• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ މެދުއިރުމަތީގެ ޓްރެވަލް ފެއާ ވެސް ފަސްކޮށްފި

މެދުއިރުމަތީގެ ޓްރެވަލް ފެއާ ވެސް ފަސްކޮށްފިމިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުއިރުމަތީގެ އެންމެ ބޮޑު ޓްރެވަލް ފެއާ އެރޭބިއަން ޓްރެވަލް މާކެޓް ފަސްކޮށްފި އެވެ. މި ފެއާ ބާއްވަން މީގެ ކުރިން ތާވަލްކޮށްފައި އޮތީ އަންނަ މަހުގެ 19 އިން 22 އަށެވެ. ނަމަވެސް ކޮރޯނާ ވައިރަސް އާ ގުޅިގެން މި ފެއާ ވަނީ އަންނަ ޖޫން މަހުގެ ފަހުކޮޅަށް ފަސް ކޮށްފައެވެ. މިހާރު ތާވަލްކޮށްފައިވާގޮތުން ފެއާ އޮންނާނީ ޖޫން 28 އިން ޖުލައި އެކަކަށެވެ. އެރޭބިއަން ޓްރެވަލް މާކެޓު އޮންނާނީ ޔޫއޭއީގެ ދުބާއީ އެވެ. ޔޫއޭއީ އިން މިހާތަނަށްކޮރޯނާގެ 45 ކޭސް ވަނީ ފެނިފައެވެ. މިއާއެކު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަން ނިންމާފައިވާ އިވެންޓުތައް ވަނީ ކެންސަލްކޮށްފައެވެ. އެރޭބިއަން ޓްރެވަލް މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްވެސް މުހިއްމު ފެއާއެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި މެދުއިރުމަތީގެ މާކެޓަކީ މުހިއްމު ހިއްސާއެކެވެ. އޭޓީއެމް ފަސްކުރި އިރު ޖަރުމަނުގައި ބާއްވާ އައިތީބީ ބާލިން ފެއާ ވަނީ ކޮރޯނާ އާ ގުޅިގެން ކެންސަލްކޮށްފަ އެވެ.Source link

Leave a Reply

Related Articles