• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިހުމާލުވެފައިވާނަމަ ވަކި މީހަކަށް ނުބަލައި ފިޔަވަޅު އަޅާނެ: މަބްރޫކް

އިހުމާލުވެފައިވާނަމަ ވަކި މީހަކަށް ނުބަލައި ފިޔަވަޅު އަޅާނެ: މަބްރޫކްކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔުމުގައި އިހުމާލުވެފައިވާނަމަ ވަކި ލެވެލް އަކަށް ނުބަލައި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިރޭ ފުލުހުންނަށް އަމުރު ކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ މިކަމުގައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ ސަރުކާރުން ފުރިހަމަ އަށް ފިޔަވަޅު އަޅާނެ ކަމަށާއި ފިޔަވަޅު އެޅުމުގައި ވަކި ލެވެލް އަކަށް އަދި ވަކި ބޭފުޅަކަށް ބެއްލެވުމެއް ނޯންނާނެ ކަމަށެވެ.
“މިހާރުން މިހާރަށް ދަންނަވަން އިނގެނީ، ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެގެން، އިގްތިސާދަކީ ވެސް ރައްޔިތުންކަން ދަނެގެން، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ” މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ވަނީ އޭނާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އެގޮތުން މާގިރި ހޮޓަލްގައި ވެސް މަޑުކޮށް، މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ގޮސްފައިވާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން މާގިރި ހޮޓަލްގައި އެ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 13 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ޓިކެޓިން އޮފީހުގައި މަސައްކަތް ކުރާ އެކަކު ވަނީ ބައްޔަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ.
ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ރިސޯޓުގައި ތިބި ފަރާތްތައް ވަނީ މި ބައްޔަށް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް ވަނީ މި ބައްޔަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.
އެއާއެކު ސަރުކާރުން މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައެވެ.އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles