• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ކޮރޯނާ ވައިރަސްގެ ސަބަބުން ހީނުކުރާވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ

ކޮރޯނާ ވައިރަސްގެ ސަބަބުން ހީނުކުރާވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެދުނިޔާގެ އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާއިން 2019 ވަނަ އަހަރު ފެނުނު ކޮވިޑް-19 ގެ ސަބަބުންމުޅި ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ފޫނުބެއްދޭވަރުގެ އިޤްޠިޞާދީ ގެއްލުންމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ދުނިޔޭގެ އިޤްޠިޞާދީ މާހިރުން ދަނީ  ލަފާ ދެއްވަމުންނެވެ. ޗައިނާގެ ވޫހާން ސިޓީގެ ވަލުުޖަނަވާރު ވިއްކާ މާރކޭޓަކުން އާންމުވި މިި ވައިރަސްގެ ސަބަބުން މުޅި ދުނިޔެ މިވަނީ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. މި ބައްޔާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން މުޅި ދުނިޔެއަށް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާއިރު މި ބަލީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ ދުނިޔޭގެ އިޤްޠިޞާދަށެވެ. ގިނަ ޤައުމުތަކުން ޗައިނާއަށް ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލާފައި ވާއިރު ދިވެހި ރާއްޖޭގެ ސަރުކާރުންވެސް ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ވައިގެމަގުން ކުރާ ސީދާ ދަތުރުތައް ހުއްޓާލުމަށް އަންގަވާފައެވެ. ދިވެހިރާއްޖެއަކީ މުޅި ޤައުމުގެ އިޤްޠިޞާދު ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު މިބަލީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްޠިޞާދަށްވެސް ހީނުކުރާވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުުވެރިން ޒިޔާރައްކުރާ އެއްޤައުމަކީ ޗައިނާ ކަމަށް ވެފައި ފާއިތުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން ދިވެހިރާއްޖޭގެ ގިނަ ރިޒޯޓަތަކަށް ހަދާފައިވާ ޓުއަރިސްޓް ބުކިންތައް ދަނީ ކެންސަލަވަމުންނެވެ. ވުމާއެކު ދިވެހިރާއްޖޭގެ އިޤްޠިޞާދަށް ވަންނަ ފައިސާ މަދުވެ ބޮޑެތި ގެއްލުންތަކަކާ މި ކުޑަ ކުޑަ ރާއްޖެ ވަނީ ކުރިމަތިލާން ޖެހިފައެވެ. އުފެއްދުންތެރިކަން ކުޑަ ޤައުމަކަށް ރާއްޖެވެފައިވާއިރު ކެއިން ބުއިމަށާއި އެހެނިހެން އަސާސީ ބޭނުންތަކަށް ބޭރުގެ ޤައުމުތަކުގެ އުފެއްދުންތައް އެތެރެކޮށް ބޭނުންކުރުމަށް މަޖުބޫރުވެފައިވާ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހިފައި މިވަނީ ބޮޑު ބިރުވެރި ކަމަކާއެވެ. މިބަލިން ރައްކަައުތެރިވުމުގެ ވުމުގެ ގޮތުުން ދިވެހިރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އާއްމު ސިއްޙަތާއި ސަލާމަތްތެރިކަމަށް މުޅި ދިވެހިރާއްޖެއަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ގިިނަމީހުން އެއްތަނަކަށް އެއްވެ އުޅުމާއި ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްޙީ ފަރުވާ ދޭ ތަންތަނަށް އާއްމުން ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާއިން ވެސް ވަނީ މަދަރުސާތަކުގައި ދަރިވަރުންނަށް ހިންގޭ އިތުުރު ޙަރަކާތްތައް ހުއްޓާލުމަށް އަންގަވާފައެވެ. 

މިލިޔުން ކިޔާލުމުން

20.0 %
އުފާވި

80.0 %
ދެރަވި

0 %
ރުޅިއައި

0 %
މައުލޫމާތު މުއްސަނދިވިSource link

Leave a Reply

Related Articles