• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މުޅި އިޓަލީ ލޮކްޑައުންގައި

މުޅި އިޓަލީ ލޮކްޑައުންގައި



ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އިޓަލީ ލޮކްޑައުންއަކަށް ގެނެސްފިއެވެ.
ވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާތަނަށް ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބި ފެތުރެމުން ދިޔުމުގެ ސަބަބުން އިޓަލީ ސަރުކާރު ވަނީ ދަތުރުފަތުރު ހުއްޓައި، ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް އަންގާފައެވެ.
ބޮޑުވަޒީރު ގީސެޕޭ ކޮންޓޭ ވަނީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވާފައެވެ. “އިތުރަށް ދެން ވަގުތެއް ނެތް. ރައްޔިތުން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްދެއްވާ،” ބޮޑުވަޒީރު ވިދާޅުވިއެވެ.
ޗައިނާ ނެގުމަށް ފަހު އިޓަލީ ވެފައިވަނީ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރުނު ގައުމަށެވެ. މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 366 އިން 463 އަށް އިތުރުވެފައެވެ. އަދި އިޓަލީގެ ހުރިހާ ސަރަހައްދަކުން ވެސް ވައިރަސް ވަނީ ފެނިފައެވެ.
“ވައިރަސް ފެތުރިގެން ދަނީ ކޮންޓްރޯލް ކުރެވޭ ވަރަކަށް ނޫން. މިއީ ގައުމަށްޓަކާ ގުރުބާނީ އެއް ވާންވީ ވަގުތު. އެހެންވެ އަޅުގަނޑަށް މިއަދު މިފިޔަވަޅު ނަގަން މަޖުބޫރުވީ،” ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވެއެވެ.
އިޓަލީ އިން ވަނީ ހުރިހާ ކުޅިވަރު ހަރަކާތެއް މިވަގުތަކަށް ހުއްޓާލާފައެވެ. ފާއިތުވެދިިޔަ ތިން ހަފްތާގައި އިޓަލީގައި ފުޓުބޯޅަ މެޗުތައް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދާ ހުސް ދަނޑުގައެވެ. ނަމަވެސް ބޮޑުވަޒީރު އިއްޔެ އެޅުއްވި ފިޔަވަޅާއެކު ހުރިހާ ކުޅިވަރު ހަރަކާތަކާއި ނައިޓްކްލަބް އަދި މީހުން އެއްވާ ހުރިހާ ހަރަކާތެއް ވަނީ ހުއްޓާލާފައެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles