• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ހުޅުމާލޭގައި އަޅާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި އަޅާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި


ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.

ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.

މި ހައުސިން ޔުނިޓު އަޅަން ނިންމާފައިވަނީ 11 ޓަވަރުގެ މައްޗަށެވެ. އެ ޓަވަރުތައް 15-16 ފްލޯއަށް ހަދާނެ އެވެ.

މިއީ 900 އަކަ ފޫޓުގެ ތިން ކޮޓަރި ހިމެނޭ 1020 އެޕާޓްމަންޓާއި 650 އަކަ ފޫޓު ހިމެނޭ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

ހައުސިން މިނިސްޓްރީން ބުނީ 133 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ފްލެޓުތަކުގެ މަސައްކަތްތައް ދެ އަހަރުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles