• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަންގެ އައު ފިލްމަކީ “ހެހެސް”

ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަންގެ އައު ފިލްމަކީ “ހެހެސް”



ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންގެ ކުރިޔަށް އޮތް ފިލްމު “ހެހެސް” ރަސްމީކޮށް ލޯންޗުކޮށްފި އެވެ. “ހެހެސް” ގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންނަށް ކާމިޔާބު ފިލްމު ތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި އަލީ ޝާނީޒް މުހައްމަދެވެ. ޝާނީޒަކީ ސީޒަންގެ ފިލްމު “ލޯބި ވެވިއްޖެ” ގެ ވެސް އެއް ޕްރޮޑިއުސަރެވެ. “ހެހެސް” ޑައިރެކްޓްކުރަނީ އަހުމަދު ނިމާލެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭ އަކަށް ހަދާ އެ ފިލްމަކީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ޔޫއްޕެ ހިމެނެ އެވެ. އޭގެ އިތުރުން އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު “ކަޅަކި” އިން މުހިއްމު ރޯލަކުން ފެނިގެންދާނެ ޝިޔާ ވެސް “ހެހެސް” އިން ފެންނާނެ އެވެ. އަދި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ދެ މޫނު ކަމަށްވާ އިބްރާހިމް ޖިހާދު އާއި އަލީ އާޒިމް ވެސް ފެނިގެންދާނެ އެވެ. “ސަން” އަށް މައުލޫމާތު ދެމުން ޝަފީގު ބުނީ، ފިލްމުގައި ވަރުގަދަ ކާސްޓެއް ހިމެނޭއިރު ބެލުންތެރިންނަށް މޮޅު ފިލްމެއް ގެނެސްދޭން ތައްޔާރަށް ތިބި ކަމަށެވެ. އެގޮތުން ހުރިހާ މަސައްކަތްތަކެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ފިލްމުގެ ޓީމުން އަތުކުރި އޮޅާލައިގެން ތިބި ކަމަށް ޝަފީގު ބުންޏެވެ. އިތުރަށް ޝަފީގު ބުނީ، ފިލްމުގެ މަންޒަރުތައް ނެގުމަށް ނިންމާފައިވަނީ ގިނަ ދިވެހި ފިލްމުތަކެއް ވެސް ޝޫޓްކޮށްފައިވ ބ. ގޮއިދޫގައި ކަމަށެވެ. “ލޮކޭޝަން ކަނޑައަޅާފައި އޮތް ނަމަވެސް އަދި ޝޫޓިން ފެށޭނެ ދުވަހެއް ބުނަން ދަތި، އެކަމު މި އުޅޭ ވައިރަސް އަށް ވާގޮތެއް ބެލުމަށްފަހު ވަރަށް އަވަހަށް ޝޫޓިން ފަށާނެ ތާރީހެއް އަންގާނަން” ޝަފީގު ބުންޏެވެ. “ހެހެސް” އަކީ މި އަަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން މަސައްކަތްކުރަމުން އަންނަ ފިލްމެކެވެ. އެހެން ނަމަވެސް ސީދާ ތާރީހެއް އަދި އަންގާފައެއް ނުވެ އެވެ. ޝަފީގު ޕްރޮޑިއުސްކޮށް ޔޫއްޕެ ޑައިރެކްޝަން ހަދާފައިވާ ކޮމެޑީ ފިލްމު “ކޮސް ގިނަ މިސްޓޭކް” މި އަހަރުގެ ރޯދައިގެ ފަހުން ސިނަމާތަކަށް ގެންނާނެ ކަމުގެ އުފާވެރި ހަބަރުވެސް ޝަފީގު މިވަނީ ދީފަ އެވެ.



Source link

Leave a Reply

Related Articles