކުޑަކަމަށް، އަހަރެންނަށް ދިރުން ގެނެސްދީ މުނިފޫހި ފިލުވައިދިންހާ ދޫންޏެއް ހިފާ، މަސްތައް މަރާ، ގަސްތައް ކަނޑާ، ފަސް އަޅާ ހަދަނީއެވެ.
އަދި އެވަރުންވެސް އިންސާނުންގެ ރަޙުމެއް ނެތް ހިތްތަކަށް ފުދުނު ކަމަކަށް ނުވިއެވެ. ބޯފުނާ އަޅާލާ ފަދައަކުން އަހަރެންގެ ބޮލުމެދުން މަގެއް އަލިކޮށްފިއެވެ. އަދިވެސް އެނިމުނީކީ ނޫނެވެ. ހުޅަނގު ފަރާތުން އަހަރެންގެ އެއްބައި ކަނޑައިލައިފިއެވެ. ފަހަރަކު ފަސްކޮޅެއް ނަގަމުން، ލަސްލަހުން އަހަރެންނަށް އެންމެ ތަދުވާނެ ގޮތަށެވެ. ހިކި ޖޫސް އަޅާފައިހުރި ތަށްޓަކަށް ފެންފޮދެއް އަޅާލީމާ ވާފަދައަކުން، ކުޅީގެ ފެންގަނޑު މޫދާއި އެކުވެއްޖެއެވެ. ފުމެ އުޅުނުހާ މަހެއް އަހަރެންނާއި އުމުރަށް އަލްވަދާޢު ކިޔައިފިއެވެ.
އޭގެ ފަހުން އެމީހުން އެ ހެދި ‘ބަނދަރަށް’ ތަފާތު އޮޑިދޯނިފަހަރު އަންނަން ފެށިއެވެ. ރަށުގައި ތަރައްޤީގެ ކުލަޖެހެމުން ދިޔައެވެ. އަދި އަހަރެން އޮތް މަރުބަލީގެ ޙާލު ބޮޑުވަމުން ދެއެވެ. ފަންސަވީސް ވަނަ ޤަރުނަށް ދުނިޔެ އަލަވަދާޢު ކީއިރު އަހަރެންގެ ވަށައިގެން ވަނީ ބޯދުމެވެ. ޒަމާނަށް އައި ބަދަލުތަކާއިއެކު އަހަރެންނާއި ދާދިކައިރީ ބޮން ޓެސްޓުކުރުން ފެށީއެވެ. އިސާހިތަކު ވައި ތަޣައްޔަރު ވެއްޖެއެވެ. ލަވަ ކިޔާލާ އުޅުނުހާ ދޫނިތައް އެސޮރުމެންގެ ރީތި އަޑައި ލަވަތަކާއިއެކު އަބަދަށް ޓަކާ މިވަޒަން ދޫކޮށްފިއެވެ.
ހެޔޮ ނުވާނެއެވެ! ތިހެން ނަހަދާށެވެ. އަހަރެން މި ޙާލުގައި ނުޖައްސާށެވެ. އިންސާނުން ބުނާނެއެވެ. އަޅާލަންވީ ކީއްކުރަން ހެއްޔެވެ؟ ފައިދާއެއްނެތް މަދިރި އުފައްދާ ކާރުޚާނާއެކޭ ކަލެއެކޭ އޮތީ ކޮން ތަފާތެއްހެއްޔެވެ. އެހެންނޫނަސް ކަލެޔެެއް މިހާރު ނުވެސް ނެތެެއް ނޫންހެއްޔެވެ؟
ވަރަށް ބޮޑު ތެދެކެވެ. އަހަރެންގެ ތިންބައިި ކުޅަ އެއްބައި މިހާރުނުވެސް ނެތެވެ. އެހެނަސް ދެން މިއޮތްބަޔަށް އަޅާނުލާ ހަލާކުކޮށްލަން ހެޔޮނުވާނެއެވެ. އަދި ބުނަންހެއްޔެވެ. އަހަރެން އިންސާނުންނަށް ހާދަހާވާ ބައިވަރު އެހީއެއްވީމެވެ. ކާން ކާނާ ދިނީމެވެ. ކަނޑުލާއި ރަނޑުލެވެ. އެކިއެކި ބޭނުމަށް ލަކުޑި ދިނީމެވެ. ނަމަވެސް އިސްރާފު ކުރުން ނޫން ކަމެއްކުރިން ހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ އަހަރެންނަށް ތިޔަދޭ އަނިޔާގެ ބަދަލު ކޮންމެވެސް ދުވަހަކުން ލިބޭނެކަން ހަނދާން ބަހައްޓައްޗެވެ.
ޒުވާބުކޮށް ޖަދަލު ކުރާކަށް ނެތީމެވެ. އެހެނަސް މީ އަހަރެން ހެޔޮހިތުން ދޭ ނަށޭހަތެކެވެ. ނެތް އަޑުން ކުރާ އާދޭސްތަކެކެވެ. މި އާދޭސްތަކަށް ބީރު ކަންފަތެއް ދޭން ހެޔޮނުވާނެއެވެ.
އިސްލާހުވާށެ އެންމެން
ގިސްލާ ރޮމުން ބުނަން ޖެހެނީ
ޗިސްޗިސް ވެގެންދަނީ އަހަރެން
ވިސްނާ ނުލާ ތިހެން ހަދާތީ
ފަސްގަނޑުމެ ގިރަމުން އެދާތީ
މަސްލަހަތު ދެންގޯހޭ ވަނީ
އަސްތާ ކާކު ވެލިމެ ނަގަނީ؟
ގަސްތައް މަރާ އަނިޔާ ދެނީ؟
(ނިމުނީ)
ކެޓެގަރީ: ކުރުވާހަކަ އުފެއްދުންތެރި

1874

Hil

0.0

Vvvv salhi maasha allah..sifa kurunthah hama habeys…hini aiss gn gos bandah thadhuvaa faharu vx aadhey…ekam monsta plxxx biruveri vaahaka eh ??

4

2 months ago

Tear_360 ?

0.0

Adhi nuvess kiyan monstaa ge stries reethi vaane kan ingeyy.
Kn irakun that dhn dhigu stryy eh genesdheyniii…waiting impatiently. ♥️

4

1

3 months ago

monsta Listing Owner

Thank you..dhigu stry eh Insha Allah, varah avahah genesdheynan

4

2

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles