• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރަށެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޝައްކުވާ ހިސާބުން އެމީހަކު ހުރިތާކުން ފަރުވާލިބޭނެ ގޮތެއް އޮންނަންވާނެ: ނަޝީދު

ރަށެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޝައްކުވާ ހިސާބުން އެމީހަކު ހުރިތާކުން ފަރުވާލިބޭނެ ގޮތެއް އޮންނަންވާނެ: ނަޝީދު


ރަށެއްގައި ހުރި މީހަކު ކޮވިޑް-19 އަށް މީހަކު ޝައްކުކުރެވޭ ހިސާބުން އޭނާ އެރަށުން އެހެން ރަށަކަށް ގެންދިޔުން އެއީ ބުއްދިވެރި ކަމެއް ނޫންކަމަށާއި އަދި އެއީ ހަމައެކަނި އެކަން ކުރަން އޮންނަގޮތް ނޫންކަމަށް ޑަބްލިޔުއެޗްއޯއިން އެކުލަވާލާފައިވާ މިންގަނޑުތަކުންވެސް އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް މެންބަރުން ބަހުސްކުރައްވާ ނިންމެވުމުން މެންބަރުން އެކަމުގައި ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި މެންބަރުން ފާހަގަކުރެއްވި އެއްކަމަކީ ޑަބްލިޔުއެޗްއޯއިން މިކަމުގައި ޢަމަލުކުރަންވީ ގޮތް ކަމަށް ބަޔާންކޮށްފައި އޮތީ ހަމައެކަނި ރާއްޖެއިން އަމަލުކުރަމުން މިދާ ގޮތް ނޫންކަމަށެވެ. މިހާރު މި ވައިރަސްއަށް ޝައްކުކުރެވިގެން ކަރަންޓީނު ކުރުމަށް އެމީހަކު ހުރިތާކުން ކަރަންޓީނު ފެސިލިޓީ ޤާއިމުވެފައި ހުރިތާކަށް ގެންދަނީއެވެ.ޢާންމު ޞިއްޙަތުގެ ނިޒާމު މިހާރަށް ވުރެ މާބޮޑަށް ހަރުދަނާކުރުމަށް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަމަށާއި، އެގޮތުން މިހާރު މީހަކު ބަލިވެއްޖެނަމަ ކަންކުރަންވީ ގޮތް ފާހަގަވެފައި އޮތީ އެޗްޕީއޭގެ ޕްރެސް ރިލީސްގައި ފާހަގަކޮށްފައިވާ އުޞޫލުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ އެ އުޞޫލަކީ 4 މަރޗްގައި ކޮވިޑް-19 ކްޔިކް ރެފަރެންސް އެސްއޯޕީގެ ނަމުގައި އެޗްޕީއޭއިން ނެރެފައިވާ އުޞޫލެއް ކަމަށާއި މިއުޞޫލާ އެއްގޮތަށް ބަލި މީހަކު ފެނުމުން އެމީހަކު ވަކިކުރަނީ ކަމަށް ނަޝީދު ވިދާޅުވި އެވެ. ވަކިކޮށްފައި އެރަށެއް ބަންދުކުރަނީ ކަމަށާއި މެންބަރުން ފާހަގަކުރެއްވީ ޑަބްލިޔުއެޗްއޯއިން މިކަމުގައި ޢަމަލުކުރަންވީ ގޮތް ކަމަށް ބަޔާންކޮށްފައި އޮތީ ހަމައެކަނި އެގޮތް ނޫންކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީހަކު ބަލިވީމާ އެމީހާ އޭނާގެ ގޭގައި އަމަލުކުރަންވީ ގޮތް ކިޔައިދީ އަދި ފަރުވާ ގޭގައި ލިބޭނެ ގޮތް ހަމަޖެހިދާނެކަމަށް. ނުވަތަ ހެލްތު ސެންޓަރުގައި އޭނާއަށް ފަރުވާދެވިދާނެކަމަށް. ރަށެއްގައި މީހަކު ބަލިވީމާ އޭނާ އެރަށުން އެހެން ރަށަކަށް ގެންދިޔުން އެއީ ބުއްދިވެރި ކަމެއް ނޫންގޮތުގައި އަދި ގެންދިޔުން އެއީ ހަމައެކަނި ކަންކުރާ ގޮތް ނޫންގޮތުގައި މެމްބަރުން ފާހަގަކުރެއްވި ޑަބްލިޔުއެޗްއޯއިން އެކަން އެގޮތަށް ފާހަގަކުރާ ކަމަށް. ރަށެއްގައި މީހަކަށް މިރޯގާ ޖެހުނީމާ އެރަށުގެ ހެލްތު ސެންޓަރަށް އެމީހާ ގެންގޮސް އެތަނުގައި އެމީހާ ބާއްވައިގެން އެތަނުގައި އެމީހާއަށް ފަރުވާ ދޭންވީ. އަދި ރަށުގެ ހުރިހާ ރައްޔިތުންވެސް މިބަލި ނުޖެހޭނެ ގޮތްގޮތައް އެމީހުންގެ ދިރިއުޅުން ބަދަލުކުރަންވީ. އަތްފައި ދޮވުމާއި ކެއްސާއިރު ބެލުމާއި އެހެން ގޮސް ރޯގާ ނާރާނެހާ ގޮތް ހެދުން.
~ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން މިކަމާގުޅޭގޮތުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ރަނގަޅު އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. މެންބަރުންގެ ނަޒަރުގައި އިޤުތިޞާދަށް ލިބިދާނެ ގެއްލުމަކަށް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށާއި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތިވެދާނެކަމަށް ދެކެވޭ ޙާލަތްތަކުގައި ފިޔަވަޅު އެޅުމާއި ގުޅޭގޮތުން ވިސްނަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.ޚާއްޞަގޮތެއްގައި މެންބަރުން ފާހަގަކުރެއްވި އިޓަލީން ރާއްޖެއަށް ބޯޓުފަހަރު އައުން މަނާކުރަން ނުފެންނަކަމަށް ކަމަށާއި އަދި މިހާރު މަނާވެފައި އޮތްއޮތުން މެންބަރުންގެ ނަޒަރުގައި އެނބުރެން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މެންބަރުން ފާހަގަކުރެއްވި އެންމެ މުހިންމު ކަމަކީ ޤާނޫނީ ދައުލަތް ހިނގަ ހިނގާ އޮތުމުގެ މުހިންމުކަންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.



Source link

Leave a Reply

Related Articles