• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ބަލިވި ގިނަ މީހުން ރަނގަޅުވެއްޖެ

ކޮވިޑް-19: ބަލިވި ގިނަ މީހުން ރަނގަޅުވެއްޖެ


ޗައިނާގައި ފެތުރެން ފެށި އާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މުޅި ދުނިޔެ އަށް ބަލާއިރު އިތުރުވަމުން ދިޔަ ނަމަވެސް، ބަލި ޖެހުނު މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ރަނގަޅު ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި ވަގުތުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް 114،443 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ނަމަވެސް އޭގެ ތެރެއިން 64،154 މީހަކު މިހާރު ވަނި ރަނގަޅު ވެފަ އެވެ. އެހެންވެ ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަކަކީ 50،289 އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި ވެސް ވަނީ ހަ މީހަކު ޕޮޒިޓިވް ވެފަ އެވެ. އެއާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ވައިރަސް ހުރެދާނެ މީހުން އެކަހެރިކޮށް ޓެސްޓުތައް އަންނަނީ ކުރަމުންނެވެ.

ބަލި ޖެހިގެން 4،026 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ކުރިން ވެސް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

އެންމެ ފުރަތަމަ ވައިރަސް ފެތުރެން ފެށި ޗައިނާގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެ، ބަލި މީހުންގެ އަދަދު ވެސް ނިސްބަތުން ވަރަށް ބޮޑަށް މަދުވެފަ އެވެ. ބަލި ޖެހޭ މީހުން ގިނަ ވަގުތީ ހޮސްޕިޓަލްތައް ހެދި ނަމަވެސް އޭގެ ތެރެއިން ބައެއް ހޮސްޕިޓަލްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި އަލަށް ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިން އެތައް ހާހަކުން ގުނެމުން ދިޔަ ނަމަވެސް، ވައިރަސްގެ ނުރައްކާ ބޮޑު ހުބެއި ޕްރޮވިންސުން އިއްޔެ އަލަށް ރިޕޯޓްކުރީ އެންމެ 17 ކޭހެވެ.

ވައިރަސްގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވަނީ އިޓަލީގަ އެވެ. ވައިރަސް ކޮންޓްރޯލް ކުރަން މިހާރު ބަންދު ކޮށްފައިވާ އިޓަލީން މިހާތަނަށް 9،172 މީހުންނަށް ބަލި ޖެހިފައި ވާއިރު 724 މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެ ގައުމުން 463 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ކޮވިޑް-19 ގައި މަރުވާ ރޭޓަކީ 3.4 ޕަސެންޓެވެ. އެކަމަކު ތަޖުރިބާކާރުން ލަފާކުރަނީ ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މި ބަލީގައި މަރުވާ ރޭޓް މިހާރ ހުރި ވަރަށް ވުރެ މާބޮޑަށް ވެސް ދަށްވާނެ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް މިދިޔަ ހަފުތާގައި ވިދާޅެފައިވާ ގޮތުގައި އާންމު ފްލޫތައް ފެތުރޭ ގޮތާ ޚިލާފަށް ކޮވިޑް-19 ޖެހި ހަށިގަނޑުން އެކަމުގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ފަރާތުން ވެސް އެހެން މީހުންނަށް ބަލި ޖެހިދާނެ އެވެ. އަދި ބަލި ޖެހުނުކަން ނޭނގި، އެއްވެސް އަލާމާތެއް ނުފެނި ހުރެ ވެސް ބަލިން ފަސޭހަ ވެސް ވެ އެވެ.

ނަމަވެސް ކޮވިޑް-19 އަކީ އަދި އިންސާނުންނަށް މުޅިން އާ ބައްޔަކަށް ވުމުން އެ ބައްޔާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތްކުރަން ދަސްކުރަން ވަގުތު ނަގާނެތީ ކޮވިޑް-19 ގައި ބައެއް މީހުންނަށް ބޮޑުވަރު ވެދާނެކަން ޓެޑްރޮސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގައި ބޮޑުވަރު ނުވާ މީހުން ދެ ހަފުތާއެއްގެ ތެރޭ އެއްކޮށް ރަނގަޅުވެ އެވެ. އަދި ބޮޑުވަރުވާ މީހުން ވެސް 3-6 ހަފުތާ ތެރޭ ރަނގަޅުވެ އެވެ.



Source link

Leave a Reply

Related Articles