• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް އަށް ޓެސްޓުކުރެވޭ ކްލިނިކެއް މިއަދު ހުޅުވަނީ

ކޮވިޑް އަށް ޓެސްޓުކުރެވޭ ކްލިނިކެއް މިއަދު ހުޅުވަނީކޮވިޑް-19 އަށް ޓެސްޓުކުރެވޭ ކްލިނިކެއް މިއަދު މާލޭގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގައި ހަ މީހަކު މިހާތަނަށް ކޮވިޑް އަށް ޕޮސިޓިވް ވެފައިވާއިރު ވެރިރަށް މާލޭގައި ވެސް މިބައްޔަށް ޝައްކުކުރެވޭތީ މީހަކު ވަނީ އެކަހެރިކޮށްފައެވެ.
ކޮންމެ ދުވަހަކު ވެސް ސަރުކާރުން ކޮވިޑް އާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ނޫސްކޮންފަރެންސް ބާއްވަމުން އަންނައިރު ރޭ ބޭއްވި ޕްރެސްގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ހުޅުވާ ކްލިނިކު ހުޅުވާނީ ހިޔާ ދޭއްގަ ކަމަށެވެ.
ރާއްޖެއިން ހަ މީހަކު ކޮވިޑް އަށް ޕޮސިޓިވް ވެފައިވާއިރު ފަރުކޮޅުފުށީފައި 11 މީހަކު ކަރަންޓީނު ކޮށްފައި އެބަ ތިއްބެވެ.
މުޅި ދުނިޔޭގައި މިހާތަނަށް އެއްލައްކަ އެގާރަ ހާހަށްވުރެ ގިނަ މީހުން ޕޮސިޓިވް ވެފައިވާއިރު 4000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދު ވަނީ 62،392 ގައެވެ.Source link

Leave a Reply

Related Articles