• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!



މޫދަށް ދާ މީހުންގެ މެދުގައި ބައެއް ބަލިތައް ފެތުރުން އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ އެކްޒެޓަރ ޔުނިވަރސިޓީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މޫދަށް ދާ މީހުންނަށް ކަންފަތުގައި ރިއްސުމާއި، ބަނޑަށް އުނދަގޫވުމުގެ ބަލިތައް ޖެހުން، މޫދަށް ނުދާ މީހުންނަށް ވުރެ އިތުރެވެ.
އެގޮތުން އެ ދިރާސާ އިން ދައްކާ ގޮތުގައި މޫދަށް ދާ މީހުންގެ ކަންފަތުގެ ރިއްސުމުގެ ފުރުސަތު 77 އިންސައްތަ އިތުރުވާއިރު، ބަނޑަށް އުނދަގޫވުމާއި، ގޮހޮރުގެ ބަލިތައް ޖެހުމުގެ ފުރުސަތު 29 އިންސައްތަ އިތުރުވެއެވެ. 
މިދިރާސާއަކީ މީގެ ކުރިން ހެދިފައިވާ 19 ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހެދުނު ދިރާސާއެކެވެ. އަދި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ އިތުރުން ތަރައްޤީވެފައިވާ އެހެން ބައެއް ޤައުމުތަައް ކަމަށްވާ އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ޑެންމާކް އަދި ނޯވޭ ފަދަ ބައެއް ޤައުމުތަކުން ހޯދި މައުލޫމާތުގެ އަލީގައެވެ. މި ޤައުމުތަކުން 120,000 (އެއްލައްކަ ވިހި ހާސް) މީހުންގެ މައުލޫމާތު މިދިރާސާގައި ބޭނުންކޮށްފައި ވެއެވެ.
ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫދަށް ދިޔުމުގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ތަޣައްޔަރުވެފައިވާ ސަރަހައްދުތަކަށް މޫދަށް ދިޔުމުންނެވެ. އެގޮތުން ބައެއް ފެކްޓަރީތަކާއި އެހެން ތަންތަނުން ބޭރުކުރާ ވިހަ މާއްދާތައް ބައެއް ޤައުމުތަކުގައި އައްސޭރި ފަށާއި ކައިރިން މޫދަށް ދޫކުރަމުންދާއިރު، ނަރުދަމާގެ ނިޒާމުތަކުން މޫދަށް ދާ ނަޖިހުގެ ސަބަބުން ވެސް އައްސޭރި ފަށުގައި މޫދަށް ދާ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. 
މޫދަށް ދިޔުމުން ބައެއް ބަލިތަައް ޖެހުމުގެ ފުރުސަތު ބޮޑުވި ނަމަވެސް، ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫދަށް ދިޔުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކޮށް ބޮޑެތި ފައިދާތަކެއް ލިބޭ ކަމެކެވެ. އަދި މޫދު ސާފު ސަރަހައްދުތަކަށް ފަތަން ދިޔުމަކީ ސައިންސްވެރިންނާއި ޑޮކްޓަރުން ވެސް ބާރުއަޅާ ކަމެކެވެ. 
 



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles