• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިޓަލީ މީހާއާ ގުޅޭ ތުހުމަތުތަކަށް ޖިނާއީ ތަހުގީގެއް ކުރަން އަމުރުކޮށްފި

އިޓަލީ މީހާއާ ގުޅޭ ތުހުމަތުތަކަށް ޖިނާއީ ތަހުގީގެއް ކުރަން އަމުރުކޮށްފި


އައު ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް:

ކޮރޯނާ ވައިރަހަށް ރާއްޖޭގައި ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ބަލި ފެތުރެން ފެށީ، ބައެއްގެ އިހުމާލުންކަމަށް ކުރަމުންދާ ތުހުމަތުތަކަށް ޖިނާއީ ތަހުގީގެއް ކުރުމަށް ޕްރޮސެކިޔުޓަރު ޖެނެރަލް (ޕީޖީ) ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެނބުރި ގައުމަށް ދިޔަ ފަހުންކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް މިއަދު ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އޭނާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

ނަމަވެސް، އެ މީހާއަށް ނުފުރުނީ، ބޯޓު މަތީގައި އަނބުރައިގަނެގެން ކަމަށާއި، އޭނާ ބޯޓުން ބާލައިގެން އެއާޕޯޓުގެ ކްލިނިކަށް ގެންދިޔަކަމުގެ ތުހުމަތުތައްވެސް ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލާގައި ވައިރަހަށް ޝައްކުކުރެވުނު މީހާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް އަމުރު ކުރައްވާފައިކަން ޕީޖީގެ އޮފީހުން ބުންޏެވެ.

މީގެކުރިން ސަރުކާރުން ހާމަކުރި ގޮތުގައި އިޓަލީ މީހާ ޖުމްލަ 173 މީހަކާ އެކި ގޮތްގޮތުން ކޮންޓެކްޓްވިކަން ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވިފައިވެ އެވެ.

އޭގެ އިތުރުން ދެން ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ އިޓަލީގެ ޓޫރިސްޓެވެ. އެ ދެ މީހުން ވެސް ކަރަންޓީނުކޮށްފައިވާއިރު ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ކުރެއްދޫ އާއި ބަތަލާ މިހާރު އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެ ދެ ރިސޯޓްގައި ވެސް ބައެއް މީހުން ރޫމް ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އަދި އެމީހުންގެ ކަންކަން ދަނީ މޮނީޓާ ކުރަމުންނެވެ. އެ ދެ ރިސޯޓްގައި އަދިވެސް އިޓަލީ މީހުން އެބަ ތިއްބެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް

ކޮރޯނާ ވައިރަސް

ކޮވިޑް-19

+

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ހުސައިން ޝަމީމް

އެޗްޕީއޭ

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

“އެމްވީކްރައިސިސް” މައްސަލާގައި ޝުމްބާގެ ފޯނު އަތުލައިފި

ކުރެއްދޫގައި އެކަހެރިކުރި 90 މީހުންގެ ފަރާތުން އަލާމާތެއް ނުފެނޭ

ފަހުން ޕޮޒިޓިވްވީ ވެސް ދެ ބިދޭސީން: އެޗްޕީއޭ

އިތުރު ދެ މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ



Source link

Leave a Reply

Related Articles