• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ މަސްތީ ރޯޅި

މަސްތީ ރޯޅި


5403155

ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ވާހަކަ ހާއްސަ ކުރެވިފައި ވަނީ 18 އަހަރުން މަތީގެ ބޭފުޅުންނަށެވެ.
ފުރާވަރުގެ ދުވަސްތައް ގުނަމުން ދިޔަ ޝިފުޒާއަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. އޭނާގެ މުޅި ދިރިއުޅުން ވަނީ ހިމޭންވެފައެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ހިތުގެ ތެރޭގައި ދައުރުވަމުން ދިޔައީ ހިތާމައާއި ނުތަނަވަސްކަމެވެ. ބިރުވެރިކަމާއި ނާމާންކަމެވެ. ހަޔާތުގައި އެއްވެސް އުފަލެއް ލިބުނު ހަނދާނެއް ވެސް ޝިފުޒާގެ ހިތުގެ ތެރޭގައި ނެތެވެ. މުޅި ދިރިއުޅުން ވަނީ ހިތާމައިގެ ދަންތުރައެއްގައި ހައްޔަރުވެފައެވެ. ހުރިހާ ދުވަހެއްގެ ހުރިހާ ވަގުތުތަކެއް ވެސް ޝިފުޒާ ހޭދަކުރަމުން ގެންދިޔައީ އޭނާގެ ގޭގައެވެ. ގިނަ ވަގުތު ކޮޓަރީގައެވެ. ޝިފުޒާގެ މަންމަ ސަމީރާ ވަނީ ޝިފުޒާ ގެއިން ބޭރަށް ނިކުތުން ވެސް މަނާކޮށްފައެވެ.
އާދައިގެ މަތިން ޝިފުޒާ އޮތީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮށޯވެލައިގެންނެވެ. ބޯދަށުގައި އޮތް ބާލިސް މަޑުމަޑުން ތެމެމުން ދާކަމުގެ އިޙުސާސްވުމާއި އެކު ޝިފުޒާ އެނދުމަތިން ތެދުވިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުއްޓި އޭނާގެ މޫނު ބަލައިލިއެވެ. އޭރު ޝިފުޒާގެ ލޮލުން ހޯސްލާފައި ކަރުނަތައް އަންނަމުން ދިޔައެވެ. މިއީ އަބަދުވެސް ޝިފުޒާގެ ހާލެވެ. ލޮލުން ކަރުނަ ހުސްވާ ހަމަ އެންމެ ވަގުތު ކޮޅެއްވެސް ނާދެއެވެ. ހިތާމަކޮށްކޮށް ޝިފުޒާގެ ހަށިގަނޑު ވަނީ އަނަރޫފަވެފައެވެ. ރޭދުވާ މަގުން ޝިފުޒާގެ ހިތާއި ހަށިގަނޑަށް އެތައް ވޭނެއް ލިބެއެވެ. އެތަކެއް ބޮޑެތި ތަދުތަކެއް އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ތަހައްމަލު ކުރަން ޝިފުޒާގެ ޟަމީރު އޭނާއަށް ވަނީ މަޖުބޫރު ކުރުވާފައެވެ. ޝިފުޒާއަށް ކުއްލިއަކަށް ތެޅެގަނެވުނީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ.
“ކާކަށް ދައްކަންތަ ތި ރޮނީ؟ ކާކުތަ ކަލޭގެ ހިތާމަތައް ބަލަން ހުރީ؟ އަދި އެބަ ލޮލުން ކަރުނަ ބާލައިގެން މާ މައުސޫމް ފާޑަކަށް ބަލަން އެބަ އޮތޭ…” ޝިފުޒާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުމާއި އެކު ރުޅިއައިސްފައި ހުރެ ސަމީރާ ވާހަކަދެއްކިއެވެ.
“މަންމާ! މަގޭ ކުށަކީ ކޮބާ؟ ތިވަރަށް މަންމަ ރުޅި އަންނަން! އުމުރުން 17 އަހަރު މިވަނީ! މަންމަގެ އަނިޔާ މަ ތަހައްމަލު ކުރަމުންދާތާ! މަންމާ! ތިހެން ނުހަދާ…. ވަރަށް ތަދުވޭ މަށަށް….. މަށަށް އަޅާލާ މަންމާ…. ހެޔޮނުވާނެ.” ޝިފުޒާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެެ. ހިތަށް ވަރަށް ހިތި އަސަރުކޮށް ހިތްދަތި ގޮތަކަށް ޝިފުޒާ ރޮމުން ދިޔައިރު ސަމީރާގެ މޫނުމަތި ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކުން ކެކި އުތުރެމުންނެވެ.
“އަޅާލާށޭ! ލަދުހަޔާތް ކުޑަ ޖަނަވާރު… ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭ މަގޭ މުޅި ދިރިއުޅުން ހަލާކު ކޮށްލީ… މަ ރޮއި އާދޭސް ކުރި އިރު ކަލޭ ކޮބާ؟ މަގޭ އަތުން ކަލޭ މަރު ނުވާކަމަށް ޓަކައި ކަލޭ ޝުކުރު ކުރޭ.” ވަރަށް ބާރަށް ދޮރު ޖަަހަމުން ސަމީރާ ކޮޓަރިން ނިކުތެވެ.
ސަމީރާ ދެއްކި ވާހަކައިން ޝިފުޒާގެ ހިތަށް މާ ފުން ހިތްދަތި އަސަރެއް ކުރިއެވެ.
“މި ވޭނީ ދިރިއުޅުމަށް ވުރެ މަގޭ މަންމަގެ އަތުން މަ މަރުވުން ވެސް މާ ރަނގަޅު… އެކަމު މަށެއް މަގޭ މަންމައަކަށް ދެރައެއް ނުދެން… މަންމަ މަދެކެ އެހާ ނަފުރަތުކޮށް އެހާ އަނިޔާ ދޭ ސަބަބެއް މަށަކަށް ނޭނގެ..” އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ރޮމުން ޝިފުޒާ ގެންދިޔައެވެ. ކުއްލިއަކަށް ޝިފުޒާގެ ނަޒަރު ކޮޓަރީގައި ހަރުކޮށްފައި ހުރި ގަޑިއަށް އަމާޒުވިއެވެ.
” ރޭގަނޑު 9 ޖެހީ!” ޝިފުޒާގެ ހިތް ބާރަށް ތެޅޭ ގޮތްވިއެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ތެޅިތެޅި އޮތް ހިތަކާއި އެކު ޝިފުޒާ އެނދުމަތީގައި އޮށޯވެލިއެވެ. މިރޭވެސް ޝިފުޒާގެ ހަޔާތައް ބިރުވެރިކަން އަންނާނެ ކަން އެނގިހުރެއެވެ. ދޮރު ތަޅުލިޔަސް އެއްވެސް ހިމާޔަތެއް އަމާންކަމެއް ޝިފުޒާގެ ހަށިގަނޑަށް ނުލިބޭނެކަން ވެސް އެނގި ހުރެއެވެ. ކުއްލިއަކަށް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ބާލިސް ގަޔާލައި ބާރަށް ގުޅަކޮށްލަމުން ޝިފުޒާ އެނދުމަތީގައި އޮތީ އިތުރަށް ދެއްކޭނެ އެއްވެސް ގަދައެއް ބާރެއް ނެތީމައެވެ. ކޮޓަރި ތެރެއަށް ވަދެގެން އައީ ޖާނުން ވަރުގަދަ މީހެކެވެ. ޝިފުޒާ ބިރުގަންނަ ގޮތްވިއެވެ. މޭޖެހޭ ގޮތްވިއެވެ.
“ނޫން! ބޭބޭ….. ތިހެން ނުހަދާ….. މިއީ އަދި ކުޑަ ކުއްޖެއް….. މަ ސަލާމަތް ކޮށްދީ ބޭބޭ… ތިހެން ހަދާކަށް ނުވާނެ…. ފާފަ ލިބޭނެ….. މާތް ﷲ އަށް ބިރުވެތިވޭ… ބޭބޭ.” އެއްވެސް ބާރެއް ނެތް ނިކަމެއްޗެއް ފަދައިން ޝިފުޒާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
އެފަކީރުގެ ނޭވާ ހީވަނީ ވީއްދައިގެން ގޮސް ކުދި ކުދި ވެދާނެހެންނެވެ.
“ކޮން ބޭބެ އެއް ކިޔާކަށް! ކަލޭ އަމާ މީ…” ޝިފުޒާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާ ވާހަކަ ދެއްކީ ވަރަށް ހަރުކަށި ބިރުވެރި ރާގެއްގައެވެ. އެއާއި އެކު އެމީހާ ޝިފުޒާ ލައިގެން ހުރި ހަރުވާޅު ގައި ހިފައި ހަރުވާޅު ވީދާލިއެވެ. އަދި ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝިފުޒާ މުޅިން ބަރަހަނާ ކޮށްލަމުން އޭނާގެ ހަށިގަނޑުގައި އެ އަނިޔާވެރިޔާ ބޯވައެއްހެން ތަތްކޮށްލިއެވެ. ޝިފުޒާގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅަމުން އެމީހާ ގެންދިޔައިރު ޝިފުޒާގެ ހަށިގަނޑު ހީވަނީ ހަމަ ދެންމެ ދެންމެ ރޫޅިގެން ގޮސްދާނެ ހެންނެވެ. މާނޭވާ ލެވި ދާހިއްލާ ފޯއްވަމުން ދިޔަ ޝިފުޒާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އެދުންވެރިކަމާއި މަސްތީކަމުން ހައްދުފަހަނަ އަޅާފައިވާ އެ ފިރިހެން މީހާ ދިޔައީ އެކި ގޮތްގޮތަށް ޝިފުޒާގެ ނިކަމެތި ހަށިގަނޑު ބާއްވަމުން އަވަސްކަމާއި އެކު ބާރު ހަމަލާތައް ޝިފުޒާ ހަށިގަނޑުގެ އެތެރެއަށް ދެމުންނެވެ. ލިބެމުން ދިޔަ ވޭނާއި ތަދުތަކަށް ކެތްނުވާ ހާލު، ޝިފުޒާއަށް ވަރަށް ބާރަށް ރޯން ފެށުނެވެ.
” އާހް.. ބަޅ ތޅާ ނުރޮއި އޮވޭ… ހާދަ އަރާމޭ.. އާހް… “ އަވަގުރާނަ ގޮވަމުން މަސްތީ ވައި ރޯޅިތަކާއި އެކު އެދުންވެރި ހަސްތީގައި އުދުހުމެން އެ މީހާ ދިޔައިރު ޝިފުޒާގެ ގައިން ވަރު ދޫވެގެން ގޮސް އެފަކީރު ހޭނެތިއްޖެއެވެ.
” އޭ… އޭ.. ބަލަ އޭ.. ” ޝިފުޒާގެ މޫނުމަތީގައި ދެތިން ފަހަރު ޖަހާލައި އެމީހާ އޭނާގެ ގަޔަށް ޖިންސު ހެޔޮވަރު ކޮށްލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“މިއޮތީ 4000 ރުފިޔާ. އޯކޭ އެއްނު؟” އެމީހާ ހިނިތުންވެލަމުން ކޮޓަރީގެ ދޮރު ކައިރީގައި ހުރި ސަމީރާ އަތަށް ރުފިޔާ ދިއްކޮށްލިއެވެ.
“ޝުކުރިއްޔާ” ސަމީރާ ހީލަމުން ރުފިޔާގައި ހިފައިލިއެވެ.
” އެ މަންޖެ އޮތީ ހޭނެތިފަ ކަންނޭނގެ… މަ ގޮވާލިން ދެތިން ފަހަރު.. އެކަމު ދެ ލޯ ނުހުޅުވާ… ” ގޭގެ މައިދޮރު ހުޅުވާ ބޭރަށް ނިކުންނަމުން އެމީހާ ބުނެލިއެވެ.
” އެހެންތަ؟؟ އެ އޯކޭ ވާނެ.. އެހެން އޮވެފަ ހޭ އަރާފާނެ… ހިތް ފުރޭވަރު ވިތަ އަނެއްކާ؟؟ ” ސަމީރާ ތުންފަތުގެ އެއް މިޔަކަނުން ނުލަފާ ގޮތަކަށް ހީލަމުން ބުނެލިއެވެ.
” އާނ.. ހަމަ މަރެއް އެއީ.. ވަރަށް އަރާމް.. ވަރަށް ސަޅި.. ހަމަ އިރާލިން ސަޅިކޮށް.. ތޭންކްސް އެނގޭ… ހެހެ.. ” ލާނެއް ފާޑަކަށް ހިނިގަނޑެއް ފަޅާލަމުން އެމީހާ އެގެއިން ނިކުމެގެން ދިޔައެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. ކޮންމެ ރެއެއް ވެސް ޝިފުޒާ ވޭތުކުރަން ޖެހުނީ ކޮންމެވެސް މީހެއްގެ މަސްތީ މަޅިއެއްގެ ޝިކާރައިގައި ޖެހިގެންނެވެެ. ބަޔާންކުރަން ދަތި ވޭނާއި އުދާސްތަކަށް ޝިފުޒާ ކެތްކުރަމުން ދިޔައީ މިނޫން ދުނިޔެއެއް އޮތްކަން ވިސްނުމަށް ގެންނަމުންނެވެ. އަމިއްލައަށް މަރުވުމަކީ ކުފުރުގެ އަމަލެއް ނޫންނަމަ މިހާރު އެކަންވެސް ޝިފުޒާ ކުރާނެތާ ކިތަންމެ ދުވަހެކެވެ.
ސަމީރާ ލާރި ހޯދަން ބޭނުން ކުރާ މެޝިނެއްގެ ގޮތުގައި ނިކަމެތި ޝިފުޒާގެ ހަށިގަނޑު ބޭނުން ކުރަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ސަމީރާގެ ހަށިގަނޑުގެ ތެރޭގައި ހިތެކޭ ކިޔާފައި އޮތް އެތީގައި އެއްވެސް ދިރުމެއް ނެތްކަހަލައެވެ. އެހިތަށް އެއްވެސް އަސަރެއް ވެސް ނުކުރެއެވެ. ކޮންމެ ރެއަކު އެކި ފިރިހެނުންނަށް ޝިފުޒާގެ ހަށިގަނޑު ވިއްކަމުން ލާރި ހޯދަމުން ސަމީރާ ގެންދިޔައެވެ. މަސްތީ ވައިރޯޅިތަކާއި އެކު އެއްވެސް ކުށެއްނެތް ޝިފުޒާގެ ދިރިއުޅުން ދިޔައީ ވިއްސި ވިހާލިވަމުން ނެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅިފުރޮޅިލައި ޝިފުޒާ އޮތީ އޭނާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރާތީއެވެ. އެހެން ރޭތަކާއި ޚިލާފަށް މިރޭ ޝިފުޒާގެ ގާތަށް އެއްވެސް މީހެއް ނާދެއެވެ. އެހެންނޫނީ ކޮންމެ ރެއެއްގެ 10 ޖަހަން ވާއިރަށް ޝިފުޒާގެ މުޅި ހަށިގަނޑު އޮންނާނީ ކޮންމެވެސް މީހެއްގެ މަސްތީ އަރާމުގެ ތުންފުއްސަކަށް ވެފައެވެ.
ޝިފުޒާ އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ހަތިމް ނަގައި ޤުރުޢާން ކިޔަވަން ފެށިއެވެ. ޤުރުޢާން ކިޔަވަމުންް ދިޔަ ޝިފުޒާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވެން ފެށުމުންނެވެ. މީހަކު ކޮޓަރިއަށް ވަނުމަށްފަހު ދޮރު މަޑުމަޑުން ލައްޕައި ތަޅުލިއެވެ. އަދި ޝިފުޒާއާއި ދިމާއަށް އެމީހަކު ބަލައިލިއެވެ. ބިރުން ވިރިވިރި އިން ޝިފުޒާ އޭރުވެސް ގެންދިޔައީ ޤުރުޢާން ކިޔަވަމުންނެވެ. އަޑު ތުރުތުރު އަޅަމުން ދިޔައިރު ޝިފުޒާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ދޮރު ކުރިމަތީގައި ހުރި މީހާއަށް ހުރި ފިޔަވަޅު މަތީގައި ގުޑެލަން ވެސް ނޭނގިފައި ހުރެވުނެވެ. ޝިފުޒާއަށް އިސް އުފުލާ ދޮރު ކުރިމަތީގައި ހުރި މީހާއަށް ބަލައިލާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ހަތިމް ލައްޕަމުން ޝިފުޒާ އޭނާގެ ދެއަތް އުފުލައި މާތްﷲއަށް ދުޢާ ކުރަންފެށިއެވެ. އޭރު ޝިފުޒާ އިނީ ބިރުން އޭނާގެ ދެލޯ މަރައި ބާރުކޮށްގެންނެވެ.
“ޔާ ﷲ. ޔާ ﷲ. މިއަޅާގެ ހަށިގަނޑު އިބައިލާހު ރައްކާތެރިކޮށްދެއްވާ ދޭވެ…. ނުބައި ފާހިޝް އަމަލުތައް ކުރުމަށް އަންނަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާންދޭ! ޔާ ﷲ…. މިއަޅާ ސަލާމަތް ކޮށްދެއްވާން ދޭ! ދޮރުކުރިމަތީގައި ހުރި މާތްﷲ ގެ އަޅާއަށް ތެދުމަގު ދައްކަވާންދޭ! ޔާ ﷲ.” ޝިފުޒާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާގެ ބަޑި ފަޅައިގެން ގޮސް ގިސްލަމުން ރޮމުން ދިޔައިރު ޝިފުޒާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.
“އާމީން…”
ޝިފުޒާގެ ކަންފަތުގެ ތެެރެއަށް ވައިރޯޅިއެއް ފަދައިން ވަދެގެން އައީ ދޮރުކުރިމަތީގައި ހުރި މީހާގެ އަޑެވެ. އެ އަޑު ހީވަނީ ފިސްފިސް ވެގެން ދަނީ ހެންނެވެ. ޝިފުޒާ ސިއްސައިގެން ގޮސް ދޮރު ކުރިމަތީގައި ހުރި މީހާއަށް ބަލައިލިއެވެ. ދޮރުކުރިމަތީގައި ހުރީ ޒުވާން ފުރައިގެ މީހެކެވެ. އިސްތަށިގަނޑު ދިގުކޮށްފައި ހުރި އިރު އެޒުވާނާގެ ކަރުގައި ވަނީ ފަށެއް އަޅާފައެވެ. ކަންފަތުގައި މުދި ލާފައި ހުރި އެ ޒުވާނާ ދެލޮލުން ކަރުނަތައް އޭރުވެސް އަންނަމުން ދިޔައެވެ.
“ﷲ އަކްބަރު! ތީ ތަފާތު ކުއްޖެއް. ތީ މާތް ކުއްޖެއް… ތިކުއްޖާގެ ލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކެއް މިހިތުގެ އެންމެ ފުންމިނަށް އަސަރުކޮށްފި. މަ ތިކުއްޖާ ސަލާމަތްކޮށްދޭނަން. ތި ކުއްޖާ ހިމާޔަތްކޮށްދޭނަން….މިކޮޓަރިއަށް މިވަނީ ތިކުއްޖާގެ މަންމައަށް އަގުދީފައި.. ތިކުއްޖާގެ ފަރާތުން މަސްތީ އުފާ ހާސިލުކުރަން…. އެކަމު… ﷲގެ ކުޅަދުންވަންތަކަން ވިސްނާާލާ…. މަށަށް މި ހާސިލުވީ ތެދުމަގު….. މަށަށް މަޢާފުކުރޭ.” އެ ޒުވާނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
ޝިފުޒާގެ ހިތަށް ހީވީ އުފާވެރިކަމުގެ ވައި ބާނިތަކުން ހަމަޖެހުން ލިބިގެން ދިޔަހެންނެވެ. އެ ޒުވާނާ މަޑުމަޑުން ހިނގާފައި އައިސް ޝިފުޒާގެ ގާތުގައި އިށީނެވެ.
“ތިކުއްޖާގެ މަންމަ ކީއްވެތަ ތިކުއްޖާ ވިއްކާލަނީ! ތިހާ މާތް ކުއްޖަކަށް ކީއްވެތަ އެހެން އެ ހަދަނީ…. ބުނެބަލަ…. މަ ތިކުއްޖާ ހިމާޔަތް ކޮށްދޭނަން.” އެޒުވާނާ ވަރަށް އޯގާތެރިކަމާއި އެކު ވާހަކަދެއްކިއެވެ.
ޝިފުޒާ އޭނާގެ ބޯ އޮބައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ރޮމުން ގިސްލަމުން ޝިފުޒާއަށް ވޭތުކުރަން ޖެހުނު ހިތްދަތި ދުވަސްތައް ކިޔައިދެމުން ދިޔައިރު ހިތާމައިގެ ވޭނުން ޝިފުޒާގެ ދަތްދޮޅިވެސް ތުރުތުރު އަޅައެވެ.
“މަ ސަލާމަތްކޮށްދީ….. މިކިޔާ މިދިނީ މަ އުފުލި ވޭން…. ކޮންމެ ރެޔަކު އެކި އުމުރު ފުރައިގެ މީހުން މަގޭ ގަޔަށް އަރާ.. މަށަށް އަނިޔާކޮށް…. މަގޭ އިއްފަތްތެރިކަން ފޭރިގަނެ…. މަށަށް ހާދަ އަނިޔާ އެކޭ ދިނީ… ހާދަ ތަދާއި ދިލައެއް ނެގިއޭ… ކޮންމެ ފަހަރަކު ވެސް ބޭބެ ކިޔާފަ މަ ބުނަން…. އަނިޔާ ނުކުރާށޭ…. ފާފަ ލިބޭނޭ…. އެކަމު.” ޝިފުޒާއަށް ކުރުކޮށް ނޭވާ ލެވި ގިސްލެވެމުން ދިޔައެވެ.
“ހާސްނުވޭ… މިގުޅަނީ ފޮލިހަށް… ތިކުއްޖާއަށް ދެން އެހެން އަނިޔާ ކުރާކަށް ލާހިކެއްނޫން.” ވަގުތުން އެ ޒުވާނާ ފޯނު ނަގައި ޕޮލިހަށް ގުޅިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕޮލިހުން ގެއަށް އައިސް ސަމީރާ ހައްޔަރުކުރިއެވެ.
” ކަލޭމެން އެންމެން ދޫކޮށްލާ މަގޭ ގައިން….. ޝިފުޒާ… މަ ކަލެއަށް ނަފުރަތުކުރަން…. ކަލޭގެ ބައްޕަ މަ ރަށްމެދަށް ބަލިވެ ބައިދާފައި ފިލީ…. އަބަދުވެސް ކަލޭ ބައްޕައަށް ކުރާ ނަފުރަތު މަ ކަލެއަށް ކުރާނަން! ކަލެއާއި ކަލޭގެ ބައްޕަ މަގޭ މުޅި ދިރިއުޅުން ހަލާކު ކޮށްލީ…. ދޫކޮށްލާށޭ!” ޕޮލިހުން ސަމީރާ ހައްޔަރުކޮށްގެން ގެންދަން އުޅުމުން އޭނާ ދިޔައީ އަޑުގެ ނެތްކޮޅަށް ހަޅޭލަވަމުންނެވެ. ޝިފުޒާ ދެކެ އޭނާގެ މަންމަ އަންނަ ރުޅިއަކީ ބައްޕަ ދެކެ އަންނަ ރުޅިކަން ޝިފުޒާއަށް އެނގުމުން ޝިފުޒާ އިންތިހާއަށް ދެރަވިއެވެ.
“ޝުކުރިއްޔާ… ތިއީ މަގޭ މިހިތުގެ ރުއިން އަޑު އިވުނު ހަމައެކަނި މީހަކީ…. ވަރަށް ބޮޑަށް ޝުކުރިއްޔާ!” ޕޮލިހުން ސަމީރާ ގެންދިޔުމާއި އެކު ޝިފުޒާ އެ ޒުވާނާ އާއި ސަލާމްކޮށްލިއެވެ.
” މަސްތީ ރޯޅިތަކުގެ ޝިކާރާގައި މަ ޖެހިފައި ވަނިކޮށް ހަމަ ޖެހުމާއި ތެދު މަގުގެ ވައި ބާނިތަކުން މަގޭ ނަފުސް ހޭލައްވާލި ފަރާތަކީ ތީ… މާތް ﷲ ތިބާއަށް ހެޔޮ ރަޙުމަތް ލެއްވުމަށް އެދި މަ އަބަދުވެސް ދުޢާ ކުރާނަން.. ” އެޒުވާނާ ހިނިތުން ވެލަމުން ޝިފުޒާއަށް ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ހިތްވަރުކުރާތި! ކެތްކުރާތި! ކަމަކު ބޭނުން ވެއްޖިއްޔާ މަށަށް ގުޅާލާ.. އެނގޭ.. ” ޝިފުޒާއަށް ބަލަހައްޓައިގެން ހުުރެ އެ ޒުވާނާ ވާހަކަ ދައްކަމުން އޭނާގެ ނަމްބަރު ދިނެވެ. އާނއެކޭ ބުނަމުން ޝިފުޒާ ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާގެ ކޮޓަރިއަށް މަޑުމަޑުން ވަންނަން ހިނގައިގަތެވެ.
ނިމުނީ
ކެޓެގަރީ: ހަޤީޤީ ވާހަކަ ކުރުވާހަކަ

5403

Saara

0.0

Vaahaka varah reethi…

2

1 month ago

Jinni

0.0

V V had I

2

3 months ago

?

0.0

❤❤

2

4 months ago

މީނަ

0.0

……Copy eh mii
…Hama mi vaahaka ma keen

7

4 months ago

ޖިންނި

0.0

މުޅިއަކުން ހަގީގީއެއްނޫން. ހިޔާލީ ބައިވެސް ވަރަށް ބޮޑު.

1

6 months ago

Sameera

0.0

Zihuny keeve tha abadhu vs ehkahala waahaka liyany zihuny ge waahaka thakuga Kaafaru bai v bodu vaane
Knmes shahuwaany edhun veri kameh ge waahaka nuny masthy araamuge waahaka.. Ingey mee hingaa kann kann Ekm vs ehaa details koh nuliyunas kiyun therin nah get vaane kahneynge
Zihuny thankolheh bodu varu ingey thy ??

24

6

8 months ago

Kiuntherieh

Ey Bala mihira fenna meehaaaa. Dhen ves thiya mi vaahaka in iburatheh haasil kohbala. Keehvetha fahe nuvisnigen thiulheny? Zel vareh neiy Hama. Zel e liyanee hama haqeeqaiy. Adhuge mujuthamauge haalathey eii. Shkukuru verivebala evaruge kulhadhaana hunareh maaiy Allah Zel ah dhehvevi kamah

5

2 months ago

ނަޝާ

ލޮލް.. ޒިހުނީގެ ވާހަކަތައް ރަނގަޅަށް ނުކިޔެވެނީ އަދި… 20 އަށް ވުރެށް ގިނަ ވާހަކަ އަހަރެން ކިޔައިިފިން ޒިހުނީގެ.. އެއްވެސް ޝަހުވާނީ ކަމެއް ނެތް… ތި ފަރާތުގެ ޝަހުވާނީ ކަމުން ތި ކިޔަނީ ހަމަ އެކަނި އެކަހަލަ ވާހަކަ..

26

9

8 months ago

Dhonkanbulo

0.0

Aslu vs v reethi. V furihama . Egothah kithah kithah myhun tho ulheyny yaa rabb. Have mercy

21

1

8 months ago

Masthy

0.0

Wow. Zel hama molhy ey ❤ koba badi ? Kn irakun kiyan libeynee

21

8 months ago

Mary

0.0

V v reethi ? asarugadha ❤️

19

8 months ago

Shifza

0.0

❤️

15

1

8 months ago

L

0.0

Edhemeehun kaiveni kuruvaafa vaahaka ninmaali nama v furihama vees. Still salhi idea eh. Reethi vaahaka eh. ?

28

1

8 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles