• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮންމެ ކަމެއް ނަޝީދަށް ދޫކޮށްލައްވާ ކަމަށް ބުނެ ރައީސަށް ފާޑުކިޔުން

ކޮންމެ ކަމެއް ނަޝީދަށް ދޫކޮށްލައްވާ ކަމަށް ބުނެ ރައީސަށް ފާޑުކިޔުން


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި ހިނގާ ކޮންމެ ކަމެއްގައި ފިޔަވަޅެއް އެޅުއްވުމުގެ ބަދަލުގައި، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް “ދޫކޮށްލައްވާ” ކަމަށް ބުނެ އިދިކޮޅުގެ ފާޑިކިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވެއްޖެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖޭން ފެނުމާ ގުޅިގެން ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުންގެ ބައެއް މީހުން ދަނީ އިންތިހާބު ފަސް ކުރުމަށް އެދެމުންނެވެ. މި ގޮތުން މަޖިލީހުގައި ތިއްބެވި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މެންބަރުންނާއި ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ އިންތިހާބު ފަސް ކުރަން ގޮވާލައްވާފަ އެވެ.

ނަމަވެސް، ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލަށް މިއަދު ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ އިންތިހާބު އޮންނަން ޖެހޭ ދުވަހަށް އިންތިހާބު ބާއްވަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރަތްޔިތުންނަށް ސިއްހީ ނުުރައްކަލުގެ ހާލަތުގައި ކަންކުރާންވީ ގޮތްބުނެދޭން ވާނީ ޕަބްލިކް ހެލްތު އަދި ދައުލަތުން އެފަދަކަންކަމަށް ހާއްސަކުރެވިފައި ހުންނަ އިދާރާތަކުން ކަމަށެވެ.

“…ހިތާމަޔަކީ ކޮންމެކަމެއް މަޖިލިސް ރައީސް އަށް ދޫކޮށްލުމަށްފަހު ރައީސް ސޯލިހު ކަންފަސޭހަކޮށްލުން،” ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އިތުރުވެފައިވާއިރު، ގިނަ މީހުން އެއްކޮށްގެން އެއްވުންތައް ނުބޭއްވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައި އިންތިހާބު ފަސްކުރުމާ ދެކޮޅަށް އެމްޑީޕީން ވަކާލާތު ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ.

މިއަދު މަޖިލީހުގައި ވެސް ސައީދު ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސްގެ ބަލި ފެތުރުމަކީ އާންމު ސިއްހަތާ ގުޅޭ ކަމަކަށް ވުމުން އެ ކަމާ މެދު އަޅަން ޖެހޭ ފިޔަވަޅެއް ނިންމަން ވާނީ ޕަބްލިކް ހެލްތު އިން ކަމަށެވެ. ސައީދު އިޝާރާތް ކުރެއްވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށެވެ.

“އިލެކްޝަން ފަސް ކުރުމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮންނަން ވާނީ ޕަބްލިކް ހެލްތު އަށް. ޕަބްލިކް ހެލްތު އިން އެބަ ބުނޭ އާންމު އެއްވުންތައް ނުބޭއްވުމަށް. އެހެންވާނަމަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހައްގަކަށް ނުވާނެ ޕަބްލިކް ހެލްތުގެ ނިންމުމެއް ވައިލޭޓް ކުރުމަކަށް. މި ވައިރަސް މުޅި ދުނިޔޭގައި އެބަ އޮތް،” ސައީދު ވިދާޅުވި އެވެ.

މި ބައްޔަށް ރާއްޖެ އިން ވެސް ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

+

މުހައްމަދު ސައީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް – ޕީއެންސީ

ކޮރޯނާ ވައިރަސް

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

8

މި ދަނޑިވަޅުގައިވެސް އިސްކުރަންވީ ޔާމީނަށް ދޭ އަނިޔާތޯ؟

2

މަޖިލީހުގައި އާއިލީ “ސިއްކަ” ޖެހި ނިމިއްޖެ: ސައީދު

16

އެމްޑީޕީގެ މެންބަރުން: އިންތިހާބު ފަސް ކޮށްގެން ނުވާނެ

36

މީހުން އައުން ހުއްޓުވުން އެއީ ހައްލެއް ނޫން: ނަޝީދުއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles