• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ މާލޭގައި މަޑުކޮށްފައިވޭ: މަބްރޫކް

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ މާލޭގައި މަޑުކޮށްފައިވޭ: މަބްރޫކް


ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިޓަލީ މީހާ ފުރަންގޮސް، ނުފުރިގެން މާގިރި ހޮޓަލަށް އައިސްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.އިޓަލީ ފަތުރުވެރިޔާއަކީ، އޭނާ އެނބުރި ޤައުމަށް ދިޔަފަހުން ބައްޔަށް ޕޮޒިޓިވްކަމަށް ދެއްކި މީހެކެވެ.ކޮވިޑް-19 އާއިގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ އުޅުނު ގޮތްތައް ބެލިއިރު، ފުރަންގޮސް، ނުފުރިގެން 2 ދުވަސް ވަންދެން މަޑުކުރި ކަމަށެވެ. އަދި އެޔަށްފަހު ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަށް ގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.މަބްރޫކް ވިދާޅުވީ އޭގެތެރެއިން ޔުނިވަރސަލް ޓިކެޓިން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާކަމަށެވެ. އަދި ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ މީހާ ފަރުކޮޅުފުއްޓަށް ގެންދާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ ތެރޭގައި އޭނާ ހުރި މާގިރި ހޮޓެލްގެ 15 މީހަކު، ސެލްފް އައިސޮލޭޝަންގައި ތިބުމަށް ވަނީ އަންގާފައެވެ. އަދި މި މީހުންގެ ފުށުން ބަލީގެ އެއްވެސް ކަހަލަ އަލާމަތެއް ފެނިއްޖެނަމަ އައިސޮލޭޝަނަސް ގެންގޮށް ޓެސްޓު ކުރެވޭނެއެވެ.ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަތަރު މީހަކު ވަނީ ފެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ ފަތުރުވެރިޔާ ހުރެފައި ދިޔަ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސް އުޅުނު އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.



Source link

Leave a Reply

Related Articles