• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ މުނިފޫހި ފިލުވުން ⁄ “ބަދާއީ ހޯ” ގެ ދެވަނަ ބައި ތަފާތު ޓީމަކާ އެކު

“ބަދާއީ ހޯ” ގެ ދެވަނަ ބައި ތަފާތު ޓީމަކާ އެކު


ދެހާސް އަށާރައިގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ބަދާއީ ހޯ” ގެ ދެވަނަ ބައި ހަދާ ވާހަކަ ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ. ނަމަވެސް އާ ޚަބަރަކީ މުޅިން ތަފާތު ޓީމަކާ އެކު، ދެވަނަ ބައި ގެނެސްދޭން ނިންމި ވާހަކަ އެވެ.

އަމިތު ޝަރުމާ ޑައިރެކްޓްކުރި “ބަދާއީ ހޯ” ގެ މުހިއްމު ރޯލްތައް ކުޅުނީ އަޔޫޝްމަން ކްރާނާ އާއި ސާނިއާ މަލްއުތުރާ އާއި ނީނާ ގުޕްތާގެ އިތުރުން ގަޖްރާޖް ރާއޯ އެވެ.

ނަމަވެސް އާ ފިލްމުގައި މި ޓީމެއް ނެތެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ދެވަނަ ބައިގެ ނަމަކީ “ބަދާއީ ދޯ” އެވެ. އަދި ފިލްމުގެ ލީޑް ތަރިންނަކީ މުޅިން އަލަށް އެކީގައި މަސައްކަތްކުރާ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕެޑްނޭކަރެވެ. ހަންގާމާ އިން ބުނިގޮތުގައި ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ ފިލްމުގައި ރާޖް ކުޅޭނީ އޭނާ ދިރިއުޅޭ އަވަށުގައި މަސައްކަތްކުރާ ހަމައެކަނި ފުލުހެއްގެ ރޯލެވެ. ބޫމީގެ ކެރެކްޓާ އަކީ ޓީޗަރެކެވެ.

“ބަދާއީ ދޯ” ގެ ޑައިރެކްޓްކުރާނީ 2015 ގައި ރިލީޒްކުރި އެޑަލްޓް ކޮމެޑީ “ހަންޓާ” ގެ ޑައިރެކްޓަރު ހާޝްވަރުދަން ކުލްކަރްނީ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ “ބަދާއީ ހޯ” ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި އަކްޝޭ ގިލްދިއާލެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގއި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ “ބަދާއީ ދޯ” ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

“ބަދާއީ ހޯ” އަކީ ދަރިން ބޮޑެތިވެފައި ވަނިކޮށް އުމުރުން ދުވަސްވީ މަޔަކު އަލުން ބަލިވެ އިނުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

މި ފިލްމު ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 11 ގައި ރިލީޒްކުރާ ކުޅިވަރު ފިލްމު “މައިދާން” އެވެ. މިއީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. “މައިދާން” ގައި ސައީދުގެ ރޯލް ކުޅެފައި ވަނީ އަޖޭ ދޭވްގަނެވެ.



Source link

Leave a Reply

Related Articles