• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ވަރި ހަަމަ

ވަރި ހަަމަ


300667

ޒަމާން ތަރައްގީވުމުގެ އެންމެ ބޮޑު ބަލިފަޔަކީ މީހުންގެ ވިސްނުމަށް މި އަންނަ އާދަޔާ ޚިލާފު ބަދަލުތަކެވެ.
ބަލަމުންދާ އެކި ފޭޑީގެ ފިލުމުތަކުންނާއި، ކިޔަމުންދާ އެކި ޒާތުގެ ވާހަކަތަކުން ވިސްނުމަށް ހާދަ އަސަރުތަކެއް ކުުރުވައެވެ. ކުރީގައި މައިންބަފައިން ކައިވެނި މަތީ ދެމި ތިބެނީ ދަރިންގެ ހައްގުގައެވެ. ވަރިއަކީ ދީނުގައި މާ ބާރުއަޅާފައިވާ ކަމަކަށްވެސް ނުވާތީއާ އެކުއެވެ. ނަމަވެސް މިހާރު؟ ހިތްހަމަނުޖެހޭ ކަމެއް ދިމާވާ އިރަށް އެއް ނޭވާ އިން ވަރި ކޮށްލައެވެ. ހީވަނީއެވެ. އިންނާނެ ލައްކަ ބަޔަކު ވާނެއެވެ. ކައިވެންޏެއް ސަލާމަތުން ބެހެއްޓުން މީ ދެން ވަަރަށް މަސައްކަތެވެ. މީހުންވެސް ކަންނެތީއެވެ. ވިސްނުމުގައި ބާރެއް ނެތީއެވެ. ސިކުނޑީގެ ތެތްކަން ހިސާބަށްވުރެ ކުޑައީއެވެ. ނޫނީ މާ ބޮޑަށް ‘މޮޑާން’ ވީއެވެ. ކައިވެންޏެއް ސަލާމަތްްކުރަން މަސައްކަތްކުރަން ހަަމަ ބޭނުންނުވަނީއެވެ.
ބައެއް ހާލަތްތަކުގައި ކައިވެނި ސަލާމަތްކުރުމަށްވުރެ އޭގައިން ނިކުތުން ބުއްދިވެރިއެވެ. ނަމަވެސް މިއީ އަބަދުގެ ވާހަކައެއް ނޫނެވެ. މިސާލަކަށް އަހަރެންގެ ދިރިއުޅުން ނަގަމާހެއްޔެވެ؟
*** *** ***
އަހަރެންނާއި މުހައްމަދު ކައިވެނީގެ ގޮތުން ގުޅުނީ ގަދަ ލޯތްބަކުން ލޯބިވެވި ވަކިން ނޫޅެވޭނެކަން ޔަގީންވުމުންނެވެ. ކައިވެނި ކުރިތާ އަހަރެއް ނުވަނީސް މިހާރު އަށާރަ އަހަރަށް އަޅާފައިވާ އަހަރެންގެ ހަަމައެކަނި ދަރިފުޅު ސާމިޔާ ލިބިއްޖެއެވެ. ދުވަސްކޮޅަކީ ދަތި ދުވަސްކޮޅެއް ނަމަވެސް ފުދިގެން ދިރިއުޅެން އަހަރެމެން ދެމީހުންވެސް ދަންނަމުއެވެ.
އަހަރެންނަކީ ވަޒީފާ އަދާކުރާ މީހަކީމެވެ. މަސައްކަތުގެ ގޮތުން ބައެއްފަހަރު އެކި ވަގުތު ވަގުތު ނިކުންނަން ޖެހެއެވެ. ފުރަތަމަ ކޮޅުގައި ފިރިމީހާ މިކަމާ މާ ކަންބޮޑެއް ނުވެއެވެ. އަހަރެންނަށް ލިބެމުންދިޔަ ލާރީގެ ދަހިވެތިކަމުގައި ކޮންމެ ކަމެއްވެސް މީނާއަށް ހެވެވެ. އެންމެ ފަހުން އަމިއްލައަށް އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށް ގޭގައި މެޗުބަލަން އިންނަން ފަށައިފިއެވެ. މިހެން އިނދެ ސިފަ ހުތުރުވާވަރަށް ޗަކަވެ، ކަންނެތް މީހަކަށް މީނާވެއްޖެއެވެ. މިއިން އެއްވެސް ކަމެއްްގައި އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެކަނި މާއެކަނި މަސައްކަތްކޮށް ލިބޭ ލާރިން ހުރިހާ ބިލުތަކާއި، ކުލި ދައްކާ ޚަރަދު ބަރަދު ކުރަމުން ދިޔައިރުވެސް ފިރިމީހާ ހިތަށް އެކައްޗެކޭވެސް އަރާކަމަކަށް ނުވެއެވެ. މެޗް ބެލުމުން އޭނާއަށް ހުރިހާ ކަމެއް ހަމަވީއެވެ.
ފޭސްބުކްގެ ޖިންނި މީނާގެ ބޮލަށް ސަވާރުވީ އަހަރެންނަށް ނުވެސް އެނގި ހުއްޓާއެވެ. ވަޒީފާގައި އަހަރެން ހޭބޯ ނާރާ މަސައްކަތްކުރާއިރު މީނާގެ ކަމަކީ ޒުވާން އަންހެން ކުދިންނާއި ޗެޓް ކުރުމެެވެ. މިގޮތުން ހެދުނު ޅަ އެއްޗެއްގައި ސާމިޔާގެ އެކުވެރިޔަކާ މީނާ ވާހަކަ ދައްކަން ފަށައިފިއެވެ. އަހަރެންގެ އަށާރަ އަހަރުގެ އަންހެން ދަރިފުޅު ގަތް ލަދެއްގެ ބޮޑުކަމުން އައިސް އަހަރެންނާ މި ވާހަކަ ހިއްސާކޮށްފިއެވެ.
އެ ހިސާބުން ޖެހެން ފެށި މައްސަލަތަށް ދިގު ދަންމަ ދަންމައިގެން ގޮސް އެންމެ ފަހުން ދެމީހުން ވަރިވީއެވެ. ފިރިމީހާ މި ކައިވެނި ސަލާމަތްކުރަން މާ ބޮޑު ޚިޔާލެއް ނުގެންގުޅުނެވެ. އަހަރެން މަސައްކަތްކުރީމެެވެ. ސާމިޔާގެ ހައްގުގައެވެ. ނަމަވެސް ދަރިފުޅު އަމިއްލައަށް މީ ދެން ވާނެ ވަރު ކަމެއް ނޫނޭ ބުނުމުން އަހަރެންވެސް ހިތްވަރު އެލުވާލާ ހަތިޔާރު ބަހައްޓައިފީމެވެ.
ދެން ފެށިގެން އައީ ވަރި ވެފައި ހުރި އަންހެނެއްގެ ހަޔާތުގެ ވާހަަކަތަކެވެ. އާއިލާ ތެރޭއާއި، މުޖުތަމައުގައި ތަފާތު އަޑު އަޑުތައް އަރައިގެން ދާނެއެވެ. އަނބިމީހާ އަބަދު ވަޒީފާގައި ވަގުތު ހޭދަކުރަނީޔޯލައެވެ. ފިރިމީހާއަށް ވަގުތު ނުދެވި، ފިރިމީހާގެ ކަންކަމަށް ފަރުވާކުޑަކުރެވެނީ ޔޯލައެވެ. ފިރިމީހާވެސް އެހެންގޮތެއް ނުހޯދާނެހެއްޔެވެ؟ އެއީ ފިރިހެނުންގެ ގޮތެވެ. ގޭތެރެއިން އާ ރިހައެއް ނުލިބެންޏާ ބޭރުތެރެއިން ނަމަވެސް އާ ރިހައެއް ހޯދާނެއެވެ. އެހެން ކިޔާ އަހަރެންގެ ފިރިމީހާ އަހަރެންނަށް ބޭވަފާތެރިވި ކަން ވެސް އަހަރެންގެ މައްސަލައަކަށް ހަދައިފިއެވެ. މި މުޅި ސަކަރާތުގައި ގޯސް ހެދުނީ އަހަރެންނަށެވެ. ދުވާލުދާ ހަތަރުދަމު މަސައްކަތްކުރަމުން ގެއަށް އައިސް ލިބޭ މަދު ވަގުތު ކޮޅު އަހަރެންވީ އޭނާގެ ދެފައި މައްޗަށް ވެއްޓި އޮންނަން ހެއްޔެެވެ؟ ޒަމާން ކިތަންމެ ކުރިއެރިއަސް މުޖުތަމައުގައި އަންހެނުންގެ މަޤާމް އަދިވެސް އޮތީ އެހާ ދަށު ދަރަޖައެއްގައެވެ. އެއީ ބަދަލު ނުވާ އެއް ހަގީގަތެވެ. އެކަން އަހަރެންގެ މި ވަރީގެ ހާސަރު ގަނޑުން ވެސް އެނގިއްޖެއެވެ.
ވަރި ވުމަށްފަހު ދެން އެންމެ ގިނައިން އިވޭނެ ސުވާލަކީ އިތުރު ކައިވެންޏެއް ކުރަން ނުވިސްނަމު ހެއްޔެވެ؟ ދުވާލަކު ދެތިން ފަހަރު މި ސުވާލު އަހަރެންނާ ކުރެވެއެވެ. ހަމަޖެހިގެން ރަނގަޅު މީހަކު ނުހޯދެނީސް އިތުރު ކައިވެންޏެއް ކުރެވޭހެއްޔެވެ؟ އަޅެ ހަމަ ނުވިސްނެނީ ހެއްޔެވެ؟ ވަރި ވެފައި އިން މީހަކު ވިސްނާ ނުލާ ކައިވެންޏަކަށް ފުއްމާލާނެ ހެއްޔެވެ؟ ވަރީގެ ބިރު އޮށްވާ ހަަމަ ޖެހޭ މީހަކާ ގުޅުން ބާއްވަފާނެ ހެއްޔެވެ؟ ވިސްނުމުގައި ތަންކޮޅެއް ތެތްކަމެއް ހުރި މީހެއް ނަމަވެސް މިކަން ދެނެގަތީހެވެ.
ވަރި ވިތާ ދުވަސްކޮޅެއް ފަހުން އަހަރެންވެސް އަނެއްކާ “ޑޭޓިންގ” ގެ ދާއިރާއަށް ނިކުމެލީމެވެ. އަހަރެންނަކީވެސް މެދު އުމުރުގެ އަންހެނަކީމެވެ. އިތުރު ކައިވެންޏަކަށް ދާން އަހަރެންގެ ވެސް ހިތް އެދެއެވެ. ދަރިފުޅު ސާމިޔާގެ އެހީއާއެކު އާ އަޒުމެއްގައި އަނެއްކާވެސް ސިންގަލް މީހުންގެ މައިދާނަށް ނިކުތީ ރަނގަޅު މީހަކާއެކު ގުޅެވޭނެކަމުގެ އުއްމީދުގައެވެ.
މިއީ އަދި ކުރިއަށްވުރެ ދިގުވެގެން ދިޔަ ހަނގުރާމައެކެވެ. ލައްކަ މީހުންނަކާ ދިމާވެ ލައްކަ މީހުންނެއް ދަސްވެއްޖެއެވެ. ކުރިން މީހަކާ އިނދެފައިވާ މީހެއްކަން އިނގޭ ހިސާބުން އެމީހުންގެ ޓާގެޓް މުޅިންހެން ބަދަލުވެއެވެ. ހިތުން ވިސްނުމުގެ ބަދަލުގައި އެެހެން ތަނަކުން ވިސްނަން ފަށައެވެ. ބައެއް މީހުންގެ ދަށު ދަރަޖައިގެ ހުށަހެޅުންތަކުން އަހަރެންގެ ދެލޯ ނިތްކުރިން މައްޗަށް އަރައިގެން ހިނގައިދާނެޔޭވެސް ހިތަށް އަރައެވެ. މި މައިދާނުގައި ހިތްވަރު އެލުވާލަައިފައި ވަނިކޮށް އަހަރެންނަށް ދިމާވީ ހަމަ އަހަރެން ކަހަލަ މީހަކާއެވެ.
އެކަނިވެރި ބަފައެކެވެ. އުމުރުން ސާޅީސް އަހަރެވެ. ދެ ކުދިންގެ ބައްޕައެކެވެ. ވަރި ވެފައިވާ މީހެކެވެ. ފޮތް ކިޔަން ޝައުގުވެރިވެއެވެ. ޓީވީ ބެލުމަކީ މާ ކުރާ ހިތްވާ ކަމެއް ނޫނެވެ. މަސައްކަތުގައި ކިތަންމެ ވަގުތެއް ހޭދަކުރިއަސް އާއިލާއަށް ވަގުތު ދެއެވެ. ހަށިގަނޑަށް ބަލަން ޖެހެނީ ހަމަ އެކަނި އަންހެނުން ނޫންކަން ގަބޫލުކުރެއެވެ. އަހަރެންނާ ޚިޔާލު ވަރަށް އެއްގޮތެވެ. ގަދަރުކުރަން ދަނެއެވެ. ސާފު ނޫން ގޮތަކަށް އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ.
މަސްދުވަސް ނުވަނީސް އަހަރެންނަށް މީނާ ދެކެ ލޯބި ވެވިއްޖެއެވެ. ކައިވެނި ކުރަން އެހި އެހުމުން ކުޑަކޮށް އަހަރެންގެ ހިތުގެ ތެޅުން މަޑުޖައްސާލައިފިއެވެ. އެކީ އެކައްޗަކަށް ސުވާލުތައް އޮހެން ފަށައިފިއެވެ. އަނެއްކާ މި ކައިވެނިވެސް ކާމިޔާބު ނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއްހެއްޔެެވެ؟ އާއިލާ މީހުން ތެރޭ އަނެއްކާ ވާހަކަ ދެކެވެން ފަށާނެއެވެ. އަހަރެންގެ އަގު ވެއްޓިގެންދާނެއެވެ. ވަރީގެ ދަގައްފާނެކޭ ކިޔާނެއެވެ. އަނެއްކޮޅުން އަހަރެންގެ ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ އިތުރު ހިތްދަތިކަމެއް ތަހައްމަލް ކުރުމުގެ ބާރު މިހިތަށް ލިބިގެން ވޭ ހެެއްޔެވެ؟
މި ސުވާލުތަަކަށްވުރެ އަހަރެންގެ ދަރިފުޅުގެ ހިތްވަރު މާ ގަދައެވެ. އެކި އެކި މީހުންގެ ވާހަކަތަކުން ފަށާ ނިންމާލީ ދާދި އިހަކަށް ދުވަހަކު ކައިވެނި ކުރި ޑޫކް އެންޑް ޑަޗެސް ގެ ވާހަަކައިންނެވެ. އެއީވެސް ކައިވެންޏެއް ކޮށް ވަރި ވުމަށްފަހު އުފާވެރި ހަޔާތެއް ހޯދި ބައެކެވެ. ކޮންމެ މީހަކަށްވެސް އެ ފުރުސަތު އެބައޮތޭ އަހަރެންގެ ދަރިފުޅު އަހަރެންނަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. އަހަރެން އަޑު އެހީމެވެ. ޒަމާނަށް އަންނަ ތަރައްގީގެ އަނެއްް ބަލިފަޔަކީ މިއީއެވެ. ވިސްނުން ފުޅާވުމެވެ. ރަނގަޅު ގޮތްތައް ހުރިކަން ދަތުމެވެ.
އަހަރެން ކައިވެންޏަށް އެއްބަސްވީމެވެ. މިހާރު އުފަލުގައި ދިރުއުޅޭތާ ފަސް ވަރަކަށް އަހަރު ވެދާނެއެވެ. މިހާ އުފަލުގައި އަަހަރެންނަށް އުޅެވިދާނެއޭ ކުރިން މީހަކު ބުނި ނަމަ އަހަރެން ގަބޫލެއް ނުކުރީމުހެވެ. ނަމަވެސް މިހާރު ދެކެބަލާށެވެ. ދިރިއުޅުމުގައި ކޮންމެ ފަދަ ކަމެއްވެސް ވެދާނެއެވެ. ޖެހޭނީ ރަނގަޅުގޮތް ޚިޔާރުކޮށް ރަނގަޅު ވިސްނުން ނެރޭށެވެ.
*** ****
ނިމުނީ
ކެޓެގަރީ: ކުރުވާހަކަ

3006

ދީމާ

0.0

ވަރަށް ރީތި ވާހަކައެއް

1

4 months ago

?❗£?♌

0.0

Kon me meehakaves aslu rangalhu dhiriulhumeh hoadheyne eh dhuvahun?

3

8 months ago

Mudhi

0.0

Thee hama rangakhuvaahakaeh.firin masahkai kursn dhurahgos anbinnah vaguthu nudhee offys n rahtehin ekeega vaguthu heydha kurun varah kada aslu.mihenves buneema kankashi mahchah ai dhoveleema adhi reehcheh nuvaane.ekankan rangalhu vaanee emeehaku amillayah kuriyya.ekam an kiyaafiyya anbehves miulhey firihenunnah heyovaruvaane varah foohivey

5

8 months ago

Anonymous

Asluves dho munjaa

6 months ago

Mala

0.0

އޯސަމް ސްޓޯރީ މޭން?ވަރަށް ރީތިކޮށް ލިޔެފައިވާ ވާހަކަ އެއް.ތިއީ މޮޅު ލިޔުންތެރިއެއް+މި ވަާހަކަ ގެނެސް ދިނީތީ ޝުކުރިއްޔާ!? ماشا اللهّ..

11

8 months ago

1828

0.0

anhenun ah haadha faseyha a ehen meeheh dheke ehaa avahah loabi vaan.
aharen adhi ves miulhenee x mathin handhaan nahthaanulevigen.

5

8 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Ratingއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles