• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ މާއްދާއަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ މާއްދާއަށް ހުށަހެޅި އިސްލާހު ފާސްކޮށްފިކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ހުށަހެޅުއްވީ، އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި ކަމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހެ އެވެ. އެ ބިލް ރޮޒައިނާ ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ވޯޓު ކަރުދާސް ކޮޅުތަކުގައި، އެއް ކަރުދާހެއްގައި އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ވޯޓުލާ ހާލަތެއްގައި އެއް ވޯޓު ބާތިލުވުމުން ދެން ހުރި ވޯޓުތައްވެސް ބާތިލުވެދާނެ ހާލަތެއް ކުރިމަތިނުވާނެ ގޮތަކަށް ގާނޫނު ބައްޓަންކުރުމެވެ. ރޮޒައިނާ ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ، ޖަލްސާއަށް ހާޒިރުވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. އިސްލާހު ފާސްވުމާއެކު ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހާފި ނަމަ، ބާތިލް ވާނީ އެ ވޯޓުގެ އެ މަގާމެއްގެ ވޯޓެވެ. މުޅި ކަރުދާސް ބާތިލުވެގެން ނުދާނެ އެވެ. މިއަދުގެ ޖަލްސާގައި އެ އިސްލާހުގެ އިބްތިދާއީ ބަހުސް ފަށާއި، މުޅި މަޖިލީހުގެ ކޮމީޓން ބިލު ދިރާސާކޮށް، ބިލުގެ ހުރިހާ ކަމެއް ވަނީ ނިންމައިފަ އެވެ. ބިލުގެ ހުރިހާ ކަމެއް އެއް ދުވަހުން ނިންމާލާފައި ވާއިރު، އެއީ ބޭނުންތެރި އިސްލާހެއް ކަމަށާއި އެ އިސްލާހު ވީހާވެސް އަވަހަކަށް ފާސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާނީ، މި ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.Source link

Leave a Reply

Related Articles