• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވަގުތީގޮތުން އަރާފޭބުން މިވަގުތު ހުއްޓާލެވިފައިވަނީ ދެ ރިސޯޓެއް: އެޗްޕީއޭ

ވަގުތީގޮތުން އަރާފޭބުން މިވަގުތު ހުއްޓާލެވިފައިވަނީ ދެ ރިސޯޓެއް: އެޗްޕީއޭ


ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިވަގުތު އަރާފޭބުން ވަގުތީ ގޮތުން ހުއްޓާލެވިފައިވަނީ ދެ ރަށެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.ހޯމަ ދުވަހުގެ ރޭ އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓްގައިވަނީ ރާއްޖޭގައި އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓާލެވިފައިވަނީ ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާ އަށް ކަމަށެވެ.މިނޫން އެއްވެސް ރަށަކަށް އަރާ ފޭބުން ހުއްޓާލުމަށް އެންގިފައި ނުވާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިވަގުތު ލޮކްޑައުން ކޮށްފައިވާ ދެ ރިސޯޓަކީ މިހާތަނަށް ރާއްޖެ ކޮރޯނާވައިރަސް ފެނިފައިވާ ދެ ރިސޯޓެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުން ވަނީ 4 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.މީގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 2 މީހަކުވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles