• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފި


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަނެފިއެވެ.މި ބިލު ބަލައިގަތީ މަޖިލީހުގެ 53 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ.މި ބިލު ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. މި ބިލުގައިވާގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ވަނީ ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތައް ބަޔާންކޮށްފައެވެ. މިހާރު ގާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11 ކުށެކެވެ.އެއީ:

މީހުން މެރުމުގެ ކުށްއިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްޓެރަރިޒަމްގެ ކުށްމަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްމީހުން ޓްރެފިކްކުރުމުގެ ކުށްމަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްވައްކަން، ޓެކުން، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން -/ 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް،ކޮރަޕްޝަންގެ ކުށްމީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަގޮތަކަށް މާރާމާރީ ހިންގުން؛ދައުލަތުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާ ޢަމަލު ހިންގުން.

ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށުނު “ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު” ގައި ކުޑަކުދިންނާއި ދެކޮޅަށް ކުރެވޭ ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ.މިގާނޫނަށް ބަލާލާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެކެވެ. ކުޑަކުއްޖަކު ގްރޫމްކުރުން ކަމަށް ބުނެފައި އެވަނީ، ޖިންސީ ޢަމަލެއް އެކުއްޖާއާމެދު ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ޤާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ. މިފަދަ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 10 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.މީގެއިތުރުން ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެކުއްޖާގެ ޞިއްޙަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަޞްލަޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމަކީ ނުވަތަ އެފަދަ ޢަމަލެއް ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއްވެއްޖެނަމަ، އެކަން ކުރި މީހާ އެކުރީ ކުށެއް ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވެއެވެ. މި ކުށުގެ އަދަބަކީ ތިން އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު ޖިންސީ އަނިޔާ ފަދަ އަމަލެއް ކުރަމުންދާކަން އެނގިހުރެ، އެކަށީގެންވާ ސަބަބަކާ ނުލައި އެކަން ޚާއްޞަކޮށް ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ނުވަތަ ކުޑަކުދިންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަކަށް ނާންގައި ހުރުމަކީ ކުށެއް ކަމަށް ވެސް އެގާނޫނުގައި ކަނޑައަޅާފައިވެއެވެ. މި ކުށުގެ އަދަބަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.Source link

Leave a Reply

Related Articles