• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިތުރު ދިވެއްސަކު އައިސޮލޭޝަނަށް: ވިލަމެންދޫ ރިސޯޓް ލޮކްޑައުން ކޮށްފި!

އިތުރު ދިވެއްސަކު އައިސޮލޭޝަނަށް: ވިލަމެންދޫ ރިސޯޓް ލޮކްޑައުން ކޮށްފި!


އދ. ވިލަމެންދޫ ރިސޯޓުގައި މަަސައްކަތްކުރަމުންދާ ދިވެހި މުވައްޒަފެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން، އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.މިކަމާއި ގުޅިގެން އެޗްޕީއޭއިން ކުރި ޓްވީޓުގައި ވަނީ އެ މީހާ ފުށުން މި ބަލީގެ އަލާމާތްތައް ފެނުމާއި ގުޅިގެން، ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގ ހަދަމުން ދިއުމާއި ގުޅިގެން، އެ ރަށުން އަރާ ފޭބުން ވަނީ ވަގުތީ ގޮތުން މަނާކުރެވިފައެވެ.

ވިލަމެންދޫ ރިސޯޓް ލޮކްޑައުން ކުރަން ނިންމުމާއި ގުޅިގެން މިހާރު ރާއްޖޭގެ ތިން ރަށެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އެ ތިން ރަށަކީވެސް ރިސޯޓުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލި އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި، އއ. ސޭންޑީސް ބަތަލާ އަދި އދ. ވިލަމެންދޫއެވެ.ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަ މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެއީ ހަމަ ބިދޭސީންނެވެ.އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles