• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ރޯގާގެ އަލާމާތްތައް ހުންނަ ގައިދީން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލައިފި

ރޯގާގެ އަލާމާތްތައް ހުންނަ ގައިދީން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލައިފި


މާލެ ޖަލަށް ގައިދީންތަކެއް ގެންދަނީ: ކޮވިޑް 19 އާ ގުޅިގެން ޖަލުތަކުގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި. — އަވަސް ފައިލް ފޮޓޯ

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ބަޔަކު ރާއްޖޭންވެސް ފެނިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޯގާގެ އަލާމާތްތައް ހުންނަ ގައިދީން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ކަރެކްޝަންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ރާއްޖޭންވެސް މިހާރު ފެނިފައިވާތީ، ޖަލުތަކުގައި ސަލާމަތީ ގޮތުން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ކޯޓުތަކުގެ އެދުމުގެ މަތީން، ހުން އައިސް، ކެއްސާ އަދި ކިނބިހިއަޅާ ގައިދީންނާއި ބަންދުގައި ތިބި މީހުން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލަން ނިންމާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، ރޯގާގެ އަލާމާތްތައް ހުންނަ ޖަލު އޮފިސަރުން ގައިދީންނާ ދިމާނުވެވޭ ފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، ގައިދީއެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފާހަގަކުރެވިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވާ ކަމަށެވެ.

“އަދި ޖަލަށް ޑިޔުޓީކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކު ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި،” ކަރެކްޝަންސްއިން ބުނެފައިވެ އެވެ.

ކަރެކްޝަންސްއިން އިތުރަށް ބުނި ގޮތުގައި، ރޯގާގެ އަލާމާތްތައް ހުރި އެއްވެސް ފަރާތަކުން ގައިދީންނާއެކު އާއިލީ ނުވަތަ އެކަހެރި ބައްދަލުވުމަށް ހާޒިރުނުވުމަށް އިލްތިމާސްކުރާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފާހަގަކުރެވިއްޖެނަމަ އެ ބައްދަލުވުމެއް ކެންސަލް ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ވެސް ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ކޮރޯނާ ވައިރަސް

+

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

އޮންލައިންކޮށް ފައިސާ ދައްކަން ސްޓެލްކޯ އިން އެދެފި

ވަން އެންޑް އޮންލީ އިން ބިދޭސީއަކު ކަރަންޓީނު ކުރަނީ

ބަތަލާ ރިސޯޓުން ވައިރަހަށް ޝައްކު ކުރެވޭ ދެ މީހަކު އެކަހެރި ކުރަނީ

2

އިޓަލީ ފްލައިޓުތައް ހުއްޓާލަން އެންގި ވާހަކަ ދޮގުކޮށްފިއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles