• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކައުންސިލް އިންތިހާބު ފަސް ކުރުމަށް ރައީސް މައުމޫން ގޮވާލައިފި

ކައުންސިލް އިންތިހާބު ފަސް ކުރުމަށް ރައީސް މައުމޫން ގޮވާލައިފިހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ. އެމަނިކުފާނުގެ އެ ޓްވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިލެކްޝަންސް ކޮމިޝަނުވެސް ވަނީ ޓެގު ކުރައްވާފައެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް ރައީސް މައުމޫން ގޮވާލެއްވިއިރު އިންތިހާބު ފަސްކުރަންޖެހޭ ފަދަ ހާލަތެއް އައިސްފި ކަމަށްވާނަމަ އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށް އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުންވެސް އަންނަނީ ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އެގޮތަށް ގޮވާލަމުން ދަނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުންނާއި އެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާތީ ގިނަ މީހުން އެއްވެ އުޅޭ ފަދަ ހަރަކާތްތައް ނުބޭއްވުމަށް ކަމާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގޮވާލަމުން ދާތީއެވެ.އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles