• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ

ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ


ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާނު ކުރައްވާފައިވާއިރު، އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ. މިރޭ ޕޮޒިޓިވްވެފައިވާ ދެ މީހުންނަކީވެސް ދެ ބިދޭސީންނެވެ.އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އެއީ 2 ބިދޭސީން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.ރާއްޖެއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles