• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވަކީލުކަމުގެ ހުއްދަ ހޯދަން ފުރިހަމަކުރަންޖެހޭ ތަމްރީނު އޭޖީ އޮފީހުން

ވަކީލުކަމުގެ ހުއްދަ ހޯދަން ފުރިހަމަކުރަންޖެހޭ ތަމްރީނު އޭޖީ އޮފީހުން



ގާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން އެޓާނީ ޖެނެރަލްގެ އޮފީހުގައި ހަމަޖެހިފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. ގާނޫނީ ފަންނުގެ ގާނޫނުގެ ސަބަބުން އެ ދާއިރާއިން ދަސްވެނިވެފައިވާ އެތައް ދަރިވަރުންނެއް ހުވާ ނުކުރެވި އެބަތިއްބެވެ. ވެ. ގާނޫނުގައި ގޮތުން ނަމަ، ވަކީލުކަމުގެ ލައިސެންސް ލިބެނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުންނެވެ. އޭޖީ އިބްރާހިމް ރިފްއަތު ވިދާޅުވީ ޓްރެއިނީ ވަކީލުންނަށް ބޭނުންވާ ތަމްރީނާއި ސަޕޯޓު އަދި އެހެނިހެން އެހީތައް އޭޖީ އޮފީހުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. https://twitter.com/ibriffath/status/1237256728829259776 ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް މިހާރު އެ ދާއިރާގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް 389 ފަރާތުގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅައިފައެވެ. ބާ އިމްތިހާނެއް ހެދުމުން ނޫނީ ހުއްދަ ނުލިބޭއިރު މި އިމްތިހާނު ތައްޔާރުކުރުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށް ބާ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިއާ އެކު މިފަހުން ދަސްވެނިވުނު އެތައް ދަރިވަރުންނެއް ތިބީ ހުވާކުރެވޭނެ ތާރީޙެއްވެސް ނޭނގިފަ އެވެ. https://twitter.com/AGOmv/status/1237253251088683010 މި ޕެޓިޝަން މަޖިލީހަށް ހުށަހެޅި އިރު، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުވެސް ވަނީ ގާނޫނީ ފަންނުގެ ގާނޫނު އޮތް ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގާނޫނު އިސްލާހުނުކޮށް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި ގާނޫނުން ލުއިގޮތެއް ހެދުމުގެ ފުރުސަތެއް ނުދޭއިރު ބާ ކައުންސިލަކަށްވެސް ގަވާއިދު މެދުވެރިކޮށް ލުއިގޮތްތަކެއް މަގުފަހިކޮށްދެވޭކަށް ނޯންނާނެ އެވެ. ސަބަބަކީ އޭރުން ގާނޫނުގެ ރޫހު އަދި މަގްސަދު ގެއްލިގެންދާނެތީ އެވެ. މައުމޫން ހަމީދު ވިދާޅުވި ގޮތުގައި މިހާރު އޮތް ގާނޫނުގެ މައިގަނޑު މައްސަލަ އަދި ކުރިމަތިވެގެން މިއުޅޭ މައްސަލަތަކުގެ އަސްލަކީވެސް ގާނޫނުގައި އިންތިގާލީ މުއްދަތެއް ހިމެނިފައި ނެތުމެވެ.





Source link

Leave a Reply

Related Articles