• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި


ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.އެމަނިކުފާނު އެކަމަށް ގޮވާލައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގައި ފެތުރެމުންދާ، އަދި ރާއްޖޭން ވެސް ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކޮރޯނާވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމާއި ކޮންގްރެސް ޕާޓީން ވަނީ ކެމްޕޭން ހަރަކާތްތައް މަޑުޖައްސާލާފަ އެވެ. ކޮރޯނާވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމަށް އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން އެކަމުގެ މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އީސީއިން ބުނެފައި ވަނީ އިންތިހާބު ފަސް ކުރާނީ ފަސް ކުރަން ޖެހޭފަދަ މާހައުލެއް އުފެދިއްޖެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އެންގުމުން ކަމަށެވެ.ރާއްޖޭގައި ކޮރޯނާ އަށް ހަ މީހަކު މިހާތަނަށް އާއިރު ވަނީ ޕޮޒިޓިވް ވެފައެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles