• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އާއި ގުޅިގެން މުވައްޒިފުންނާއި، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަމުންގެންދަން: ބީއެމްއެލް

ކޮވިޑް-19 އާއި ގުޅިގެން މުވައްޒިފުންނާއި، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަމުންގެންދަން: ބީއެމްއެލް


މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ ލަފަޔާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ، ވިދާޅުވެއްޖެއެވެ.ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ބޭންކުގެ ހުރިހާ އޮފީސްތަކާއި، އޭޓީއެމް ސެންޓަރުތަކާއި ބްރާންޗްތަކުގައި ސެނިޓައިޒާ ބެހެއްޓުމާއެކު ސާފުކުރުން އިތުރުކޮށް ޑީސްއިންފެންކްޓް ކުރަމުން އަންނަ ކަމަށެވެ. އަދި މާބަނޑު މުވައްޒަފުންގެ ރައްކާތެރިކަން އިތުރުކުރުމާއި، ބައްޔަކަށް މިހާރުވެސް ފަރުވާކުރަމުންދާ ފަރާތްތަކުގެ ވަޒީފާގެ ރޯލް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި ބަދަލުކުރާނެކަމަށް ސީއީއޯ ވިދާޅުވި އެވެ.ހަލުވިކަމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް ރާއްޖެއިން ބައްޔަށް 4 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ދެ ރިސޯޓެއް ލޮކްޑައުންކޮށްފައިވެއެވެ.އިތުރަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވަނީ އެއްވެސް ރަހުނަކާ ނުލައި ވިޔަފާރިތަކަށް ހާއްސަކޮށް ތައާރަފްކުރެވުނު ލޯންތަކާއިބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން ސީއީއޯ ވިދާޅުވީ އެއްވެސް ރަހުނަކާ ނުލައި ދޫކުރުމަށް ހަމަޖެހިފައިވާ މި ފެސިލިޓީއަކީ މުޅި ރާއްޖޭގައިވެސް އަލަށް ތައާރަފްކުރެވޭ ފެސިލިޓީއެއްކަމަށެވެ. އަދި ވިޔަފާރިތައް ހިންގުމަށް މިވަގުތު ދިމާވެފައިވާ ދަތިތަކަށް މި ފެސިލިޓީވެގެން ދާނި ވަރަށް ބޮޑު އެހީއަކަށްކަމަށް ވިދާޅުވި އެވެ.މި ފެސިލިޓީ ވެގެންދާނީ ވިޔަފާރި ކުރަން ފައިސާ ލިބުމާއި، ކޭޝް ފްލޯ އިތުރުކުރުމަށް އަދި ވިޔަފާރިއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ބޮޑު ފަސޭހައަކަށްކަން ފާހަގަކޮށް ސީއީއޯ ވިދާޅުވީ، ރީޓެއިލަރުންނާއި މަރޗަންޓުން އަދި ކުދި ވިޔަފާރިތަކަށް މުހިންމު އަދި ބޭނުންވާ ފައިސާ މިހާރަށްވުރެ ފަސޭހަކޮށް ލިބޭނެ މި ފެސިލިޓީގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.



Source link

Leave a Reply

Related Articles