• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: އިހުމާލުވެފައިވާނަމަ، ވަކިމީހަކަށް ނުބަލާ ފިޔަވަޅުއަޅާނެ: މަބްރޫކް

ކޮވިޑް-19: އިހުމާލުވެފައިވާނަމަ، ވަކިމީހަކަށް ނުބަލާ ފިޔަވަޅުއަޅާނެ: މަބްރޫކް


ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ކޮރޯނާވައިރަސް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ އިޓަލީ ފަތުރުވެރިޔާ ފުރައިގެން ދިއުމުގައި އިހުމާލުވެފައިވާނަމަ، ވަކި މަޤާމެއްގައި ހުރި މީހަކަށް ނުބަލައި، ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސްޕަރސަން އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު، އޭނާ ރާއްޖެއިން ފުރިފަހުން، އޭނާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އޭނާ އިޓަލީއަށް ގޮސް ޓެސްޓު ހެދުމުން ކަމަށް ވެއެވެ. ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި އޭނާ ކުރެއްދޫގައި ހުރިއިރުވެސް، ރޯގާ ޖެހިގެން ކުރެއްދޫގައި ހުންނަ ޑޮކްޓަރަށް ދެއްކިއެވެ.އޭނާ ރާއްޖެއިން ފުރުމަށް ފްލައިޓަށް އެރުމުން އޭނާގެ އިތުރު ޞިއްޙީ މައްސަލައެއް ދިމާވެގެން ފްލައިޓުން ބޭލިކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ފަހުން އޭނާ މާލެ އައިސް މާގިރި ހޮޓަލަށް ދިޔަކަމަށާއި އަދި ޔުނިވަރސަލްގެ އެއަރލައިން ޓިކެޓް އޮފީހަށް ދިޔަކަމަށްވެސް ވެއެވެ.ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭތީ، އެކަމާގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ހޯމަ ދުވަހު ފުލުހުންނަށް ޢަމުރު ކުރައްވާފައެވެ.މަބްރޫކް ވިދާޅުވީ އެންމެ އިސްވާނީ ރައްޔިތުންގެ މަޞްލަޙަތު ކަމަށާއި، އިގްތިޞާދަކީވެސް ރައްޔިތުންކަން ދަނެގެން، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރައްވާނެ ކަމަށެވެ.ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީ ފަތުރުވެރިޔާ ވައިރަސްއަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ރިސޯޓުގައި ތިބި ފަރާތްތައް ވަނީ މި ބައްޔަށް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް ވަނީ މި ބައްޔަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.އެއާއެކު ސަރުކާރުން މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް މީހުން އަރާ، ފޭބުން މަނާކޮށްފައެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles