• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ހުޅުމާލެ ހޮސްޕިޓަލު ގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލައިފި

ހުޅުމާލެ ހޮސްޕިޓަލު ގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލައިފި


ކޮވިޑް-19 ފެތުރެމުންދާތީ އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރާތް ކުރުން ވަގުތީގޮތުން ހުއްޓުވައިފިއެވެ.މިކަމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މަރޗް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.އެ ގޮތަށް ނިންމި ނަމަވެސް ބަލިމީހާއާއެކު އެހީތެރިޔަކަށް މަޑުކުރެވޭނެއެވެ. މާލޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ވެސް، ވަނީ ބަލިމީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.ކޮވިޑް-19 ރާއްޖޭން ފެނިފައިވާތީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، ކޮންމެހެން ދާންޖެހިގެން ނޫނީ ރާއްޖޭން ބޭރަށް ދަތުރުނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން އާއްމުން އެއްވާ ތަންތަނަށް ނުދިއުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް-19 އަށް ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ.އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles