• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އެމްޓީސީސީގެ ވެހިކަލްތައް ޑިސްއިންފެކްޓު ކުރަނީ

އެމްޓީސީސީގެ ވެހިކަލްތައް ޑިސްއިންފެކްޓު ކުރަނީ


އެމްޓީސީސީގެ ވެހިކަލް އެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ ސްޓާފެއް —

މިހާރު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އެމްޓީސީސީއިން ބޭނުންކުރާ ވެހިކަލްތައް ޑިސްއިންފެކްޓްކުރަން ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ކޮންމެ ދުވަހަކު މީހުން ދަތުރު ކުރާ ވެހިކަލްތައް ޑިސްއިންފެކްޓްކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، ހުޅުމާލެ އިން ހުޅުލެ އަށް ދުއްވާ ބަހާއި ޕްރައިވެޓް ކާރުތައް އަދި ހުޅުމާލޭގެ ތެރޭގައި ދުއްވާ ބަސްތައް ގަވައިދުން ޑިސްއިންފެކްޓްކުރަމުން ގެންދާނެ ކަމަށެވެ.

ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ކޮންމެ ދުވަހަކު އެތައް ބަޔަކު ބަސް ދަތުރުތައް ކުރެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އެއާޕޯޓުގައި މަސައްކަތް ކުރާ ސްޓާފުންނެވެ.

އެމްޓީސީސީގެ އިތުރުން އެމްޕީއެލްގެ ބަސްތައްވެސް ޑިސްއިންފެކްޓްކުރަން މިހާރު ފަށައިފައިވާ ކަަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ވައިރަސް ރާއްޖޭން ވެސް ފެނިފައިވާއިރު، ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާއާ ކޮންޓެކްޓްވި ޔުނިވާސަލް ޓިކެޓިން އޮފީހުގެ މުވައްޒަފު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ. އޭގެ ފަހުން ރޭ އަނެއްކާ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ހައަކަށް އަރައިފަ އެވެ.

ކުރެއްދޫ އާއި ބަތަލާ ރިސޯޓު މިހާރު އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެ ދެ ރިސޯޓުގައި ވެސް ބައެއް މީހުން ރޫމް ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ.

އެމްޓީސީސީ

ކޮރޯނާ ވައިރަސް

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

މާގިރި ހޮޓާ ބަންދުކޮށްފި

ހިންނަވަރުގައި އެކަހެރިކުރި މީހާގެ ނަތީޖާ ނެގަޓިވް

3

މިވަގުތަށް ސްކޫލްތައް ބަންދެއް ނުކުރާނެ: މަބުރޫކު

6

ކޮންމެ ކަމެއް ނަޝީދަށް “ދޫކޮށްލައްވާތީ” ރައީސަށް ފާޑުކިޔުން



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles