• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ތަރާވީޙް ނަމާދު

ތަރާވީޙް ނަމާދު



ތަރާވީޙް ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މި ނަމާދުކުރުން ސުންނަތްވެގެން ވަނީ ޖަމާޢަތުގައެވެ. ވަކިވަކީން ކުޅައަސް ޘަވާބު ޙާޞިލްވެދެއެވެ.
ނަމާދުގެ ވަގުތަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަޖުރު ލައްޖައުމަށް ދާންދެނެވެ.
ތަރާވީޙް ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މި ނަމާދުކުރުން ސުންނަތްވެގެން ވަނީ ޖަމާޢަތުގައެވެ. ވަކިވަކީން ކުޅައަސް ޘަވާބު ޙާޞިލްވެދެއެވެ.
ނަމާދުގެ ވަގުތަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަޖުރު ލައްޖައުމަށް ދާންދެނެވެ.
ތަރާވީޙް ނަމާދުގެ ނިޔަތް:
ދުލުންކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ التَّرَاوِيْحِ للهِ تَعَالى الله أَكْبر މިފަދައިންނެވެ. ހިތުން ނިޔަތް ގަންނަނީ ތަރާވީޙްގެ ސުންނަތް ދެރަކުޢަތް މާތްކަލާނގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. ޖަމާޢަތުގައި ކުރާނަމަ، އިމާމާ إماما މިހެންކިޔައި އިމާމުވެކުރުމަށް ނިޔަތްގަންނާނީއެވެ. މައުމޫމުންގެ ނިޔަތުގައި މައުމޫމާ މިހެންކިޔައި މައުމޫމުވެ ކުރުމަށް ނިޔަތްގަންނާނީއެވެ.
ތަރާވީޙް ކުރާގޮތް:
ތަރާވީޙް ނަމާދަކީ ދޭދޭ ރަކުޢަތުން ސަލާމްދެމުންކުރާ ވިހިރަކުޢަތެވެ. ޖަމާޢަތުގައި ކުރާނަމަ އިމާމާ ތެދުވަމުން الصلاةُ جَامِعَة صَلُّوا سُنَّةَ التَّراوِيْحِ آجَرَكُمُ الله މިފަދައިން ކިޔާނީއެވެ. މައުމޫމުން އޭގެ ޖަވާބުގައި ކިޔާނީ رَحِمَكُمُ الله މިފަދައިންނެވެ. ދެންކުރިން ބުނިމަގުން ނިޔަތްގެން ޙަރާމްބަދެ دعاء الإفتتاح ކިޔައި އެހެނިހެން ނަމާދު ފަދައިން الحمد ކިޔަވައި ސޫރަތެއް ކިޔަވައި މިގޮތުގެ މަތީން ދެރަކުޢަތްކޮސް ސަލާމްދޭނީއެވެ. ދެން سَبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ اْلعَظِيْمَ މި ތަސްބީޙަ ތިންފަހަރު ކިޔާފައި ތެދުވެ އަނެއްކާވެސް ނިޔަތް ކިޔައި ޙަރަމް ބަންނާނީއެވެ. ދެން އިހު ބުނިމަގުން ދެރަކުޢަތްކޮށް ސަލާމްދީފައި އަންނަނިވި ތަސްބީޙަ އާއި ދުޢާ ކިޔުމުން އެއް ތަރާވީޙް ހަމަވީއެވެ. سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ اْلعَلِىِّ اْلعَظِيْمْ ތިން ފަހަރު، ދެން اللَّهُمَّ إِنَّكَ عَفُوٌّ كَرِيْمٌ رَءُوفٌ رَحِيْمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّا بِكَرَمِكَ يَا أكْرَمَ الأَكْرَمِينَ وَيَا أرْحَمَ الرَّاحِمِينَ وَصَلَّى اللهُ وَسَلَّمِ عَلَى سِيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أجْمَعِينَ وَالحَمْدُ للهِ رَبِّ الْعَالمِيْنَ. آمين  
މިގޮތުގެ މަތީން ކުރަމުން ގޮސް ފަސް ތަރުވީޙް ނުވަތަ ވިހި ރަކުޢަތް ހަމަކޮށްފައި އެންމެފަހު ތަރުވީޙްގެ ދުޢާގެ ތެރެއަށް އަންނަނިވި ދުޢާ އިތުރުކޮށްލާނީއެވެ. اَللَّهُمَّ إنَّ لَكَ فِى كُلِّ لَيْلَةٍ مِنْ لَيَالِىْ شَهْرِ رَمْضَانَ رِقَابًا يَعْتِقُهَا عِفْوُكَ فَأجْعَلَ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا مِنْ تِلْكَ الرِّقَابِ وَتُبْ عَلَيْنَا بِرَحْمَتِكَ يَا تَوَّابُ يَا جَلِيْلُ يَا وَهَّابُ وَأخْتِمْ لَنَا مِنْكَ بِخَاتِمَةِ السَّعَادَةِ أَجْمَعِيْن وَصَلَّى اللهُ وَسَلَّمِ عَلَى سِيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أجْمَعِينَ وَالحَمْدُ للهِ رَبِّ الْعَالمِيْنَ. آمين  މިދުޢާ ކިޔުމުން ތަރާވީޙް ނަމާދު ނިމުނީއެވެ.
ތަރާވީޙްކުރާ އިރު ކޮންމެ ދެރަކުޢަތެއް ކުރެވުމުން އެކުރެވުނީ ސުންނަތެކެވެ. ކޮންމެ ސުންނަތެއްގެ ފުރަތަ ރަކުޢަތުގައި الحمد އަށްފަހު ކިޔަވާނީ تَكَاثُر ސޫރަތުން ފެށިގެން  تَبَّتْ سورة ގެ ނިޔަލަށް ހުރި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ. އެސޫރަތްތައް ހުރި ތަރުތީބުގެ މަތީންނެވެ. ދެވަނަ ރަކުޢަތުގައި الحمد އަށް ފަހު ކިޔަވާނީ إخْلاَصْ ސޫރަތެވެ.
ތަރާވީޙްކޮށް އަވަދިވެގެން ޖަމާޢަތުގައި ވިތުރިކުރުމީ ސުންނަތެކެވެ. ވިތުރިކުރާން ތެދުވަމުން އިމާމާ أَوْتِرُوْا رَحِمَكُمُ اللهُ މިފަދައިން ގޮވައިލާން ވާނެއެވެ. އެންމެފަހު ރަކުޢަތަށް ތެދުވަމުން رَكْعَةَ الْوِتْرِ أَثَابَكُمُ اللهُ މިފަދައިން ގޮވައިލާންވާނެއެވެ.
ތަރާވީސް ނަމާދާއި، އެނަމާދުގެ ފަހުގައިކުރާ ވިތުރީގައި الحمد އާއި ސޫރަތްތައް ކިޔަވާންވާނީ އަޑުހަރުކޮށެވެ.
ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.



Source link

Leave a Reply

Related Articles