• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުރެއްދޫ އައިސޮލޭޝަންގައި ތިބި 90 މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ: މަބްރޫކް

ކުރެއްދޫ އައިސޮލޭޝަންގައި ތިބި 90 މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ: މަބްރޫކް


ކޯވިޑް-19 އާއި ގުޅިގެން ކުރެއްދޫ އައިސޮލޭޝަންގެ ތިބި 90 މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.ކޮވިޑް-19 އާއިގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫއިން 90 ފަރާތެއް އައިސޮލޭޝަންގައި ބޭތިއްބިފައިވާ ކަމަށެވެ.އޭގެތެރެއިން 69 ފަރާތެއް ކުރެއްދޫގައި ބޭތިއްބިފައިވާ ކަމަށާއި އަދި 25 ފަރާތެއް އެބޭފުޅަކު އެވަގުތު ތިބި ތަނެއްގައި އައިސޮލޭޝަންގައި މަޑުކުރުމުގެ އިންތިޒާމުތައް ރާވާ އެގޮތަށް އެންގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.ރާއްޖެއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ. މީގެ އިތުރުން އިތުރު ދެމީހަކު އެ ރިސޯޓުން ޕޮޒިޓިވް ވެފައިވާ ކަމަށް ހޯމަ ދުވަހުގެ ރޭ ވަނީ އިޢުލާން ކޮށްފައެވެ.ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 6 އަށް އަރާފައެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles