• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޯވިޑް-19: 8 ބިދޭސީއަކު ކަރަންޓީން ކޮށްފި

ކޯވިޑް-19: 8 ބިދޭސީއަކު ކަރަންޓީން ކޮށްފި


ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަށް ބިދޭސީއަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އެޗްޕީއޭއިން ބުނެފިއެވެ.ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓްގައި ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮންރަށަކުން ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.މި ވައިރަސްއަށް ޕޮޒިޓިވްވީ އެންމެންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިންވެސް އަދި ދުނިޔޭގެ އެހެން ގައުމަކުންވެސް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ޕޮޒިޓިވްވީ އެންމެންގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދީފައެވެ.މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ވަނީ އޮރެންޖް އެލަރޓުގައެވެ. އަދި ދެ ރިސޯޓުންވެސް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles