• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ކަރަންޓީން ކުރި ތިން މީހަކު ބައްޔަށް ނެގެޓިވް

ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ކަރަންޓީން ކުރި ތިން މީހަކު ބައްޔަށް ނެގެޓިވް



ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ގެ އަލާމާތްތައް ހުރުމުން ކަރަންޓީން ކުރި މީހުންގެ ތެރެއިން ތިން މީހަކު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ނެގެޓިވް ވެފައިވަނީ އެބަލީގެ އަލާމާތްތައް ހުރުމުން ށ. ފޯކައިދޫ އިން ކަރަންޓީނަށް ގެންދިޔަ މީހުންނާއި އެމިރޭޓްސް ޓިކެޓު އޮފީހުގެ މުވައްޒަފު ކަމަށެވެ. އެޗްޕީއޭއިން އިއްޔެ ބުނެފައިވަނީ ޅ. ހިންނަވަރުގައި ހޯމް އައިސޮލޭޝަންގައި ހުރި މީހެއްގެ ސާމްޕަލް ނަަގައި ބައްޔަށް ޓެސްޓު ކުރާނެ ކަމަށެވެ.
އެޗްޕީއޭ އިން މިއަދު ހެނދުނު ބުނީ އދ. ވިލަމެންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފަކު ކޮވިޑް އަށް ޝައްކު ކުރެވިގެން އޭނާގެ ޓެސްތުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.



Source link

Leave a Reply

Related Articles