• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ލޮޓަސް އިން ވިޔަފާރިވެރިންނަށް ސައިބޯނި ހޯލްސޭލް ނުކޮށް، އާންމުންނަށް ވަކި ފުޅި ވިއްކަނީ

ލޮޓަސް އިން ވިޔަފާރިވެރިންނަށް ސައިބޯނި ހޯލްސޭލް ނުކޮށް، އާންމުންނަށް ވަކި ފުޅި ވިއްކަނީލޮޓަސް ފިހާރައިން ސައިބޯނީގެ އެއްވެސް ބާވަތެއް، ވިޔަފާރިވެރިންނަށް ގަނޑުކޮށް ނުވިއްކާނެ ކަމަށް ލޮޓަސްގެ ޗެއާމަން އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެ އެވެ. އާރިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭރުން އަގުބޮޑު ނުވާހާ ހިނދަކު، ލޮޓަސް ފިހާރައިން ގެންނަ އެއްވެސް މުދަލެއްގެ އަގު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންޓަބެކްސް ހޭންޑް އެންޑް ބޮޑީ ވޮޝް ފަދަ 100 ޕަސެންޓު އިތުބާރު ހޭންޑްވޮޝް ގަނޑުކޮށް، ވިޔަފާރިވެރިންނަށް ނުވިއްކާނެ ކަމަށާއި، ވިއްކާނީ އާންމުންނަށް ވަކި ފުޅި ކަމަށެވެ. ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ސާފުތާހިރުވާން ބޭނުންކުރާ ސައިބޯނި އަދި ސެނިޓައިޒާ ފަދަ އެއްޗެހީގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެ، އެތަކެތި ލިބުން ވެސް ދަތިވެފަ އެވެ. އަދި ގިނަ ފިހާރަތަކުން ސެނިޓައިޒާ މިހާރު ހުސްވެފައިވާއިރު، ބައެއް ފިހާރަތަކުން އަންނަނީ ޑިމާންޑް ބޮޑުވެފައިވާ ޕްރޮޑަކްޓުތައް އަގުބޮޑުކޮށްގެން ވިއްކަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެފަދަ ތަކެތި ގިނައިން ގަނެ ފޮރުވަމުންނެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.Source link

Leave a Reply

Related Articles