• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި


އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ ބިލް މަޖިލީހަށް ބަލައިގަނެ އެ ބިލް ދިރާސާކުރުމުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ކުރުމަށް ފޮނުވައިފި އެވެ.އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. އަދި މި ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީވެސް 48 މެމްބަރުންގެ ވޯޓުންނެވެ. މިބިލް މަޖިލީހުން ފާސްކުރުމަށްފަހު މިއަދު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.މި ބިލް މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމް އެވެ.ރޮޒައިނާ އިޞްލާޙު ހުށަހަޅުއްވަފައިވަނީ މި ޤާނޫނުގެ 18 ވަނަ މާއްދާއަށެވެ. އެގޮތުން ރޮޒައިނާ ހުށަހަޅުއްވާފައިވާ އިޞްލާޙުގައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ.ރޮޒައިނާ މި އިޞްލާޙު ހުށަހެޅުއްވަމުން ވިދާޅުވީ މިބިލް ހުށަހަޅުއްވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުތަކުގައި، އެއް ކަރުދާހެއްގައި 1 މަޤާމަށްވުރެ ގިނަ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލާ ޙާލަތެއްގައި އެއް ވޯޓު ބާޠިލުވުމުން ދެން ހުރި ވޯޓުތައްވެސް ބާޠިލުވެދާނެ ޙާލަތެއް ކުރިމަތިނުވާނެ ގޮތަކަށް ޤާނޫނު ބައްޓަންކުރުން ކަމަށެވެ. މިސާލަކަށް، ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސް، ރަށުކައުންސިލްގެ ރައީސް، ކައުންސިލަރުން އަދި އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ކައުންސިލަރުންނަށް ވޯޓުލާއިރު، ރަށު ކައުންސިލް ރައީސަށް ލާ ވޯޓު ބާޠިލުވާ ހިސާބުން މުޅި ވޯޓު ކަރުދާސް ބާޠިލު ވާގޮތަށް އޮތުމުން އޭގަ ދެންއޮތް ކައުންސިލަރުންގެ ވޯޓާއި އަންހެން ކައުންސިލަރުންގެ ވޯޓުވެސް ބާޠިލުވެގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓު ކަރުދާހެކެވެ. އަދި މިގޮތުން އެ ކަރުދާހުގައި ޖަހާފައިވާ ކޮންމެ ރަނގަޅު ފާހަގައަކީ ބާޠިލު ވޯޓެކެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles