• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިނިމަމް ވޭޖް ލަފާދޭ ބޯޑާއި މެންބަރުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް

މިނިމަމް ވޭޖް ލަފާދޭ ބޯޑާއި މެންބަރުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް


އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން މަޝްވަރާކުރަން ބޭނުންވާ ބައެއް ކަންކަން ހުރުމުން މިނިމަމް ވޭޖް ބޯޑު މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީ ހޫނުވެ މެންބަރުންނާއި ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ޢަމާޒުކޮށްފިއެވެ.އަންގާރަ ދުވަހުގެ މެންދުރު އިޤުތިޞާދީ ކޮމިޓީއަށް މިނިމަމް ވޭޖް ބޯޑު ހާޒިރުކޮށް މައިގަނޑުގޮތެއްގައި މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް ކުރިމަތިވި ސުވާލަކީ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅުމަށް ލަފާދެއްވާފައިވާ 6400 ރުފިޔާ ކަނޑައެޅުނު ގޮތަކާއިމެދުގައެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ-8،600ރ އާދެމެދުގެ ޢަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވުމާއި ގުޅިގެން އެކަމާއި އިންތިހާއަށް މެންބަރުންގެ ސުވާލުތައް ގިނަވިއެވެ.މި ސުވާލުތަކަށް ޖަވާބުދެއްވަމުން، މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ލިބުނު ވަގުތު ކުޑަކަން ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖޭގައި ސަރވޭއެއް ކުރިޔަށް ނުގެންދާކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މެންބަރުން އިތުރަށް ސުވާލު އުފެއްދުމުން ބޯޑުގެ ޗެއަރމަން މަރިޔަމް ޚާލިދާ ވިދާޅުވީ ބޯޑުން އެކުލަވާލާފައިވާ ރިޕޯޓަކީ މިހާރު ލިބެންހުރި ހުރިހާ މަޢުލޫމާތަކައް ބެލުމަށްފަހު، ގިނަ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު އެކުލަވާލެވުނު ރިޕޯޓެއްކަމަށެވެ. އަދި ރިޕޯޓުގައިވާ ކަންކަމާއި މެދު ބޯޑުގެ މެންބަރުންގެ ޚިޔާލުތަފާތުވުންތައް ޙައްލުކޮށްފައިވަނީ ބޯޑުގެ މެދުގައި ނެގުނު ވޯޓަކުންކަމަށެވެ. ޚާލިދާ ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި 8600 ރުފިޔާ ދެވޭތޯ ބެލިކަމަށާއި ނަމަވެސް އެވަރު ކަނޑައަޅައިފިކަމުގައިވާނަމަ ވިޔަފާރިތައް އިނދަޖެހޭނެކަމަށެވެ. ގިނަ ވިޔަފާރިތަކައް އެކަން ނުވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.ސަރުކާރުގެ ފަރާތުން އެ ބޯޑުގައި ހުންނަވާ ޚާލިދާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެންބަރު މަހާ ހަމަޔަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް މަސައްކަތް ކުރެއްވީ، އިޚުލާޞްތެރިކަމާއެކު ކަމަށާއި، މަޖިލީހުގެ އިތުރުން އެހެން އިދާރާތަކުން އެކި ޢަދަދުތައް ބޯޑައް ހުށައެޅި ކަމަށެވެ. ނަމަވެސް ބޯޑުން ނިންމީ ބައިނަލްއަޤުވާމީ މިންގަނޑަށް ފެތޭ ގޮތަށް ދިރާސާއެއް ހެދުމަށެވެ.މިނިމަމް ވޭޖް ބޯޑުން ހެދި ދިރާސާ އަށް މަޢުލޫމާތު އެއްކޮށްފައިވަނީ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެންބީއޭސް)، ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޝާއިޢުކޮށްފައިވާ ނެޝަނަލް ފުޑް ބޭސްޑް ޑައިޓަރީ ގައިޑްލައިން ކަމަށެވެ. މިއަދު ބޭއްވުނު އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުން ނިންމާފައިވަނީ މެންބަރުންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެވިއެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރު ވަނީ އަލުން ބޯޑު މެންބަރުން މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީއަށް ހާޒިރުކުރާނެކަމަށް ވިދާޅުވެފައެވެ.



Source link

Leave a Reply

Related Articles