• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ފާއިތުވި 14 ދުވަސްތެރޭ ބަނގްލަދޭޝްއަށް ދިޔަ މީހުންވެސް ރާއްޖެއައުން މަނާ ކުރަނީ

ކޮވިޑް-19: ފާއިތުވި 14 ދުވަސްތެރޭ ބަނގްލަދޭޝްއަށް ދިޔަ މީހުންވެސް ރާއްޖެއައުން މަނާ ކުރަނީ


ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދަތުރުކޮށްފައިވާ މީހުން، ރާއްޖެއައުން މަނާކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.އިމިގްރޭޝަނުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދިޔަ މީހުން ރާއްޖެއައުމާއި، ޓްރާންސިޓް ކުރުން މިހިނގާ މާރޗު މަހުގެ 10 އިން ފެށިގެން 24 ގެ ނިޔަލަށް މަނާކޮށްފައިވާކަމަށެވެ.ނަމަވެސް ބަނގްލަދޭޝް ރައްޔިތުންގެ ތެރެއިން އެހެން ޤައުމެއްގައި ދިރިއުޅޭ މީހުން ނުވަތަ ފާއިތުވި 14 ދުވަހުގެތެރޭގައި އެހެން ޤައުމެއްގައި ދިރިއުޅެފައިވާ މީހުން އޭގެން އިސްތިސްނާވާނެ ކަމަށް އިމިގްރޭޝަން އޮފީހުން ނެރުނު ދަތުރުފަތުރުގެ ސަމާލު (ޓްރެވަލް އެޑްވައިސަރީ) ގައި ވަނީ ބުނެފައެވެ.ބަނގްލަދޭޝްގެ އިތުރުން މި ލިސްޓުގައި ޗައިނާ، އީރާން، އަދި އިޓަލީގެ އިތުރުން ސައުތު ކޮރެއާގެ ޖިއޮންގސަންގ އާއި ޖިއޮންގނަމް ޕްރޮވިންސްވެސް ވަނީ ހިމެނިފައެވެ.
ޤައުމުތަކަށް ރާއްޖެއިން ދަތުރުފަތުރުގެ ސަމާލު ނެރިފައިވާ ތާރީޚުތައް

ޗައިނާ: 4 ފެބްރުއަރީން ފެށިގެންއީރާން: 26 ފެބްރުއަރީން ފެށިގެންސައުތް ކޮރެއާގެ 2 ޕްރޮވިންސް: 3 މާރޗުން ފެށިގެންއިޓަލީ: 8 މާރޗުން ފެށިގެންބަނގްލަދޭޝް: 10 މާރޗުން ފެށިގެންއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles