• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ ތަހުނިޔާ ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު “ކޮމަންވެލްތް ޑޭ”ގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.ހޯމަ ދުވަހު ފާހަގަކުރާ، މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބާގައި ރައީސް ޞާލިޙު ފޮނުއްވި މެސެޖުގައި، މިއަހަރުގެ ކޮމަންވެލްތު ދުވަސް ރާއްޖެއަށް ވަކިން ޚާއްސަވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.އެގޮތުން ރާއްޖެއަކީ، ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވީނަމަވެސް އެއްވެސް ބަޔަކީ އަނެއްބަޔަކާ ނުގުޅި ވަކިން އުޅެވޭނެ ބައެއް ނޫންކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، ކޮމަންވެލްތާއި އަލުން ގުޅުން ބަދަހިކުރުމުގެ މައިގަނޑު އެއް މަޤްސަދަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން އެކީ އެކަތިގަނޑަކަށްވެ، މަސައްކަތްކުރުންކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމަންވެލްތުގެ ޢާއިލާއާ ގުޅިގެން ކުރިޔަށް ދިއުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއްކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.ކޮމަންވެލްތަކީ ތަފާތު ސަޤާފަތްތަކާއި އަދި އިޤްތިސާދީ ކުރިއެރުންތައްވެސް އެކި މިންވަރަށް ހޯދާފައިވާ ޤައުމުތަކާއި އިޖްތިމާޢީ ގޮތުންވެސް ތަފާތު އެތައް ކަމެއް ހިމެނޭ ޤައުމުތަކުގެ މީހުން ގުޅިގެން އެއް ޢަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ޖަމާޢަތެއްކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން، ސެޖުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މީގެ ކުރިންވެސް އެތައް ފައިދާތަކެއް ލިބިފައިވާކަމަށާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ކޮމަންވެލްތާއި ގުޅިގެން އެތައްދާއިރާއަކުން ރާއްޖެއަށް ކުރިއަށްއެރުންތައް ގެނެސްދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.ކޮމަންވެލްތަކީ ޑިކޮމްރަސީގެ އުޞޫލުތައް ކުރިއެރުވުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ތަޢުލީމާއި، ޞިއްޙަތާއި ކުޅިވަރުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކޮމަންވެލްތުން އަގުނުކުރެވޭހާ މުހިންމު އެހީތެރިކަމާއި އެއްބާލުރުން ލިބެމުން އަންނަކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުދި ޤައުމުތަކުގެ އަޑު އުފުލައިދިނުމުގައި ކޮމަންވެލްތުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ހުރިހާ ފަންތިއެއްގައިވެސް ކޮމަންވެލްތާއެކު މަސައްކަތްކުރަން ބޭނުންވާކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.ކޮމަންވެލްތުގެ ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްކަމުގައި ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ވެސް ކޮމަންވެލްތުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ޢަދަދެއްގެ ދަރިވަރުންތަކަކަށް ކޮމަންވެލްތުގެ ސްކޯލަރޝިޕް ލިބިފައިވާކަމާއި މުވައްސަސާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީނުގެ ފުރުޞަތުތައް ވެސް ކޮމަންވެލްތުން ރާއްޖެއަށް ފަހިކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.މި މުނާސަބާގައި ރައީސް ޞާލިޙު ފޮނުއްވި މެސެޖު ނިންމަވާލައްވަމުން، އީޖާދީ ބަދަލުތަކެއް ގެނެވޭވަރުގެ މަސައްކަތްތަކަކާއެކު އަދި ގުޅުންތައް ބަދަހިކުރެވިގެން ކޮމަންވެލްތު ޤައުމުތަކަށް ހަރުދަނާ ކުރިމަގެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފައިވެއެވެ.ރާއްޖެ ކޮމަންވެލްތުގެ ޢާއިލާއާ އަލުން ގުޅިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖެއިން އަލުން ކޮމަންވެލްތުގެ ޢާއިލާއާ ގުޅުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.



Source link

Leave a Reply

Related Articles