• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހާގެ މައްސަލައިގައި ކުރެއްދޫއިން އިހުމާލުވެފައިވޭތޯ ބަލަނީ!

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހާގެ މައްސަލައިގައި ކުރެއްދޫއިން އިހުމާލުވެފައިވޭތޯ ބަލަނީ!


ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިޓަލީ ފަތުރުވެރިޔާގެ މައްސަލައިގައި އެ ރިސޯޓުން އިހުމާލުވެފައިވޭތޯ ބަލަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.މިކަން ހާމަކުރެއްވީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ. އެގޮތުން އެ ފަތުރުވެރިޔާއަށް ނުފުރިގެން މާލެ އައިސް ދެ ދުވަސް ހޭދަކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަަމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވިއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ އެ ރިސޯޓުގައި ހުއްޓާ ހުން އައިސްގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. ވައިރަސް ހުރިތޯ ޓެސްޓްކުރި މީހުންގެ ތެރޭގައި ޑޮކްޓަރުވެސް ހިމެނެއެވެ. އަދި އެންމެ ފުރަތަމަ ރާއްޖެއިން ޕޮޒިޓިވްވީ ދެ މީހުންނަކީވެސް އެ ރިސޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.ފަތުރުވެރިޔާ މާލެ އައުމަށްފަހު، ދެ ދުވަސް ވަންދެން ހުރި މާގިރި ހޮޓެލުގެ 15 މީހަކު ސެލްފް އައިސޮލޭޓް ވުމަށް ވަނީ އަންގާފައެވެ. އަދި އޭނާގެ ޓިކެޓު ބަދަލުކުރަން ދިޔަ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ އެއް މުވައްޒަފަކު ސެލްފް އައިސޮލޭޓް ވުމަށް އެނގުމަށްފަހު، ބަލީގެ އަލާމާތްތަކެއް ފެނިގެން އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ.ސަރުކާރުން މީގެ މަހެއްހާ ދުވަސްކުރިން، މިކަމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީ އަދި ބައްޔަށް ޝައްކުކުރެވޭ މީހަކު ހުރެއްޖެނަމަ ކަންކުރާނެ އުސޫލުތައް ވަނީ ކަނޑައަޅާ އާންމުކޮށްފައެވެ. އަދި ސަރުކާރުން އެކި ފަހަރު މަތިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ، މި ވައިރަހާ ގުޅިގެން ގޮތް ނިންމުމުގައި އަދި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްއޫލުވެރިންނާ ވަރަށް ގާތުން މަޝްވަރާކުރެވިފައިވާ ކަމަށް ބުނެފައެވެ.އެންމެ ފަހުން އާންމުކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު، އެ ރިސޯޓު އޮތީ ލޮކްޑައުންގައެވެ. އަދި 1427 މީހުން އެ ރަށުގައި ތިބިއިރު، އޭގެ ތެރޭގައި 699 ފަތުރުވެރިން ހިމެނެއެވެ. ފަތުރުވެރިންގެ ތެރޭގައި 4 ދިވެއްސަކު ހިމެނެއެވެ. ބާކީތިބީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، 93 މީހަކު އައިސޮލޭޓް ކުރެވިފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.



Source link

Leave a Reply

Related Articles