• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ޔުނިވަރސަލްގެ މުވައްޒަފާއި ފޯކައިދޫއިން ގެންދިޔަ މީހާ ނެގެޓިވް

ކޮވިޑް-19: ޔުނިވަރސަލްގެ މުވައްޒަފާއި ފޯކައިދޫއިން ގެންދިޔަ މީހާ ނެގެޓިވް


ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން ކަރަންޓީނު ކުރި ޔުނިވަރސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފާއި ށ. ފޯކައިދޫއިން ބައްޔަށް ޝައްކުވި ކުރެއްދޫ މުވައްޒަފު ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެންމެ ފަހުން ނެގުނު 3 މީހުންގެ ސާމްޕަލް ނެގެޓިވް ކަމަށެވެ. އޭގެތެރޭގައި ފޯކައިދޫން ގެނެވުނު މީހާއާއި ޔުނިވަރސަލް ޓިކެޓް އޮފީހުގެ މީހާވެސް ހިމެނޭކަމަށެވެ.

މިހާތަނަށް ރާއްޖެއިން މިވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 6 މީހުން ވަނީ ފެނިފަ އެވެ.އަދި އދ. ވިލަމެންދޫ ރިސޯޓުގައި މަަސައްކަތްކުރަމުންދާ ދިވެހި މުވައްޒަފެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން، އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.ވިލަމެންދޫ ރިސޯޓް ލޮކްޑައުން ކުރަން ނިންމުމާއި ގުޅިގެން މިހާރު ރާއްޖޭގެ ތިން ރަށެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އެ ތިން ރަށަކީވެސް ރިސޯޓުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލި އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި، އއ. ސޭންޑީސް ބަތަލާ އަދި އދ. ވިލަމެންދޫއެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles