• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ކޮރޯނާއަށް ޝައްކުވެ އެކަހެރި ކުރި ބޭފުޅަކާ ޓްރަމްޕާ ސަލާން ކުރެއްވިކަން ހާމަވެއްޖެ

ކޮރޯނާއަށް ޝައްކުވެ އެކަހެރި ކުރި ބޭފުޅަކާ ޓްރަމްޕާ ސަލާން ކުރެއްވިކަން ހާމަވެއްޖެ



ވޮޝިންޓަން (10 މާޗް 2020) – ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރިވެވަޑައިގެން ހުންނެވި، އެމެރިކާގެ ކޮންގްރެސްގެ ދެ މެންބަރަކާ އެކު ރައީސް ޑޮނަލްޓް ޓްރަމްޕް އެއާފޯސްވަންގައި ދަތުރުކޮށް ސަލާންކޮށްފައިވާކަން ހާމަވެއްޖެ އެވެ. ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން އަމިއްލައަށް އެކަހެރިވެގެން ހުންނެވި ފްލޮރިޑާއަށް ނިސްބަތްވާ ކޮންގްރެސް މެންބަރު، ޑޮގް ކޮލީންޒް ވިދާޅުވި ގޮތުގައި ވައިރަހަށް ޝައްކުވެ ކަރަންޓީނަށް ވަޑައިގަތުމުގެ ކުރިން މިދިޔަ ހަފްތާ ހޯމަ ދުވަހު ޓްރަމްޕާ އެކު އެއާފޯސް ވަންގައި ދަތުރުކުރައްވައި، ވަނީ ރައީސްއާ ސަލާން ވެސް ކުރައްވައިފަ އެވެ. މީގެ އިތުރުން، ރައީސް ޓްރަމްޕާ އެކު ހަމަ އެ ފްލައިޓުން ދަތުރުކުރެއްވި ޖޯޖިއާއަށް ނިސްބަތްވާ ކޮންގްރެސް މެންބަރު ޑަގް ކޮލިންސް ވެސް، ވަނީ ކޮރޯނާ ވައިރަހަށް ޝައްކުވެގެން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންފަ އެވެ. މި ދެ ސެނެޓަރުން ކޮރޯނާގެ އައިސޮލޭޝަނަށް ވަޑައިގަންނަވަން ޖެހުނީ މެރަލިން ސްޓޭޓްގައި ބޭއްވި، ކޮންޒަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސުގެ ތެރެއިން ސެނެޓަރުންނާ ބައްދަލުވެ ކޮންޓެކްޓުވި ފަރާތެއް ކޮރޯނާއަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން އެދެބޭފުޅުން ސެލްފް އައިސޮލޭޝަންއަށް ވަޑައިގަންނަވަން ޖެހޭކަން އެންގީ، އެއާފޯސް ވަންގައި ޓްރަމްޕާ އެކު ތިއްބަވަނިކޮށެވެ. އެދެ ސެނެޓަރުން ވެސް ވިދާޅުވެފައިވާ ގޮތުގައި ކަރަންޓީނުގައި ތިއްބަވާތާ، މިހާރު ދެހަފްތާވުމާ ގާތްވެފައިވާއިރުވެސް ކޮވިޑް-19ގެ އެއްވެސް އަލާމާތެއް އެބޭފުޅުންގެ ކިބަޔަކުން އަދި ނުފެނެ އެވެ. އެ ރިޕޯޓްތަކާ ގުޅިގެން ވައިޓްހައުސްއިން ހާމަކުރި ގޮތުގައި އެދެ ސެނެޓަރުންނާ، ރައީސް ޓްރަމްޕްއާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވީ ނަމަވެސް، ވައިރަސް ގައިންގަޔަށް އަރާޙާ ކައިރި މުއާމަލާތްތަކެއް ހިނގާފައެއް ނުވެ އެވެ. އެހެންވެ، ޓްރަމްޕް ކޮރޯނާވައިރަސްއަށް ޓެސްޓް ނުހައްދަވާ ކަމަށް ވެސް ވައިޓްހައުސްއިން ޔަގީންކޮށްދިނެވެ. ވައިޓްހައުސްއިން އަދި ބުނީ، ޓްރަމްޕްގެ ފަރާތުން ވައިރަހުގެ އަލާމާތްތަކެއް ވެސް ފެނިފައި ނުވާ ކަމަށެވެ. “ރައީސް ޓްރަމްޕްގެ ފިޒީޝަން ގެންދަވާނީ ރައީސްގެ ސިއްހީ ހާލުކޮޅު މޮނީޓާކުރައްވަމުން. ރައީސްގެ ސިއްހީ މައްސަލައެއް ނެތް. ހުންނެވީ ހެޔޮހާލުގައި،” ވައިޓްހައުސްގެ ތަރުޖަމާން، ސްޓެފާނީ ގްރިޝާމް ވިދާޅުވި އެވެ. އެމެރިކާގައި ވަރަށް ބާރުމިނުގައި ކޮރޯނާ ވައިރަސް ފެތުރި މިހާތަނަށް 754 މީހުންނަށް ޖެހިފައިވާ އިރު، 27 މީހަކު ވަނީ އެ ވައިރަހުގައި މަރުވެފަ އެވެ. — (ނޫސްއެޖެންސީތައް)



Source link

Leave a Reply

Related Articles