• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!

ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!މޮރިންގާ ނުވަތަ މުރަނގަ ފަތަކީ ވަރަށް ގިނަ ފައިދާއެކުލެވޭ ފަތެކެެވެ. ލޭގެ އެކި މައްސަލަތަކާއި، ހަށިގަނޑަށް ފައިދާ ހުރި އެތަށް ވިޓަމިނަކުން ވަނީ މުއްސަނދިވެފައެވެ. “މިރެކަލް ޕްލާންޓް” ގެ ގޮތުގައި މަޝްހޫރު މުރަނގަ ގަހުގެ ފަތުގެ އިތުރުން ތޮޅިއަކީ ވެސް ވަރަށް ފައިދާ ހުރިއެއްޗެކެވެ.
މުރަނގަ ގަހުގެ ފަތުގެ ސައި ތައްޔާރުކުރަނީ ފަތް ހިއްކައި ގެންނެވެ. އާދަޔާ ޚިލާފު ސިއްްހީ ފައިދާތައް އެކުލެވޭ މުރަނގަ ސައިގެ ސަބަބުން މުޅި ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ކާބޯ ތަކެތިގެ ސަބަބުން އުފެދިގެން އަންނަ ވިހަ މާއްދާތަކުން ހަށިގަނޑުން ސާފުކޮށްލައެވެ.
މުރަނގަ ސައިގެ ފައިދާތަކަށް ބަލާލާއިރު:
ކެންސަރު ޖެހުމުން ދުރުކޮށްދޭ
ކެންސަރަށް މަގުފަހިކުރުވާ ޒާތުގެ ޓިއުމަރު ހަށިގަނޑުގައި އުފެދުން ދުރުކޮށް ދިނުމުގައި މުރަނގަ ސައި އެހީވެދެއެވެ. އަދި ކެންސަރަށް ފަރުވާކުރާ އަދި ކީމޯ ހަދަމުންދާ ފަރާތްތަަކުން ވެސް މި ސައި ބުއިމުން ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ. އެގޮތުން ހަށިގަނޑުގެ ސެލްތައް ވަރުގަދަކޮށްދެއެވެ. އަދި ކީމޯ އިން އެ އަންނަ ވަރުބަލިކަން ކުޑަކޮށްދީ ދިފާއީ ބާރު ގަދަކޮށްދެއެވެ. އެހެންކަމުން ކީމޯ ހަދާ މީހުންނަށް މި ސައި ބުއިމުން ނުހަނު ފައިދާ ކުރާނެއެެވެ. އަދި އެންމެ އާއްމު އެއް ބާވަތުގެ ކެންސަރު ކަމުގައިވާ ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ވަރަށް ބޮޑަށް ދުރުކޮށްދެއެވެ.
ނޯޓް: ޕްރޮސްޓޭޓް ކެންސަރު( Prostate cancer) :އަކީ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑް ގައި ހިމެނޭ ސެލްތައް މިއުޓޭޓްވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. އަދި މިސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދެއެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމް     ގެ ބައެކެވެ.
ނުރައްކާތެރި ބެކްޓީރިއާ އަދި ފަންގަސްތަކުން ސަލާމަތްކޮށްދޭ
1940 ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ބެންގަލޫރުގެ ޑިޕާޓްމެންޓް އޮފް ބައޯ-ކެމިސްޓްރީން ހޯދި ހޯދުންތަކުން ހާމަވި ގޮތުގައި މުރަނގަ ފަތުގައި ހިމެނޭ މުހިއްމު މާއްދާއެއްގެ ސަބަބުން ނުރައްކާތެރި ބެކްޓީރިއާ އާއި ފަންގަލްތަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ.
ގާތުން ކިރުދޭ މައިންނަށް:
ކިރު މައިންނަށް ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުއުފެދުމެވެ. އެހެން ނަމަވެސް މުރަނގަފަތުގެ ދިޔަ ނުވަތަ ސައިގެ ސަބަބުން ކިރު އުފައްދާ މިންވަރު އިތުރުވެއެވެ. މީގެ އިތުރުން ޖިންސީ ބަލިކަށިކަމުން އަރައިގަތުމަށް ވެސް މުރަނގަ ފަތުގެ ސަޔަކީ ފައިދާ ހުރި އެއްޗެކެވެ.
ލޭގެ ޕްރެޝަރު ދައްކޮށްދޭ
ލޭ މައްޗަށްދާ މީހުން އާދަކޮށް މުރަނގަފަތު ސައި ބޭނުންކުރުމުން ލޭގެ ޕްރެޝަރ މައްޗަށް ދިޔަ ނުދީ އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
މުރަނގަފަތުގެ ސައި ތައްޔާރު ކުރާނެ ގޮތް:
އެބޭ ފުޅާކު ބޭނުންވާ އަދަދެއްގެ ފަތް
ފަތްތައް ހިތްކުމަށް ފެން ނުޖެހޭ ހިސާބެއްގައި ބަހައްޓާނި، ފަތްތައް ހިއްކަން އަތްވަށް ނުލާށެވެ. އަމިއްލައަށް ހުރެ ހިކެން ދޫކޮށްލާށެެވެ. އަދި ފެން ދެމުމުން ހިކި ތަވަލަކަށް ފަތްތައް އަަޅައި މަޑު ގިނީގައި ބަހައްޓައިގެން އަންދާނުލައި ފިހާށެވެ. އޭރުން ހުންނާނީ ފަތްތައް މުރަނަ ވެފައެވެ. އެއަށްފަހު މަތި ބާރު ފުޅިއެއް ނުވަތަ ކޮންޓެއިނާއަކަށް އަޅާފައި ބަހައްޓާށެވެ.
ސައި ތައްޔާރު ކުރަން ބޭނުންވުމުން ސަމުސަލެއްހާ ފަތް ހޫނު ފެނަށް އަޅާލާށެވެ. އަދި ކުލަ އަރަންދެއް ކުޑަ އިރުކޮޅަކު މަޑުކޮށްލާށެވެ. އަދި އޭގެ ފަހުން ފަތްތައް ނަގާށެވެ. ބޭނުން ނަމަ ހުހަށް ނުވަތަ މާމުއި އެއްކޮށްގެން ވެސް ބޮވިދާނެއެވެ.
 Source link

Leave a Reply

Related Articles